Roadha Mihaaru
އުރީދޫގެ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ވެސް ފޮނުވޭނެ

އުރީދޫގެ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ވެސް ފޮނުވޭނެ

21 މެއި 2020

ލޮކްޑައުންގައި ވެސް އާއިލާ އާއި ރައްޓެހިންނަށް އުރިދޫގެ އީކޮމާސް ޕްލްޓްފޯމް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވާލެވޭ އޮފާއެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލޮކްޑައުންގައި ވެސް އާއިލާ އާއި ރައްޓެހިންނަށް އުރިދޫގެ އީކޮމާސް ޕްލްޓްފޯމް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވާލެވޭ އޮފާއެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

"އީދު ހަދިޔާ"ގެ ނަމުގައި ފެށި މި އޮފާއާއެކު، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވޭނެ އެވެ. މޫލީ މެދުވެރިކޮށް ފޮނުވޭ ހަދިޔާތަކުގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ދަ ސްޕޭސް"ގެ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް" އާއި "ކެރަޓް ކަޕްކޭކްސް" އާއި "ހައިބިސްކަސް ކޭކް" ހިމެނެ އެވެ.

މީގެ އިތުރުން ބްރޭންޑްލޫމް އާއި އަލޯރާ އާއި މަލްޑައިސް އާއި ވީ ސްޓޯ އަދި ލިންކް ސާވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނާއި "ތަކެތި" ފޮތް ވެސް ހަދިޔާ ކުރެވޭނެ އެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީއަށް ވަދެގެންނެވެ. އަދި އީދު ހަދިޔާ ކެޓަގަރީން ބޭނުންވާ ހަދިޔާއެއް ނެގުމަށް ފަހު ކާޓަށް އެޑް ކޮށް ޑެލިވަރީކުރަން ބޭނުންވާ އެޑްރެސް ޖެހުމުން އޯޑަރު ކުރެވޭނެ އެވެ. މި ހަދިޔާއާއެކު މެސެޖެއް ފޮނުވަން ބޭނުންވާ ނަމަ "ސްޕެޝަލް އިންސްޓްރަކްޝަން" ގޮޅީގައި އެ މެސެޖު ލިޔެލެވޭނެ އެވެ.

އުރީދޫގެ މޫލީން އީދު ހަދިޔާއާއެކު ބޭނުންވާ މެސެޖެއް ވެސް ފޮނުވާލެވޭނެ--

އުރީދޫގެ މޫލީން އީދު ހަދިޔާއާއެކު ބޭނުންވާ މެސެޖެއް ވެސް ފޮނުވާލެވޭނެ--

އީދު ހަދިޔާ އަށް އޯޑަރުކުރާތާ އެއް ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ މީހަކަށް ގެންގޮސްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އީދު ހަދިޔާ ޕެކޭޖުގައި މޫލީން ގަންނަ ހަދިޔާގެ އިތުރުން އީދު ތަހުނިޔާގެ ކާޑަކާއި ސްޓިކާއެއް ހިމެނޭނެ އެވެ.

އުރީދޫން ވަނީ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ލިބޭ ފަރާތްތަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިިފަ އެވެ. މި ލަކީޑްރޯގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ސެމްސަން ގެލެކްސީ ބަޑްސް ޕްލަސްއެއް ލިބޭނެ އެވެ.

މި ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމަށް ފަހު ހަދިޔާގެ ފޮޓޯއެއް EidHadhiyaa #DeliveredByMoolee# އެ ޕޭޖަށް ޕޯސްޓު ކުރުމުން ބައިވެރިވެވޭނެ އެވެ. ލަކީޑްރޯގައި ބައިވެރިވެވޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން ކުރާ ޕޯސްޓުތައް އެކަންޏެވެ.