18 މެއި 2020
ވައިރަސް ތަކަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ ބޯޑަރު ބަލައިގަންނަ އެއްޗެއް ނޫން ކަމަށާއި ކޮވިޑް-19 އިން އަރައި ގަނެވޭނީ ދުނިޔެ އެކަތިގަނޑަކަށް ވެގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވައިރަސް ތަކަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ ބޯޑަރު ބަލައިގަންނަ އެއްޗެއް ނޫން ކަމަށާއި ކޮވިޑް-19 އިން އަރައި ގަނެވޭނީ ދުނިޔެ އެކަތިގަނޑަކަށް ވެގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޖެނީވާފައި މިއަދު ފެށި ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައި އަމީން ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ސަރަހައްދީ ފެންވަރުގައި އަދި ބައިނަލް އަގުވާމީ ފެންވަރުގައި އެއްބާރުން ދީގެން މަސައްކަތް ކުރުން ކަމަށެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް، މުހިއްމު މައުލޫމާތުތަކާއި ވަަސީލަތްތައް ހިއްސާކުރަން ފެށި އިރަކުން ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
"ވައިރަސްތައް ބޯޑަރެއް ނުދަންނާނެ. އަޅުގަނޑުމެން އެންމެން އެކުގައި ދުނިޔެއަކީ އެކައްޗެއްގެ ގޮތުގައި [ހުރިހާ ގައުމުތަކަކީ އެއްބައެއްގެ ގޮތުގައި] މަސައްކަތް ކޮށް ކޮވިޑް-19 އިން އަރައިގަނެވޭނެ،" އަމީން ވިދާޅުވި އެވެ.
#Live Minister's statement on World Health Assemblyhttps://t.co/r4zryUZqGd
— Ministry of Health (@MoHmv) May 18, 2020
ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަމީން މިރޭ ތަގުރީރު ކުރައްވަނީ.
ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެއަށް ކުރިމަތިވި ހާލަތާ ބެހޭ ގޮތުން އަމީން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައުމާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ އެކްސްޕޯޓް ހުއްޓުމުން ދިވެހިންގެ މުޅި ދިރިއުޅުމަށް އެކަމުގެ ނުބައި އަސަރު ކޮށްފައިވާ ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް އެކަމުން ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ފެށި މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން އާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
"މެޑިކަލް އަދި އެހެން ބާވަތްތައް ގަތުމާއި އިމްޕޯޓް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެ، ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް އެކަމުގެ އަސަރުކުރި،" އަމީން ވިދާޅުވި އެވެ.
ރާއްޖެއަށް ކުރިމަތިވި މި ދަތި އުނދަގޫ ހާލަތުގައި ޑަބްލިއުއެޗްއޯ އާއި އަވަށްޓެރި ގައުމުތަކުން ދިން އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން، ޗައިނާ އިން ވެސް ރާއްޖެ އަށް އެހީތެރިވި ކަމަށާއި އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ އެއްބާރުލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލި މަޑުކަމުން ލިބުނު އެއް ފިލާވަޅަކީ އަމީން ވިދާޅުވި ގޮތުގައި މިވަރުގެ ބޮޑު ކަމެއް އަތުވެދާނެ ކަން ލަފާކޮށްލަން އެއްވެސް ގައުމަކަށް ނޭނގުމެވެ. މިކަމުން ގައުމުތަކުގެ ހުރިހާ ކަމަކަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށް ވިދާޅުވި އެވެ.
"މެޑިކަލް އަދި އެހެން ބާވަތްތައް ގަތުމާއި އިމްޕޯޓް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެ، ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް އެކަމުގެ އަސަރުކުރި،" އަމީން
"ގައުމުތަކުގެ ހުރިހާ ވަސީލަތަކާއި ހަކަތައެއް ކޮވިޑް-19 އަށް ހުސްކޮށްލުމުން ސިއްހީ ނިޒާމުގެ އެެހެން ކަންތައްތަކަށް އިހުމާލުވެވިފައި ވެދާނެ. އަދި އޭގެ ސަބަބުން އިޖުތިމާއީ، އިގުތިސާދީ ގޮތުން ބޮއްސުންލުމުގެ މައްސަލަ ވެސް ކުރިމަތިވި،" އަމީން ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ސިއްހަތުގެ މުހިއްމުކަން އޮތް މިންވަރަކީ މިކަމުން ލިބޭ އަނެއް ފިލާވަޅު ކަމަށާއި އިގުތިސާދީ ދާއިރާއާއި ތިމާވެށީގެ ދާއިރާ ކަމަށް ވިޔަސް ކަން އޮތީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔެ އަށް ސިއްހީ ކާރިސާއެއް ކުރިމަތިވުމުން އިންސާނިއްޔަތުގެ ހުރިހާ ކަމެއް އެކަމުގެ ވޭން ތަހައްމަލު ކުރާނެ،" އަމީން ވިދާޅުވި އެވެ.
މިއަދު ފެށި މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގައި ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކު، ބޮޑަށް ވާޗުއަލްކޮށް ކުރިއަށް ގެންދާ މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަމީނެވެ. ހެލްތު މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުންނާއި ކޮވިޑް-19އާ ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ބޭފުޅުން ވެސް ރާއްޖޭގެ ވަފުދުގައި ހިމެނެ އެވެ.
މިއަދު ފެށި މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގައި ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
މި އަހަރުގެ ބައްދަލުވުމުގައި މިނިސްޓަރުންނާއި ހާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ މާހިރުުން ތަގްރީރުކުރައްވާނީ "ކޮވިޑް-19 ރެސްޕޮންސް" (ކޮވިޑް ފެތުރެން ފެށުމުން އަމަލުކުރި ގޮތް) ބެހޭގޮތުންނެވެ.
ރާއްޖެ އިން ވަނީ މިދިޔަ މާޗް 7 ން ފެށިގެން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އައިފަ އެވެ.
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި
ޑަބްލިއުއެޗްއޯ އިން 10،000 ޓެސްޓްކިޓް ހަދިޔާކޮށްފި
ޑަބްލިއުއެޗްއޯއިން އިތުރު 10،000 ކިޓް ހަދިޔާކޮށްފި
ރާއްޖޭގައި ކޮރޯނާވައިރަހަށް މިހާރު ޓެސްޓު ކުރެވޭނެ
ދޮގު ވާހަކަ ފަތުރައިގެން ލިބޭނީ ބޮޑު ގެއްލުމެއް
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން