07 މެއި 2020
ކުރީގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ދަ ބާނިން ޓްރެއިން" ރިމެކް ރިތިކް ރޯޝަނަށް ހުށަހަޅާފައިވިޔަސް އެ ފިލްމު އޭނާ ގަބޫލެއް ނުކުރާނެ ކަމަށާއި ރިމެކްތަކަށް ރިތިކްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރީގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ދަ ބާނިން ޓްރެއިން" ރިމެކް ރިތިކް ރޯޝަނަށް ހުށަހަޅާފައިވިޔަސް އެ ފިލްމު އޭނާ ގަބޫލެއް ނުކުރާނެ ކަމަށާއި ރިމެކްތަކަށް ރިތިކްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ ބީއާރް ފިލްމްސް އާއި ޕޫޖާ އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ "ދަ ބާނިން ޓްރެއިން" އާ ގުޅޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ރިތިކާ ބައްދަލުކޮށް، ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެކަމަކު އެ ފިލްމަށް އޭނާ އަށް އެއްބަސްވެވެން ނެތް ކަމަށް ބުނެފައިވާ ކަމަށްވެ އެވެ.
މީޑިއާތަކުން ބުނީ ކުރީގެ ފިލްމުތައް އަލުން ހެދުމަކީ ރިތިކް އެހާ ގަޔާވާކަމެއް ނޫން ކަމަށާއި އެފަދަ ފިލްމުތައް ވެސް ކުޅެން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ރިމެކަކަށް ކުޅުނީ އަމީތާބް ބައްޗަން 1990 ގައި ކުޅުނު "އަގްނީޕަތު" އެވެ. އެއީ ހަމަ އެ ނަމުގައި 2012 ގައި ނެރުނު ފިލްމެވެ.
ރިތިކާއި ރާކޭޝް.
އެ ފިލްމު ރިތިކް އޭރު ގަބޫލުކުރީ އަމީތާބް ކުޅުނު ރޯލެއް ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ކަމަށްވެ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަމީތާބްގެ އެހެން ފިލްމެއްގެ ރިމެކެއް ވެސް ރިތިކަށް ހުށަހެޅި އެވެ. އެކަމަކު ދެވަނަ ފަހަރަކަށް އަމީތާބް ކުޅުނު ކެރެކްޓާއެއް ކުޅެން ބޭނުންނުވުމުން އެ ފިލްމު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެ ފިލްމަކީ ޑައިރެކްޓަރު ފަރާ ޚާން ހަދަން އުޅޭ ކަމަށް ބުނާ 1982 ގެ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެވެ. އެ ރިމެކާ ބެހޭ ވާހަކަތައް ތަކުރާރުކޮށް މީޑިއާތަކުން ދެއްކި ނަމަވެސް އެކަން މިހާތަނަށް ކަށަވަރެއްނުވެ އެވެ.
ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" އެވެ. އެ ފިލްމަށް ފަހު، އޭނާ ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4" އަކީ ރިތިކްގެ ކުރިއަށް އޮތް ފިލްމެކެވެ.
އޯމް އަދި ރިތިކް.
ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ ކުރީކޮޅު އަޖޭ ދޭވްގަންގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތުގެ ފިލްމެއް މިހާރު ވަނީ ރިތިކަށް ހުށަހަޅައިފަ އެވެ. އެކަމާ ބެހޭ ގޮތުން އޯމް ބުނީ ރިތިކަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި ފިލްމެއްގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ މީހުން ވާހަކަތަކެއް ދައްކަމުން އަންނަ ކަމަށެވެ.
ދާދި ފަހުން އޯމްގެ ފިލްމަކަށް ޒުވާން އެކްޓަރު ކާތިކް އާރިޔަން ވަނީ ސޮއިކޮށްފަ އެވެ.
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ
"ފައިޓާ"އަށް ތިން ދުވަސް ތެރޭގައި ރަނގަޅު އާމްދަނީ
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
ރިތިކްގެ "ވޯ 2" އަޅުވާނީ 2025 ގައި
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
"އެނިމަލް"ގެ ޑައިރެކްޓަރު ދެން ގެނެސްދެނީ "ސްޕިރިޓް"
ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ: ކާތިކް
އަންނަ އަހަރު ބޮލީވުޑްގެ ފިލްމެއް ކުޅެން: ޕްރިޔަންކާ
އަޖޭގެ ފިލްމެއްގެ ވިލަންގެ ރޯލު ރިތިކް ކުޅެނީ
"އެއިތުރާޒް 2"ގައި ޕްރިޔަންކާ ނޫޅޭނެ