11 މެއި 2020
އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މުޅިން ވެސް ސަޕޯޓް ސްޓާފުން ކަމަށެވެ. އެއީ ބަންގްލަދޭޝް އަދި ނޭޕާލަށް ނިސްބަތްވާ ފިރިހެނުންތަކެކެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފުރަތަމަ ފެނުނީ ފަސް މީހުންގެ ފަރާތުންނެވެ. ނަމަވެސް ރެންޑަމްކޮށް އިތުރު 10 މީހެއްގެ ސާމްޕަލް ނެގިއިރު ބައެއް މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ދިރިއުޅެނީ ހުޅުމާލޭގަ އެވެ. އެ މީހުންގެ އެކޮމޮޑޭޝަން ހަމަޖައްސާފައި ވަނީ ވެސް އެ ހޮސްޕިޓަލުންނެވެ. އެތަނުގައި އޭޑީކޭގެ 47 މުވައްޒަފަކު ދިރިއުޅެ އެވެ.
އެ މީހުން ދިރިއުޅޭތަން މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް، ޕޮޒިޓިވްވި މީހުން ވަނީ ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފަ އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.
"ހޮސްޕިޓަލުން މި އަންނަނީ އެސްއޯޕީއަށް ފޮލޯކުރަމުން. މުވައްޒަފުން ވެސް ތިބޭނީ އެކަމަށް ވަރަށް ބޮޑަށް ރައްކާތެރިވެގެން. ބޮޑަށް ގަބޫލު ކުރެވެނީ އެ މީހުން އުޅޭ ތަނުން ކަމަށް ޕޮޒިޓިވްވީ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯގާގެ ކުޑަ ވެސް އަލާމާތެއް ހުރި ނަމަ މުވައްޒަފުން ގޭގައި މަޑުކުރުވާނެ ކަމަށެވެ. އެގޮތުން މި މުވައްޒަފުން ޓެސްޓުކުރީ ބަލީގެ އަލާމާތްތައް ފެނިގެން އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގުމުންނެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 835 އަށް އެރިއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދޭނީ 675ރ. އަށް
ކޮވިޑް ޓެސްޓުތައް ހަދާނީ އުސޫލުގެ ތެރެއިން: އޭޑީކޭ
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ
އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރަންފަށާނެ