Roadha Mihaaru
ކުލި ނުދެއްކޭ މީހުންނަށް ލުއިދޭ ބިލް އެޖެންޑާ ނުކުރި

މި ދުވަސްވަރު ކުލި ނުދެއްކޭ މީހުންނަށް ލުޔެއް ދިނުމުގެ ބިލް މަޖިލީހަށް އެޖެންޑާއެއް ނުކުރި

05 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް މި ދުވަސްވަރު ކުލި ނުދެއްކުނަސް ގެއިން ނެރުން ހުއްޓުވުމަށް އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް އެޖެންޑާ ނުކޮށް، އެ ބިލް އަލުން ރަނގަޅު ކުރުމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން ބިލް އަނބުރާ ފޮނުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް މި ދުވަސްވަރު ކުލި ނުދެއްކުނަސް ގެއިން ނެރުން ހުއްޓުވުމަށް އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް އެޖެންޑާ ނުކޮށް، އެ ބިލް އަލުން ރަނގަޅު ކުރުމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން ބިލް އަނބުރާ ފޮނުވާލައިފި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލް" އެޖެންޑާ ނުކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދަށް ނުފެތޭތީ އެވެ. އެހެންވެ، ނަޝީދު އެދިވަޑައިގަތީ ބިލް އިސްލާހު ކުރެއްވުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވުުމުގެ ފުރުސަތު އޭނާ އަށް ލިބިވަޑައިނުގަތީ، ދައުލަދުގެ ހަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެފަދަ ކަންތައްގައް ބަޔާންކުރާ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުންނެވެ. އެ އުސޫލުން އެފަދަ ބިލްތައް ހުށަހެޅުއްވޭނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށެވެ.

ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތައް އުވައިލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެންދެން، މާލެ ސަރަހައްދުގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށް ސައީދުގެ ބިލްގައި ވެ އެވެ.

ނަޝީދު ވިދާޅުވީ، ސައީދުގެ ބިލު މަޖިލީހަށް ގެނެސް އެ ބިލަށް ބަހުސް ކުރުމަކީ އެ މަނިކުފާނު ވަރަށް އެދިވަޑައިގަންންވާ ކަމެއް ކަމަށާއި ބިލް އަލުން ބަދަލުކޮށްގެން ގެންނަން އެދިވަޑައިގަތީ އެހެންވެ ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުގެ ބިލް މި ތަނުގައި ބަހުސް ކުރަން ވަރަށް ބޮޑަށް އެދެން. އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވައިފިން އިއްޒަތްތެރި މެމްބަރޭ، ކުޑަކޮށް އަދި ކޮށައިމަށާލާފައި ގެންނަވަންވީ ނޫންތޯއޭ؟ އަދި މި ރަނގަޅަކަށް [ގަވައިދަކަށް] ނުފެތެއޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސައީދުގެ ބިލް ހުށަހަޅަން ފުރުސަތު ދިނުމާ މެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ސައީދުގެ ބިލްގައިވާ ބައެއް ކަންތައްތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން މި ހާލަތުގައި ކުލި ނުދެއްކޭ މީހުން ގެއިން ނެރުން، ގާނޫނަކުން މަނާކުރުން ހިމެނެ އެވެ.

ސައީދު ހުށަހަޅުއްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ މީހެއްގެ ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ ތިންބައިކުޅަ އެއް ބައި އެ މީހަކަށް ދިނުމަށެވެ.

ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތައް އުވައިލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެންދެން، މާލެ ސަރަހައްދުގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށް އެ ބިލްގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން އެ ބިލްގައި ބަޔާން ކޮށްފައިވާ މުހިންމު އެއް ކަމަކީ ކޮންމެ މީހެއްގެ ވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ވަކި އަދަދެއް ލިބޭ ގޮތަށް ހަމަޖެއްސުމެވެ. ސައީދު ހުށަހަޅުއްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ މީހެއްގެ ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ ތިންބައިކުޅަ އެއް ބައި އެ މީހަކަށް ދިނުމަށެވެ.