12 މެއި 2020
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމާއި އެހެން ގިނަ ކަންތައްތަކެއް ހިމެނޭ ބިލެއް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމާއި އެހެން ގިނަ ކަންތައްތަކެއް ހިމެނޭ ބިލެއް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ސައީދު މިއަދު ހުށަހެޅުއްވި ބިލަކީ އޭނާ ކުރިން ހުށަހެޅުއްވުމުން، ގަވައިދާ އެއްގޮތް ނުވެގެން އަނބުރާ ފޮނުވާލާފައިވާ ބިލެކެކެވެ. އޭރު ބިލް މަޖިލީހަށް ބަަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ.
އެހެންވެ، ސައީދު ބިލްް އިސްލާހު ކުރައްވައި އަލުން ހުށަހަޅުއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު އެންގެވި އެވެ.
އެކަމަކު ބިލު އަލުން ފޮނުއްވި އިރު ވެސް ދައުލަތުގެ އާމްދަނީއަށްް އަސަރުކުރާ ބައެއް ކަންތައްތައް އޭގައި ވެ އެވެ. އެގޮތުން ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ދައުލަތުން ކުއްޔަށް ދީފައިވާ ބިން ބިމާއި ފްލެޓް ފަދަ ތަންތަނުގެ ކުލި ދެއްކުން ލަަސްކުރަން ބިލްގައި ހިމަނާފައި ވެއެވެ.
އެކަމަކު ބިލާ އެކު މަޖިލީހުގެ ރައީސަށް ސައީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލުގައި ކުލި ލަސްކުރަން ހުށަހަޅާފައި ވިޔަސް ފަސްކުރާ ކުލި އަނބުރާ ދައްކާ އިރު އިންޓަރެސްޓާ އެކު ދައްކަން އޮތުމުން ދައުލަތުގެ އާމްދަނީ އަށް އަސަރު ނުކުރާ ކަަމަށެވެ.
"ކޮވިޑް 19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި ހުށަހެޅި އެ ބިލްގައި ވާ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރިޓަޔާވުމުން ވަކި އުސޫލަކުން ދޫކުރާ ގޮތަށް ފައިސާ ޖަމާކުރަމުން އަން ޕެންޝަން ފަންޑުގެ ފައިސާ ދޫކުރަން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ބިލުގައި ހުށަހަޅާފައި ވަނީ ކޮންމެ މީހެއްގެ ވެސް ޕެންޝަން ފަންޑުގައިވާ ފައިސާގެ ތިން ބައިކުޅަ އެއްބައި ތިން ފަހަރެއްގެ މަތިން ދޫކުރުމަށެވެ.
މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން އިދިކޮޅުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ. އެ ފަންޑަކީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރަން، އެ ފައިސާ ބޭނުންކުރަން ވިސްނުމަކީ އެހާ ބުއްދިވެރި ވިސްނުމަކަށް ނުވެދާނެ،" އަމީރު ވިދާޅުވި އެވެެ.
ކޮވިޑާ ހެދި އަޅާފައިވާ ފިޔަވަޅުތައް ނިމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރު ކޮށްގެން ނުވާނެ ކަމަށް ބުނާ މާއްދާއެއް ވެސް އެ ބިލްގައި ވެ އެވެ.
ސައީދު ހުށަހެޅުއްވި ބިލާ މެދު މަޖިލީހުގެ އިދާރާއިން ނިންމި ގޮތެއް އަދި ނޭނގެ އެވެ.
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ކޮމިޓީ އަށް
ފޮރިން ސާވިސް ބިލަށް ސައީދުގެ ތުހުމަތެއް
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ކުލި ނުދެއްކޭ މީހުންނަށް ލުއިދޭ ބިލް އެޖެންޑާ ނުކުރި
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"