22 އެޕްރީލް 2020
ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގައި ދިވެހިންނާއި ބިދޭސީންނާ ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގައި ދިވެހިންނާއި ބިދޭސީންނާ ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި އިންޑިއާގެ ރައްޔިތުން ވެސް ހިމެނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 100 ޓަނުގެ މުދާ ހަދިޔާ ކުރަން މާލެ ޕޯޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ބާރަށް ފެތުރިގެން ގޮސްފައިވާއިރު އޭގެ ޝިކާރައަކަށް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ވެސް ވެފައިވާ ކަމަށެވެ. އެކަމަކު އެ ބަލިން ރައްކާތެރިކޮށް ދިނުމާއި ބޭސްފަރުވާ ފޯރުކޮށް ދިނުމުގައި އެއްވެސް ގައުމެއްގެ މީހަކަށް ސަރުކާރުން ތަފާތު ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އެންމެ ފުރިހަމަ ރައްކާތެރި ކަމާއި އެކަށީގެންވާ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ތަފާތެއް ނުކުރާނަން ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތުން އަދި އެހެން ގައުމެއްގެ ރައްޔިތުންނަށް ވެސް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަށް ބަންގްލަދޭޝްގެ އިން ދިން އެހީ އިން ހާމަވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށާއި އެ ގައުމުން އެކި ގޮތްގޮތުން ވޭތުވެދިޔަ ދެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފޯރުކޮޮށްދިން އެހީގެ ސަބަބުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްދިނުމާއި ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ ފޮނުވައި ދިން ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
ބަންގްލަދޭޝް އިން ދެމުން އަންނަ އެހީތަކަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި ފޮރިން މިނިސްޓަރު އަބްދުލްކަލާމް މޮމެން އާއި އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ޝުކުރު އަދާ ކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި ރާއްޖެ ގެނައި 100 ޓަނުގެ މުދަލުގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނު ފަދަ ތަކެއްޗެވެ.
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ
ރާއްޖެ-ބަންގްލަދޭޝް އެއްބަސްވުމަކާއި އެމްއޯޔޫތަކެއް
ރާއްޖެއަށް އެމެރިކާއިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި
ޝާހިދަށް ހުއްދަ ދިނީ ދައުލަތުގެ ޒިންމާއެއް އަދާކުރަން
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން 6 ވަނަ މީހަކު މަރުވެއްޖެ