Roadha Mihaaru
ގެލަކްސީ ނޯޓް 10 އަށް "ސްޕާ ފާސްޓް ޗާޖިން"

ސެމްސަންގް ގެލަކްސީ ނޯޓް 10 އަށް "50 ވޮޓް ސްޕާ ފާސްޓް ޗާޖިން"

09 މެއި 2019

ފޯނުތައް އަވަހަށް ޗާޖްކުރުމަކީ ވެސް، ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރި ކަމަކަށް ވަނީ ވެފަ އެވެ. މި ރޭހުގައި، މަޝްހޫރު ކުންފުނިތަކުގެ ތެރެއިން، އެންމެ ފަހަތުގައި އުޅެނީ ސެމްސަންގް ކަމަށް ވެސް ބުނާތީ އިވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ފޯނުތައް އަވަހަށް ޗާޖްކުރުމަކީ ވެސް، ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރި ކަމަކަށް ވަނީ ވެފަ އެވެ. މި ރޭހުގައި، މަޝްހޫރު ކުންފުނިތަކުގެ ތެރެއިން، އެންމެ ފަހަތުގައި އުޅެނީ ސެމްސަންގް ކަމަށް ވެސް ބުނާތީ އިވެ އެވެ.

ސެމްސަންގް ގެލަކްސީ މަރުކާގައި ހިމެނޭ ގިނަ ފޯނުތަކަކީ، އަބަދު ކަލަހަ ގޮތަކަށް، "އެޑަޕްޓިވް ފާސްޓް ޗާޖިން" ޓެކްނޮލޮޖީ ސަޕޯޓްކުރާ ފޯނުތަކެކެވެ. އެހެންކަމުން، ގެލަކްސީ ފޯނުތައް ޗާޖްކުރަން ނަގާ ވަގުތާ ހެދި ކަންބޮޑުވާ ވަރެއް ނުވެ އެވެ. ނަމަވެސް، ވާދަވެރިންނާ އަޅާކިޔާއިރު، ސެމްސަންގް "ފާސްޓް ޗާޖިން" ޓެކްނޮލޮޖީ އުޅެނީ ފަހަތުގަ އެވެ.

ސެމްސަންގުން މިދާކަށް ދުވަހު ނެރުނު "ގެލަކްސީ އެސް10" މަރުކާގައި ހިމެނޭ "ގެލަކްސީ އެސް10 5ޖީ" އަށް ބާރުގަދަ ޗާޖަރެއް ދީފައިވެ އެވެ. މި ފޯނު "25 ވޮޓް" ފާސްޓް ޗާޖިން ސަޕޯޓްކުރެ އެވެ. ގެލަކްސީ "އޭ70" އަކީ ވެސް "25 ވޮޓް" ފާސްޓް ޗާޖިން ސަޕޯޓްކުރާ ފޯނެކެވެ. މާނަ އަކީ ބެޓެރީ އަވަހަށް ޗާޖުކުރުމުގައި މި ދެ ފޯނަށް ވުރެ ކުޅަދާނަ އެހެން ފޯނެއް، ސެމްސަންގް ގެލަކްސީ އާއިލާގައި ނެެތުމެވެ.

ގެލަކްސީ ނޯޓަކީ ވެސް ތަރުހީބު ބޮޑު ފޯނެކެވެ. މިއީ ސެމްސަންގް ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި ޝާހީ ފޯނެވެ. އަޑުތައް ހުރީ މިއީ ސެމްސަންގުން މިހާތަނަށް ނެރޭ އެންމެ ވަރުގަދަ ފޯނަށް ވާނެ ކަމަށް ބުނެވޭ ކަހަލަ ގޮތަކަށެވެ. މިއީ "50 ވޮޓް" ފާސްޓް ޗާޖިން ސަޕޯޓްކުރާ ފޯނެއް ކަމަށްވެ އެވެ.

ގެލަކްސީ ނޯޓް 10 ގައި ގާއިމުކުރާ ޗާޖިން ޓެކްނޮލޮޖީ ބާރުގަދަ ކަމަށް ބުނި ނަމަވެސް، މިއީ އަދި ވާދަވެރިންނާ ހަމަކުރުމެއް ނޫނެވެ. ވަންޕްލަސް ފޯނުތައް 30 ވޮޓް ސަޕޯޓްކުރެ އެވެ. އަނެއްކޮޅުން އޮޕޯ ފޯނުތައް 50 ވޮޓް އަދި ލަސްތަކެއް ނުވެ ޝޯމީ ފޯނުތައް 100 ވޮޓް ސަޕޯޓްކުރާނެ ކަމަށް މިހާރު އެބަ ވާހަކަ ދެކެވެ އެވެ. ޝޯމީން މިހާރު ވެސް މި ޓެކްނޮލޮޖީ ޓެސްޓްކުރަމުން ދާ ކަމަށްވެ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނުނެރެ އެވެ. ނަމަވެސް، ބާރުގަދަ ފޯނުތަކާ ބެހޭ ގޮތުން މަޝްހޫރު މީހުން ދައްކާ ވާހަކަތައް ވަަރަށް ގިނަ ފަހަރު ދިމާވެ އެވެ. ނޯޓް 10 ގައި ގާއިމުކުރާނެ ކަމަށް ބުނާ ފީޗާތަކާ ބެހޭ ގޮތުން ކުރެވޭ ބަހުސްތައް މިހާރު ވެސް އެބަ ކުރި އަށް ދެ އެވެ.