19 މެއި 2020
މިހާރުގެ އަންދާޒާ އަކީ އޮކްޓޫބަރު މަހުގެ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިހާރުގެ އަންދާޒާ އަކީ އޮކްޓޫބަރު މަހުގެ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ހާލަތާ ގުޅޭ ގޮތުން ކޮމަންވެލްތުން ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސްގައި މިނިސްޓަރު އަލީ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ހާލަތަށް ބަލާ އިރު އިގްތިސާދީ ހާލަތުން އަރައިގަތުމުގައި ރާއްޖެ އިން ފެންނާނީ "ޔޫ ކާވް ރީބައުންޑް" އެއް ކަމަށެވެ. އެގޮތުން އޮކްޓޫބަރުން ފެށިގެން އިގްތިސާދު ރަނގަޅުވާން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ރަނގަޅު ހާލަތުގައި އަންނަ ޖުލައި މަހުގައި ޓޫރިސްޓުންނަށް ގައުމު ހުޅުވައިލަން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވި އެވެ. އަދި ދެވަނަ އަށް އެންމެ ރަނގަޅު ހާލަތުގައި އޮކްޓޫބަރުގައި ގައުމު ހުޅުވައިލުމަކީ ސަރުކާރުގެ އަމާޒެވެ. އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަނީ ޖުލައި އާއި އޮކްޓޫބަރާ ދެމެދުގެ ޓޫރިޒަމަށް ގައުމު ހުޅުވައިލުމަށެވެ.
"ޓޫރިޒަމް ފެށުމަށްޓަކައި މިހާރުގެ ހާލަތަށް ބިނާކޮށް ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރުކުރެވިފައި. މި ގައިޑްލައިން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔޫއެންޑަބްލިއުޓީއޯ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ ލަގްޒަރީ ޓޫރިޒަމަށް މަޝްހޫރު ގައުމަކަށްވާ އިރު ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ބަޔަކު އަންނަ ކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ. އެހެން ކަމުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސުމަށްޓަކައި ޓޫރިޒަމް ދާއިރާ ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލޮކްޑައުންއަށް ފަހު ކަންކަން ރާވާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަން ފަށަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރާއި އެއާޕޯޓުތައް ހުޅުވާލުމުގައި ވެސް ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވިދާޅުވީ، ކޮރޯނާ ވައިރަހާ ހެދި، އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ނުވާނެ ކަމަށާއި، ވައިރަހާ ކުރިމަތިލައި އިގްތިސާދު ކޮޅަށް ޖެއްސޭނެ ގޮތްތައް އަވަހަށް ރާވަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމަށް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމަށްޓަކައި ސަރަހައްދީ ގައުމުތަކާއި، ބޮޑެތި ގައުމުތަކުން އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި އަލުން އިގްތިސާދު ފަށައިގަންނަ އިރު، ދިވެހިންގެ ބައިވެރިވުން މުޅި ދާއިރާގައި އޮތް މިންވަރު އިތުރު ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ދެން ރާއްޖޭގެ ޓޫރިޒަމްގެ ހަރަކާތްތައް ފަށާނީ، އަންނަ ޓޫރިސްޓުންގެ ސަލާމަތައި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރަހައްދުގައި ވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަކީ އެންމެ ބޮޑަށް އިގްތިސާދަށް އަސަރުކުރާނެ ގައުމު ކަމަށް ވޯލްޑް ބޭންކުން ވެސް ލަފާކޮށްފައިވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އިންތިހާ އަށް ބަރޯސާވެފައި އޮތުމެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން އަންގައިފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ދިވެހިންނަށް އިސްކަންދޭ ރިސޯޓުތަކަށް ލުއިދޭން ޖެހޭ:އަލީ