14 އޮކްޓޯބަރ 2016
ރ. ކުޑަފުށީގައި ތަރައްގީކުރާ ރިސޯޓް 107 ވިލާއާ އެކު އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރ. ކުޑަފުށީގައި ތަރައްގީކުރާ ރިސޯޓް 107 ވިލާއާ އެކު އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި ރ. އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.
ސީ ޕްލޭންގައި މާލެއިން ފުރައިގެން 45 މިނެޓުން ދެވޭ ރަށް ހުޅުވާއިރު 40 ބީޗް ވިލާ އާއި 32 ބީޗް ޕޫލް ވިލާ އާއި 24 ވޯޓާ ވިލާ އާއި ދިހަ ވޯޓާ ޕޫލް ވިލާ އަދި ޕްރެސިޑެންޝަލް ސުއިޓެއް ވެސް ހިމެނެ އެވެ.
އެ ރިސޯޓާ ބެހޭ ގޮތުން ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އެރަށުގެ ވިލާތައް ހަދާފައި ވަނީ ދިވެހި ވަންތަކަން ދައްކައިދޭ ގޮތަށް އެންމެ މަތީ ފެންވަރުގައި ކަމަށެވެ. އަދި ކުޑަފުށީގައި ވޯޓާ ސްޕޯޓްސް އާއި ޑައިވިން އަދި ސްޕާގެ އިތުރުން އެންމެ މަތީފެންވަރުގައި ކެއިންބުއިމުގެ ހިދުމަތް ލިބޭ ރެސްޓޯރަންޓް ފަދަ ތަންތަން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރ. މީދޫ ކައިރީގައި އޮންނަ ކުޑަފުށި ހުޅުވުމަށް އެކި މަގާމްތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސިލްވާ ޑްރިފްޓް މޯލްޑިވްސް އިން ހިންގާ އެ ރަށް ހިންގާ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ އެ ރިސޯޓުގެ އެކި މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އިއުލާނުކުރަނީ
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ