Roadha Mihaaru
ނޯޓް 20 ގައި ސްޕޭސް ޒޫމް ޓެކްނޮލޮޖީއެއް ނުހުންނާނެ

ސެމްސަންގް ގެލަކްސީ ނޯޓް 20 ގައި ސްޕޭސް ޒޫމް ޓެކްނޮލޮޖީ ނުހުންނާނެ

22 މެއި 2020

ސްމާޓްފޯނުތަކުގައި ކެމެރާ ޓެކްނޮލޮޖީގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ކެމެރާ އިން މަންޒަރުތައް ބޮޑުކުރެވޭ މިންވަރު 100 ގުނަ ފަހައަޅައި ވަނީ ގޮސްފަ އެވެ. އެކަމަކު، އެ ބުނާ ވަރުގެ ސާފުކަމެއް ލޮލަކަށް ނުފެނެ އެވެ. ނަގާފައި ހުންނަ މަންޒަރުތައް އެ އަށް ވުރެ ދަށް ފޯނުތަކަށް ވުރެ ވެސް، ބައެއް ހާލަތްތަކުގައި، ނުސާފެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯނުތަކުގައި ކެމެރާ ޓެކްނޮލޮޖީގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ކެމެރާ އިން މަންޒަރުތައް ބޮޑުކުރެވޭ މިންވަރު 100 ގުނަ ފަހައަޅައި ވަނީ ގޮސްފަ އެވެ. އެކަމަކު، އެ ބުނާ ވަރުގެ ސާފުކަމެއް ލޮލަކަށް ނުފެނެ އެވެ. ނަގާފައި ހުންނަ މަންޒަރުތައް އެ އަށް ވުރެ ދަށް ފޯނުތަކަށް ވުރެ ވެސް، ބައެއް ހާލަތްތަކުގައި، ނުސާފެވެ.

މި އަހަރުގެ ކުރީ ކޮޅު، މާޗު މަހު، މާކެޓަށް ނެރުނު ސެމްސަގް ގެލަކްސީ އެސް20 އަކީ ވެސް ބާރުގަދަ ފޯނެކެވެ. ގެލަކްސީ އެސް20 އަލްޓްރާ ގައި ހުރި އިތުރު ބާރުތަކަށް ބަލާއިރު، "x100 ސްޕޭސް ޒޫމް ޓެކްނޮލޮޖީ" ހިމެނެ އެވެ. މި ޓެކްނޮލޮޖީއާ މެދު ހީކުރެވުނީ އުޑުގެ ތަރިތައް ވެސް އަތުޖެހޭ ފަށަށް ގެނެސްދޭނެ ކަމަށެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި މިއީ ހަމައެކަނި ނަމަކަށް ކޮށްފައި ހުރި ކަމެކެވެ. މަގުސަދަކީ ވިޔަފާރި އެވެ. ފާޑުކިޔުންތަކުން އެނގޭ ގޮތުގައި ސެމްސަންގުން އެ ބުނާ ފެންވަރު ކެމެރާއަކު ނެތެވެ. މި ބުނީ ތަފާތެއް ނެތެކޭ ނޫނެވެ.

މިހާރު ބުނަނީ ސެމްސަންގް ގެލަކްސީ ނޯޓް 20 ގައި "ސްޕޭސް ޒޫމް ޓެކްނޮލޮޖީ" ނުހިމަނާނެ ކަމަށެވެ. އެއީ ގެލަކްސީ އެސް20 އާ ހެދި ގަންނަން ޖެހުނު ލަދާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ސެމްސަންގުން "ސްޕޭސް ޒޫމް ޓެކްނޮލޮޖީ" ދޫކޮށްލަން ނިންމި ސަބަބު ނުބުނި ނަމަވެސް، ކުރިން ތައާރުފުކޮށް، އަޖުމަބެލިފައި ހުރި ޓެކްނޮލޮޖީތައް މާ ބޮޑަށް ވެސް ކާމިޔާބެވެ. އެހެންވެ، ނޯޓް 20 ގައި ހިމަނާނެ ކަމަށް ބެލެވެނީ ކަށަވަރު ޓެކްނޮލޮޖީ އެވެ.

ގެލަކްސީ ނޯޓް 20 އާންމުކުރުން އަދި އޮތީ އެވެ. މި އަހަރު ކޮރޯނާވައިރަހާ ހެދި ދަތިތަކެއް ހުރި ނަމަވެސް، އޮގަސްޓް ޚާއްސަ ވަނީ ސެމްސަންގް ގެލަކްސީ ފޯނުތަކަށެވެ. ކޮރޮނާވައިރަހާ ހެދި އާންމުން އޮންލައިންކޮށް ދިރިއުޅޭއިރު، ނޯޓް 20 ތައާރުފުކުރުން އޮންލައިން ހަފުލާއަކަށް ވެދާނެ ކަމަށް ބެލެވެ އެވެ.