ސިންގަޕޫރު އެއާލައިން މެދުވެރިކޮށް އެއާ ކާގޯ ފްލައިޓެއް ބާއްވަން، ޝިޕިން އަދި ލޮޖިސްޓިކްސް މަސައްކަތްތަކުގައި މަޝްހޫރު ސެންޗޫރިއަން ކުންފުނިން މަސައްކަތް ފަށައިފި އެވެ.
03 މެއި 2020
ސިންގަޕޫރު އެއާލައިން މެދުވެރިކޮށް އެއާ ކާގޯ ފްލައިޓެއް ބާއްވަން، ޝިޕިން އަދި ލޮޖިސްޓިކްސް މަސައްކަތްތަކުގައި މަޝްހޫރު ސެންޗޫރިއަން ކުންފުނިން މަސައްކަތް ފަށައިފި އެވެ.
ސެންޗޫރިއަން ޕަބްލިކް ލިމިޑެޓް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުނި، ސެންޗޫރިއަން އެއާ އިން މި ދަތުރު ޝެޑިއުލްކުރަން ރާވާފައިވަނީ މި މަހުގެ މެދުތެރޭގަ އެވެ. ސެންޗޫރިއަންގެ މައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަމީލް ވިދާޅުވީ، ސިންގަޕޫރާއި މާލެއާ ދެމެދު ދަތުރެއް ބާއްވަން ނިންމީ، އެ ކުންފުނީގެ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެ ކުންފުންޏާ ގުޅައިގެން ކަންކަން އިންތިޒާމު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އެންމެ ޑިމާންޑް އޮތީ މެޑިކަލް ގިނަ ސާމާނުތައް ގެނައުމަށާއި ޖެނެރަލް ގުޑްސް ނެގައުމަށް،" އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވީ، ސިންގަޕޫރުން ތަކެތި ގެންނަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ހުޅުވައިލެވިފައިވާ އިރު، ޑިމާންޑް އޮތް ވަރަކަށް ބަލައި އިތުރު ފްލައިޓްތައް ބާއްވާނެ ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ، މިދިޔަ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް ސެންޗޫރިއަން އެއާ އިން އައީ، ސިންގަޕޫރު އެއާލައިން މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުންނެވެ. ނަމަވެސް މިހާރު އެ ކުންފުނި މެދުވެރިކޮށް މުދާ އެކްސްޕޯޓުކުރުން އެއްކޮށް ވަނީ ހުއްޓާލައިފަ އެވެ. އެއާ ކާގޯ މެދުވެރިކޮށް އެ ކުންފުނިން މީގެ ކުރިން މުދާ އެކްސްޕޯޓުކުރި ނަމަވެސް އެއާ ކާގޯ މެދުވެރިކޮށް މުދާ އިމްޕޯޓުކުރާ މިއީ ފުރަތަމަ ފަހަރެވެ.
ސެންޗޫރިއަން އަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކަނޑުމަގުން ވެސް މުދާ އެތެރެކުރާ ކުންފުންޏެވެ. ކޮވިޑް-19 ފެތުރެން ފެށި ފަހުން ވެސް ކަނޑުމަގުން މުދާ އެތެރެ ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.
ސިންގަޕޯ އެއާލައިންގެ އޮފާތައް އަންނަ މަހުގެ ނިޔަލަށް
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އެސްކިއު ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ
އެމްޕީއެލް އިން 'ސީ ޓު އެއާ' ފަށަން ސޮއިކޮށްފި
ސިންގަޕޫރުގެ ބަދަލަކާ އެކު އެއާ ޓިކެޓް އަގު ބޮޑުވެދާނެ
"ރައީސްގެ ތަސައްވުރަކީ ޓްރޭޑް ޑެފިސިޓު ހައްލުކުރުން"
ދެ ގުނަ ބޮޑުކޮށް ވީއައިއޭ އާ ކާގޯ ޓާމިނަލް ހުޅުވައިިފި
ސިންގަޕޯ އެއާލައިނުން ފަސިންޖަރުންނަށް ވައިފައި ދެނީ
މޯލްޑިވިއަންގެ ކާގޯ ސިސްޓަމް އޮޓަމޭޓް ކޮށްފި