15 އޮކްޓޯބަރ 2016
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުން ވެލެންސިއާ 1-0 އިން ބަލިކޮށް ތިން ވަނަ ސެމީގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު މާޒިޔާ ހޯދައިފި އެވެ.
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުން ވެލެންސިއާ 1-0 އިން ބަލިކޮށް ތިން ވަނަ ސެމީގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު މާޒިޔާ ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީން ޕެނަލްޓީ ޖަހައިގެން މޮޅުވެ އީގަލްސް ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ މެޗުން ބަލިވި ޓީސީ ޖެހޭނީ އަންނަ ބުދަ ދުވަހު ހަވީރު ފައިނަލުގެ ފަހު ޖާގައަށް މާޒިޔާއާ ކުޅޭށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެލެންސިއާ އިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ވެލެންސިއާގެ ހުސެއިން އަމީޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ މާޒިޔާ ކީޕަރު ހުސެން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ އިން މެޗުގެ 16 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން މުހައްމަދު ފަރުހާން ނަގައިދިން ހުރަހަކުން މާޒިޔާ އޭރިއާ ތެރެއިން އިބްރާހިމް އާޒިމް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ވެލެންސިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ނުހިފުނުއިރު، އޭގެ މިނެޓެއް ފަހުން މާޒިޔާ އިން ލަނޑު ޖެހި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ 17 ވަނަ މިނިޓްގައި މާޒިޔާ އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިންޝާލް އެވެ. ވެލެންސިއާ އޭރިއާ ތެރެއިން އިންޝާލަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.
ހާފް ނިމުމުގެ ކުރިން މާޒިޔާ އިން އިތުރު ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ވެލެންސިއާ އޭރިއާ ބޭރު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މާޒިޔާގެ ޝިނާން އިބްރާހިމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފްގައި އިތުރު ލަނޑު ޖަހަން މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެންމެ ގިނަ ފުރުސަތު ލިބުނީ އެޓީމުގެ ކުރިއަށް ކުޅޭ އަބްދުﷲ މިސްބާހު އަށެވެ. ވެލެންސިއާ އޭރިއާ ތެރެއިން މިސްބާހު ފޮނުވާލި ދެ ހަމަލާއެއް ވެލެންސިއާ ކީޕަރު އިބްރާހިމް ނަދީމް ވަނީ މަތަކޮށްފަ އެވެ. އަދި އިންޝާލް އަށް ގޯލު ކުރިމަތިން ހުހަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލި ނަމަވެސް ނަދީމް ވަނީ އެ ބޯޅަ ވެސް ދިފާއުކޮށްފަ އެވެ.
މިރޭގެ މެޗުގައި މާޒިޔާ އިން ކުޅުނީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ސަމާއިލް ނުލަ އެވެ.
ވެލެންސިއާ-މާޒިޔާ: ކުރީގެ ދެ ޗެމްޕިއަނުންގެ ސެމީ އެއް
އެފްއޭއެމް ޔޫތު މުބާރާތް މި މަހު 19 ގައި ފަށަނީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ހުމުގެ ރޯގާއާ ހެދި ވެލެންސިއާއަށް މެޗު ނުކުޅެވުނު،
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި