14 ޑިސެމްބަރ 2021
ސަރުކާރުގެ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ނިންމުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަން މި ވަގުތު އޮތް އެންމެ ރަނގަޅު ފުރުސަތެއް އޮތީ ކެޕިޓަލް މާކެޓްގައި ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ނިންމުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަން މި ވަގުތު އޮތް އެންމެ ރަނގަޅު ފުރުސަތެއް އޮތީ ކެޕިޓަލް މާކެޓްގައި ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބައެއް ކުންފުނި ޕްރައިވެޓައިޒް ކުރުމުގެ ޕްރޮގްރާމްތަކެއް ފަށައި، ތިން އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ބަޖެޓްގައި މި އަހަރު ވަނީ ހިމަނައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ސީއެމްޑީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަނިކު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ޕްރޮގްރާމެއް ފެށުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ކުންފުނިތައް ޕްރައިވަޓައިޒްކޮށް އެ ކުންފުނިތަކުގެ ފައިދާ އާންމުންނަށް ލިބޭނެ އެންމެ ރަނގަޅު އޮޕްޝަނަކީ ކެޕިޓަލް މާކެޓް މެދުވެރިކޮށް އެކަން ކުރުން ކަމަށް، ކުރިން ބޮޑެތި ބައެއް ކުންފުނިތައް ހިންގެވުމުގައި އިސްކޮށް އުޅުއްވި މަނިކު ވިދާޅުވި އެވެ.
"ކެޕިޓަލް މާކެޓު އެކްޓިވޭޓް ކޮށްގެން ފަގީރުކަން ނައްތާލައި އިގްތިސާދުގައި އެންމެންނަށް ބައި އެޅިގެން ދިއުން ފަދަ ކަންކަން އޭރުން ފަހިވާނެ،" އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ، ޕްރައިވަޓައިޒް ކޮށްގެން ސަރުކާރުގެ އިތުރުން އާންމުންނަށް ވެސް އޭގެ ފައިދާ ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އުންމީދަކީ އަންނަ އަހަރު އެކަންކަން ކުރެވުން ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި އާންމުންނަށް ހިއްސާ ވިއްކާ ކުންފުންޏެއްގައި ހުންނަންޖެހޭ ސިފަތައް ހުރި ކުންފުނިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ހިއްސާ އާންމުންނަށް ވިއްކައިގެން އެ ކުންފުނިތަކުގެ ވެލިއު އެތައް ގުނައަކަށް އިތުރުކުރެވޭނެ ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.
ސީއެމްޑީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެމްޑީއޭގެ ސީއީއޯ މަނިކާއި ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުން، ކޯޕަރޭޓް ގަވާނަންސްގެ ތެރެއިން ކުންފުނިތައް ހިންގަން ފުރުސަތު ލިބޭނެ އެވެ. އަދި މާލީ މައުލޫމާތު ހާމަ ކުރުމުގައި ވެސް ޓްރާންސްޕޭރެންޓް އުސޫލުތަކެއް ގެންގުޅެން ޖެހެ އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ، ޕްރައިވަޓައިޒް ކުރުމުގައި ވަރަށް ގިނަ ގޮތްތައް ހުރިއިރު ރާއްޖޭގެ ކެޕިޓަލް މާކެޓުގެ ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ހިސާބުތައް ބަލާލައިފި ނަމަ އެބައޮތް ފެންނަން، ކުންފުނިތަކަށް މާލީ މަންފާ ހޯދޭކަން ކެޕިޓަލް މާކެޓުން. މިހާރު ވެސް 2.33 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ވަނީ ރެއިޒް ކުރެވިފައި. އެއީ ފުދޭ ވަރެއްގެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން ލަތީފު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ކެޕިޓަލް މާކެޓު މެދުވެރިކޮށް ދެ ބިލިއަން ރުފިޔާ މިހާރު ރެޒިް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި--ފޮޓޯ:ނިޝާން އަލީ/މިހާރު
ކެޕިޓަލް މާކެޓް މެދުވެރިކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އައުޝަން ވިދާޅުވީ، ސްޓޮކް އެކްސްޗޭންޖުން ވަރަށް ފަހުން ކުރި ދިރާސާއަކުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރުމުގައި ޝަރީއާ ހުއްދަ ކުރާ، އިސްލާމިކް ޕްރޮޑަކްޓްތަކަށް އިންވެސްޓްކުރަން ދިރާސާގައި ބައިވެރިވި 75 ޕަސެންޓް މީހުން އެދިފައިވާ އިރު މިފަދަ ކަންކަމަށް ބަލައިގެން ސަރުކާރަށް ވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒްކޮށްގެން ސަރުކާރަށް ފައިސާ ވަނުމުގެ އިތުރުން، ކަމުގެ ގާބިލުކަން އަދި ތަޖުރިބާހުރި ފަރާތެއްގެ ބައިވެރިވުމާ އެކު، ކުންފުނި ރީސްޓްރަކްޗާކޮށް އެފިޝަންޓްވާނެ އެވެ. ސަރުކާރުގެ އަމާޒަކީ ކުންފުނިތަކެއް ޕްރައިވަޓައިޒްކޮށްގެން އަންނަ އަހަރު 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހޯދުމެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް
އިންވެސްޓާސް ވީކްގެ ހަރަކާތްތައް ސީއެމްޑީއޭއިން ފަށައިފި
ސްޓޮކް އެކްސްޗޭންޖުގެ ޕްލެޓްފޯމު އިފުތިތާހުކޮށްފި
ފަސްޓް ނޭޝަނަލުން އިންވެސްޓްމަންޓް ފަންޑެއް ހުޅުވާލައިފި
އާންމު ހިދުމަތްދޭ އިދާރާތަކަށް ބޮންޑު ވިއްކުމުގެ ފުރުސަތެއް!
ކެޕިޓަލް މާކެޓަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަނީ
ރާއްޖޭގެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް ފަށައިފި
ސީއެމްޑީއޭ އިން ކޯޕަރޭޓް ގަވަނަންސް އެވޯޑް ދެނީ
ސީއެމްޑީއޭ އިން މޮބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފި
ސީޖީ އެފޯޓްސް އެވޯޑަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި