17 މެއި 2020
އިންޑިއާގެ ސިނަމާތައް ބަންދުކޮށް،، ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ އެއްވެސް ބަޔަކު ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު އަބަދު ވެސް ލޯބިކުރާނީ ފިލްމުތައް ސިނަމާތަކުގައި އަޅުވަން ކަމަށް ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
އިންޑިއާގެ ސިނަމާތައް ބަންދުކޮށް،، ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ އެއްވެސް ބަޔަކު ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު އަބަދު ވެސް ލޯބިކުރާނީ ފިލްމުތައް ސިނަމާތަކުގައި އަޅުވަން ކަމަށް ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
ކޮވިޑް-19އާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންތަކާ އެކު، ސިނަމާތައް ތަޅުލައި، ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައި އިރު، އޭގެ އެންމެ ބޮޑު އަސަރެއްކުރި އެކަކީ ކަބީރެވެ. އޭނާގެ އުންމީދީ ފިލްމަކީ "83" އަކީ ކުރިން މިދިޔަ މަހުގެ 10 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ.
ނަމަވެސް ސިނަމާތައް އަލުން ހުޅުވޭނެ އިރެއް ނޭނގޭތީ ފިލްމު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތް ދައްކުވައިދޭނެ ފިލްމެކެވެ.
ފިލްމީ ދާއިރާ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ބެހޭ ގޮތުން ދިން އިންޓަވިއުއްގައި "ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ކާމުތާބު ފިލްމުތައް ގެނެސްދިން ކަބީރް ބުނީ ސިނަމާ އަކީ އެތައް ބަޔަކާ ގުޅިފައި އޮތް ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ފިލްމު ހަދާ މީހުންނާއި ފިލްމީ ތަރިންނާއި ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުން ވެސް ހިމެނެ އެވެ.
"އަހަރެން އަބަދު ވެސް އަހަރެންގެ ފިލްމުތައް އަޅުވަން ބޭނުން ވަނީ ސިނަމާގައި. މިހާރު ކުރިމަތިވެފައި މިއޮތް ހާލަތަކީ ވަރަށް ހިތްދަތި އަދި އެހާމެ ގެއްލުން ބޮޑު ހާލަތެއް،
ނަމަވެސް ސިނަމާތައް ބަންދުކުރަންޖެހި ހީވާ ވެސް ނުކުރާ ކަހަލަ ގޮތަކަށް ފިލްމީ ދާއިިރާ އަށް ބުރޫއެރުމުން ހިތަށް ވަރަށް އަސަރުކުރާ ކަމަށް ކަބީރް ބުންޏެވެ. އޭނާ ބުނި ގޮތުގައި ސިނަމާތަކުގައި ފިލްމުތައް ބެލުމަކީ ޖާދޫއެއް ކަހަލަ ކަމެކެވެ. އަދި ފިލްމުތަކުގެ ފުރިހަމަކަމާއި އެއިން ލިއްބައިދޭ ހިތްހަމަޖެހުން މާސް އޯޑިއަންސް ހޯދަނީ ވެސް ސިނަމާތަކުން ކަމަށް ބުންޏެވެ.
"އެހެންވެ އަހަރެން އަބަދު ވެސް އަހަރެންގެ ފިލްމުތައް އަޅުވަން ބޭނުން ވަނީ ސިނަމާގައި. މިހާރު ކުރިމަތިވެފައި މިއޮތް ހާލަތަކީ ވަރަށް ހިތްދަތި އަދި އެހާމެ ގެއްލުން ބޮޑު ހާލަތެއް،" ކަބީރް ބުންޏެވެ.
އޭނާ ބުނިގޮތުގައި ވަރަށް ގިނަ ޑިޖިޓަލް ޕްލެޓްފޯމްތައް މިހާރު ހުރި ނަމަވެސް، ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުމަކީ އެހާ ގަޔާވާކަމެއް ނޫނެވެ. އެކަމަކު އެ ވިސްނުން ގެންގުޅެނީ ސްޓްރީމިން ޕްލެޓްފޯމްތަކާ ދޭތެރޭ ބުރަހިތެއް އޮންނާތީ ނޫން ކަމަށް ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެއްވެސް ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރުމުގެ ޑިޖިޓަލްކޮށް ރިލީޒްކުރާކަށް."
ކަބީރަކީ ވެސް ސްޓްރީމިން ޕްލެޓްފޯމަކަށް ވެބް ސީރީޒެއް ހަދާފައިވާ ޑައިރެކްޓަރެކެވެ. އެއީ ޖެނުއަރީ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި "ދަ ފޮގެޓްން އާމީ: އާޒާދީ ކޭ ލިޔޭ" އެވެ.
"އެފަދަ ޕްލެޓްފޯމްތަކުގެ ނުފޫޒާއި މަގުބޫލުކަން ވެސް މިހާރު ވަރަށް ބޮޑު. އެކަމަކު އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެއްވެސް ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރުމުގެ ޑިޖިޓަލްކޮށް ރިލީޒްކުރާކަށް." ކަބީރް ބުންޏެވެ.
އޭނާ ބުނިގޮތުގައި މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ މިއޮތް ހާލަތުން އަރައިގަނެވި، އާންމު ހާލަތަކަށް ރުޖޫއަވެވޭނެ އިރަކަށެވެ.
"އެކަމަކު އެއީ ކޮން އިރަކުން ކަމެއް ނޭނގޭ. އެކަމަކު ކުރިމަގާ ދޭތެރޭ އަހަރެން ދެކެނީ ވަރަށް ޕޮޒިޓިވްކޮށް. އަހަރެން ގަބޫލުކުރަނީ ދެން ފިލްމީ ދާއިރާ އަށް ހިނގައިގަންނާނީ ކުރިއަށް ވުރެ ބާރަށޭ،" ބަތަލާ މިނީ މާތޫރްގެ ފިރިމީހާ ބުންޏެވެ.
ސިނަމާތައް އަލުން ހުޅުވޭނެ އިރެއް ނޭނގޭތީ މި އަހަރު އަޅުވަން ތާވަލުކުރި ބައެއް ފިލްމުތައް މިހާރު ވަނީ އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކާލައިފަ އެވެ. އެކަން ރަސްމީކޮށް ބައެއް ޕްރޮޑިއުސަރުން މިހާރު ވަނީ އިއުލާން ވެސްކޮށްފަ އެވެ. އަދި މިއާ އެކު ސިނަމާތައް ހިންގާ ބައެއް މީހުން މިހާރު އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަހާންގެ "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު
"ޗަންދީގަޅް ކަރޭ އާޝިގީ" ވަރަށް ކަމުގޮސްފި
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް
ޖޯން ބޭނުން ވަނީ ސަލްމާނާ "ތަޅާފޮޅަން"
ފިތުރު އީދުގައި ސަލްމާނާއި ޖޯންގެ ކުރިމަތިލުމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
50 އަހަރުތެރޭ ސިނަމާތައް ހުއްޓިދާނެ: ނަސީރުއްދީން
އިންޑިއާގެ ސިނަމާތައް އަންނަ މަހު ހުޅުވުން ފެނަށް!
"ކޫލީ ނަމްބަރު 1" ރައިޓްސް އެކްތާގެ ބާލާޖީ އަށް
ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރުން ގޯހެއްނޫން: އަމީތާބް