ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އައްޑޫ ކެނަރީފް ރިސޯޓް (ހެރެތަރަ) ގެ ކަރަންޓީން ފެސިލިޓީން ރޭ ފިލި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
07 މެއި 2020
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އައްޑޫ ކެނަރީފް ރިސޯޓް (ހެރެތަރަ) ގެ ކަރަންޓީން ފެސިލިޓީން ރޭ ފިލި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، ފިލި ފަސް މީހުން ވެސް މިހާރު ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހުޅުދޫ ކައިރީ އޮންނަ ކެނަރީފް ކަރަންޓީނު ފެސިލިޓީން ފިލީ ފަސް ފިރިހެނެކެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ ރޭގަ އެވެ. ބާކީ ދެ މީހުން ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ރޭ ފަތިހު އެވެ. އެ ހުރިހާ އެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިއީ، ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އައްޑޫގައި ވަނީ މިފަދަ އެހެން ހާދިސާއެއް ހިނގައިފަ އެވެ. އެއީ ރިސޯޓްތަކުގައި ތިބޭ މުވައްޒަފުން ރަށްރަށް ނޭރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހުގެ ކުރީކޮޅު އިއުލާންކޮށްފައި ވަނިކޮށް، މީދޫ ކައިރީގައި ހިންގާ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި ގޮސް މީދު އަށް އެރި މައްސަލަ އެވެ. އޭނާ ހައްޔަރުކޮށް، މައްސަލަ ބަލާފައިވެ އެވެ.
ކޮވިޑް-19އާ ދިމާކޮށް އައްޑޫގެ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ކެނަރީފްގެ އިތރުރުން ގަމުގައި ހިންގާ ގެސްޓް ހައުސް ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސް އެވެ.
އަދި އައްޑޫގައި އައިސޮލޭޝަނަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކޮޓަރިއެއް ހާއްސަކޮށްފައިވެ އެވެ.
ކަރަންޓީނު ފެސިލިޓީތަކަކީ ޖަލެއް ނޫން: ފައިރޫޝް
ކެނަރީފުން ފިލި މީހުންގެ ބަންދަށް 15 ދުވަސް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
ފޭދޫގެ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު