01 މެއި 2020
ރާއްޖެ އަށް ކޮވިޑް-19 ފެތުރި އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ އެކު، މަސައްކަތްތެރިންގެ ވަޒީފާ ގެއްލޭ މިވަގުތު، ޒަރޫރީ ބޭނުންތަކަށް ސަރުކާރަށް ކޮންމެ މަހަކު ދައްކާ ފީތައް ކަނޑައިލުމަށް އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.
ރާއްޖެ އަށް ކޮވިޑް-19 ފެތުރި އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ އެކު، މަސައްކަތްތެރިންގެ ވަޒީފާ ގެއްލޭ މިވަގުތު، ޒަރޫރީ ބޭނުންތަކަށް ސަރުކާރަށް ކޮންމެ މަހަކު ދައްކާ ފީތައް ކަނޑައިލުމަށް އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން، ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ، މުވައްޒަފުން ވަޒީފާ އަދާކުރާ ތަންތަނަށް ސަރުކާރުން އެހީތެރިވެދީ، އެ މީހުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދީ، ލިބޭ އެއްވެސް އެއްޗެއް އުނި ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އަދި ސަރުކާރު މުވައްޒަފުންނާއި އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި ދުވަހު މަސައްކަތުން ދިރިއުޅުމުގެ ކަންތައް ހަމަޖައްސަމުން ގެންދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ދުނިޔެ އަށް ދިމާވެފައިވާ މި ބަލިމަޑުކަމާ ގުލިގެން އެތައް މަސައްކަތްތެރިންގެ ވަޒީފާ ގެއްލި، ބައެއް މީހުންގެ މުސާރަ އާއި އިނާޔާތްތަކުން ބައެއް އުނިކުރަމުންދާ ކަމަށެވެ. އެހެންވެ، މި ހާލަތުގައި، މަސައްކަތްތެރިންނަށް އެހީވުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރާއްޖެ އަށް ދޭ ހިލޭ އެހީ އާއި ލޯނުތަކުން ލިބޭ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހޭނެ އެވެ.
"ސަރުކާރުން ކުރަމުން އަންނަ އެންމެހާ ބޭކާރު ހަރަދުތައް މިހާރުން މިހާރަށް ހުއްޓާލުމާ އެކު، މަސައްކަތްތެރިންނަށް ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަތުމަށްޓަކައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ރައްޔިތުން މަހުން މަހަށް ސަރުކާރަށް ދައްކަން ޖެހޭފީތައް މި ވަގުތައް މެދުކަނޑާލަން މި ފުރުސަތުގައި ގޮވާލަން،" އެ ނޫސްބަޔާނުގައި އިދިކޮޅުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ، ސްކޫލްތަކުގެ ފީ މިވަގުތަށް ކަނޑާލުމަށް ވެސް ސަރުކާރުން މަޝްވަރާކޮށް، އެ ކަމުގައި އެހީތެރިވުމަކީ ވެސް ރައްޔިތުންނަށްޓަކައި ކޮށްދެވިދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ވެސް ގައުމު ނަގައި، ކޮޅަށް ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ބަޔަކީ މަސައްކަތްތެރިން ކަމަށް ވާތީ އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ކޯލިޝަނުން ބުނެ އެވެ
މި ސިއްހީ ކާރިސާ އިން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން، ކެތްތެރިކަމާ އެކު، އެ މީހަކަށް ކުރެވުނު ކަމެއް ކުރުމަށް ވެސް އިދިކޮޅުން ނަސޭހަތްތެރިވި އެވެ.
"ކޯވިޑް-19 އިން ގައުމު ސަލާމަތް ކުރުމުގައި އެބައެއްގެ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ތިބެ، އެންމެ އިސްސަފުގައި މަސައްކަތް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތެރިންނަށް ހައްގު ޝުކުރު މި ފުރުސަތުގައި ވެސް އަދާކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
މަސައްކަތްތެރިންނަށްވީ ވައުދުފުއްދަން ގޮވާލަން: އިދިކޮޅު
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
އައްޑޫގައި ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު
ކޮވިޑް-19: ސަރުކާރަށް އެއްބާރުލުން ލިބޭނެ: އިދިކޮޅު
އިންތިހާބު ފަސްކުރަނީ ސަރުކާރު/ އީސީ ގުޅިގެން:އިދިކޮޅު
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ޔާމީން އެކަހެރި ކުރަނީ ހޯދާނެ ކާމިޔާބީއަށް ޖެހިލުންވާތީ
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް