19 މެއި 2020
މެޑްރިޑް (މެއި 19) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަންނަން ރެއާލް މެޑްރިޑުން މަސައްކަތް ފަށާނީ އޭނާ މުސާރަ ކުޑަކުރަން އެއްބަސްވުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (މެއި 19) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަންނަން ރެއާލް މެޑްރިޑުން މަސައްކަތް ފަށާނީ އޭނާ މުސާރަ ކުޑަކުރަން އެއްބަސްވުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުން ތަށްޓަށް ވާދަނުކުރާ ނަމަ ޕޮގްބާ އެ ޓީމުގައި ހުންނަން ހިތްހަމަނުޖެހޭނެ ކަމަށް ބުނެ، އޭނާ މި ސީޒަން ނިމުމުން ކްލަބް ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް އޭޖެންޓް މިނޯ ރައިއޯލާ ވަނީ ދާދި ފަހުން ދީފަ އެވެ. ރައިއޯލާ އަންނަނީ ޕޮގްބާ އެހެން ކްލަބަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ރައިއޯލާ އެންމެ ގިނައިން މަޝްވަރާކުރާ ކްލަބަކީ ރެއާލް އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ރައިއޯލާއާ އެކު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ފޯނުން ގުޅައިގެންވަނީ ޕޮގްބާގެ ޑީލާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. ރެއާލުން ޕޮގްބާ ގެންނަން ޝައުގުވެރިވީ ނަމަވެސް އަހަރެއްގެ މައްޗަށް އޭނާ އަށް 17 މިލިއަން ޔޫރޯ ދޭ ގޮތަށް އެއްބަސްވުން ހަދަން ބޭނުމެއްނުވެ އެވެ. އަދި ރައިއޯލާ އަށް ވަނީ ޕޮގްބާ ކިޔާ މުސާރަ ކުޑަކުރަން ޖެހޭކަން އަންގައިފަ އެވެ. ޕޮގްބާ މި ވަގުތު ޔުނައިޓެޑްގައި ހުރީ އަހަރަކު 17 މިލިއަން ޔޫރޯ ލިބޭ ގޮތަށެވެ.
ކޮވިޑް-19އާ ހެދި އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލިއިރު ޕޮގްބާ ހުރީ އަނިޔާގަ އެވެ. ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ އަލުން ފުޓްބޯޅަ ކުޅެން ފަށަން ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ.
ޕޮގްބާ އަކީ ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުން 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ބަދަލުވި ކުޅުންތެރިޔެކެވެ. އޭގެ ފަހުން ޔުނައިޓެޑުން 2016 ވަނަ އަހަރު އޭނާ އަލުން އޭރުގެ ދުނިޔޭގެ ރެކޯޑް އަގަކަށް ގެނައީ އެވެ. އެ ފަހަރު ޔުނައިޓެޑުން ވަނީ ޕޮގްބާގެ ސޮއި ހޯދަން 105 މިލިއަން ޔޫރޯ ދައްކައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޕޮގްބާގެ އަގު ވެސް އުޅޭނީ 80-100 މިލިއަން ޔޫރޯއާ ދެމެދުގައި ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ރެއާލަށް ޕޮގްބާ ގެންދަން އެންމެ ބޮޑަށް ބާރުއަޅަނީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން އެވެ.
ދާދި ފަހުން ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އޭނާގެ ކޮލަމްގައި ބުނެފައިވާގޮތުގައި ޔުނައިޓެޑަށް ޕޮގްބާގެ ހުނަރާ އެއްވަރަށް އޭނާގެ ބޭނުން ނުހިފެ އެވެ. އަދި ޔުނައިޓެޑްގެ މެދުތެރޭގައި ބްރޫނޯ ފެނާންޑޭސް ފަދަ ކުޅުންތެރިޔަކާ އެކު ޕޮގްބާ ލައްވައި ރަނގަޅަށް ކުޅެވޭނެ ކަމަށް ރޫނީ ގަބޫލުކުރެ އެވެ.
ރެއާލަށް ކުޅުމަކީ ހުވަފެނެއް: ޕޮގްބާ
ޕޮގްބާއާ ދިމާވުމަކީ އިއްތިފާގެއް: ޒިދާން
ޕޮގްބާ ގެނައުމުގެ މަސައްކަތުގައި ރެއާލް ދުލެއް ނުދޭ
ޕޮގްބާ ހޯދުމުގެ މަސައްކަތް ރެއާލުން ވަރުގަދަކުރަނީ
"ޕޮގްބާ ޔުނައިޓެޑާ ގުޅުނީ ރެއާލަށް ނޫނެކޭ ބުނެފައި"
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ޔުނައިޓެޑުގެ ބޮޑު މުސާރަ ދޭ ލިސްޓްގައި ކަސެމީރޯ
ޔުނައިޓެޑަށް ކަސެމީރޯ ވިއްކަން ރެއާލްއިން ތައްޔާރު
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް