26 އެޕްރީލް 2020
މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއް އެޗްޕީއޭ އިން ބަންދުކޮށްފި އެވެ.
މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއް އެޗްޕީއޭ އިން ބަންދުކޮށްފި އެވެ.
އެޗްޕީއޭގެ މޮނިޓަރިން ލިސްޓަށް ލާފައި ވަނީ ހއ. އަތޮޅުން ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދު އާއި ށ. ފުނަދު އާއި ށ. މިލަންދު އާއި ށ. ފީވަކާއި ށ. މާއުގޫނދު އާއި ނ. ވެލިދު އާއި ހޮޅުދު އާއި ނ. މާފަރާއި ނ. މިލަދު އާއި ނ. ކެނދިކުޅުދު އާއި ނ. ހެނބަދޫ އެވެ.
covid19.health.gov.mv
އެޗްޕީއޭގެ މޮނިޓަރިން ލިސްޓު
މި 13 ރަށް މިވަގުތަށް ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މާލެ އިން ފުރައިގެން އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގައި 98 މީހަކު ދަތުރުކޮށްފައިވާ ކަމަށާއި އެ ބޯޓުގެ ކެޕްޓަނާ ގުޅުން ހުރި 50 މީހަކު ހޯދާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވެ އެވެ.
ކެޕްޓަނާ ގުޅުން ހުރި މީހުން އެޗްޕީއޭ އަށް ނޭނގުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. އެހެންވެ، އޭނާއާ ކޮންޓެކްޓް ވެފައިވާ މީހެއް ނަމަ އެޗްޕީއޭ އަށް އަމިއްލަ އަށް އަންގަން ވެސް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް މި މަހުގެ 21 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު، އެ ރަށް ލޮކްޑައުން ކުރަން ނިންމީ ތިން ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތަށް އިތުރު ހަތް ދުވަސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ސިޓީ އަށް އިއުލާންކޮށްފައި ލޮކްޑައުން ނިމޭނީ އަންނަ ބުރާސްފަތި ދުވަހެވެ.
ލޮކްޑައުން މުއްދަތުގައި ޑެލިވަރީ ފާސް ދޫކުރުމާއި މަސައްކަތަށް ނުކުންނަން ޖެހޭ މީހުންނަށް ފާސް ދޫކުރުމުގެ މަސައްކަތް ޓާސްކް ފޯހުން ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްލަތީފް ވިދާޅުވި އެވެ. އަދި ލޮކްޑައުންއާ ހިލާފަށް އަމަލުކުރި ފަސް މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުގެ ތެރެއިން އެކަކުގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާއެއް އަދި ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން މިހާތަނަށް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ނަމަވެސް އަމާޒު ދޯނީގެ މައްސަލައާ ގުޅިގެން ރަށްރަށަށް ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑު ކަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ރަށްރަށަށް ދަތުރުކުރި މީހުން، އަމިއްލައަށް އިސްނަގައިގެން ގައިދުރުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.
ކުޅުދުއްފުށީގެ ލޮކްޑައުން އަނެއްކާވެސްް އިތުރުކޮށްފި
ކުޅުދުއްފުށީގެ ލޮކްޑައުނަށް އަނެއްކާ ވެސް ހަތް ދުވަސް
ކުޅުދުއްފުއްޓަށް ބަޔަކު ފޮނުވީ ކައުންސިލަށް އަންގާފައި
ކުޅުދުއްފުށީގައި ލޮކްޑައުން ހަތް ދުވަސް އިތުރުކޮށްފި
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް
ކުޅުދުއްފުށި ބަލިކޮށް ދިއްދޫ އެއްވަނައަށް ޖެހިލައިފި
އުތުރު ލީގުގައި ޒިމްޔާނާއި ނާޝިދަށް ހެޓްރިކް
ހަތް ރަށެއްގައި 770 ފްލެޓް އަޅަން ބަޔަކު ހޯދަނީ