މާލެއިން ކޮވިޑް-19 އަށް ރެއިން ފެށިގެން މިހާތަނަށް ޕޮޒިޓިވް ވި 17 މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 800 އަށް ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
21 އެޕްރީލް 2020
މާލެއިން ކޮވިޑް-19 އަށް ރެއިން ފެށިގެން މިހާތަނަށް ޕޮޒިޓިވް ވި 17 މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 800 އަށް ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި މީޑިއާ ބްރީިފިން ގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ކޭސް 76 އާއި 77 އަދި 78އާ ގުޅުން ހުރި ކޮންޓެކްޓްްތަކުގެ ދެ ހަބެއް ހޯދިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ހަބުގައި 50 އަދި އަނެއް ހަބްގައި 640 މީހުން ހިމެނޭ ކަމަށެވެ.
އެ ހަބްތަކުން އެހާ ގިނަ ކޮންޓެކްޓް މިހާތަނަށް ފެނިފައި ވާތީ އެ ހަބްތައް ވަރަށް އަދި ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި ބޮޑު ދެ ހަބްގެ އިތުރުން އެހެން ކޭސްތަކުގެ ކޮންޓެކްޓްތަކުގެ ގޮތުގައި 189 މީހުން ވަނީ ފެނިފަ އެވެ. އެހެންވީމާ ކޮންޓެކްޓްތަކުގެ ޖުމްލަ އަކީ 871 އެވެ. އޭގެ ތެރެއިން ބައެއް މީހުން ޓެސްޓް ކުރިއިރު ވަނީ ބައްޔަށް ޕޮޒިޓިވް ވެސް ވެފަ އެވެ.
މި އަދަދުތަކާ އެކު ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 84 އެވެ.
- ކޭޭސް 68 (ބަންގްލަދޭޝް މީހެއް) 8 ކޮންޓެކްޓް
- ކޭސް 69 (ސިފައިންގެ މީހެއް) 41 ކޮންޓެކްޓް
- ކޭސް 70-72 ގައި 34 ކޮންޓެކްޓް
- ކޭސް 73 (ދިވެއްސެއް) 4 ކޮންޓެކްޓް
- ކޭސް 74 (އަމީން ހިޔާގައި ދިރިއުޅުނު ބިދޭސީއެއް) ތިން ކޮންޓެކްޓް
-ކޭސް 76، 77،78 ދެ ހަބްގައި 50 މީހުން އަދި 640 މީހުން
ކޭސް 80 (ބޭންކް އޮފް ސިލޯން އާ ގުޅިފައި)، 14 ކޮންްޓެކްޓް
- ކޭސް 81 ގައި 20 ކޮންޓެކްޓް
ކޭސް-83 ( ބަންގްލަދޭޝް މީހެއް) -15 ކޮންޓެކްޓްސް
ކޭސް-84 -4 ކޮންޓެކްޓް
މިހާރު ހޯދިފައިވާ ކޮންޓެކްޓްތަކުގެ އަދަދަށް ބަލާއިރު، ކޮވިޑް ކޭސްތަކުގެ ބޮޑު ސާޖެއް އައިސްދާނެ ކަމަށްް ބެލެވެ އެވެ. އެޗްޕީއޭއިން ރޭ ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކުން ދުވާލަކު އެންމެ ގިނަވެގެން ޓެސްޓް ކުރެވެނީ 300 މީހުންނެވެ. އެހެންވީމާ މި އެންމެން ޓެސްޓް ކުރަން ދެ ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ އެވެ.
މާލޭގައި މިހާރު އޮތް ލޮކްޑައުންގެ ހާލަތުގައި ކޭސްތައް ކުއްލިއަކަށް އިތުރު ނުވެ، އިތުރުވާ މިންވަރު ސްޓޭބުލް ވާނެ ކަމަށް ލަފާކުރައްވާ ކަމަށް ޑރ. އަފްޒަލް ކުރިން ވަނީ ވިދާޅުވެފަ އެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ލޮކްޑައުން ރަނގަޅަށް މަސަައްކަތް ކުރާ ކަަމަށް ދެކެވަޑައިގަންނަވަންތޯ "މިހާރު"ން މިރޭ ސުވާލު ކުރުމުން އެނާ ވިދާޅުވީ ލޮކްޑައުން ވަރަށް ބޮޑުތަނުން އިފެކްޓިވް ކަމަށެވެ. މިހާރު ފެންނަ ކޮންޓެކްޓްތައް ގިނަ ވަނީ ގިނަ ބަޔަކު އުޅޭ ތަންތަނާ ގުޅިފައިވާ ކޭސްތައް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ފޮނުވާލަނީ
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
ކޮވިޑަކީ ސިޔާސީކަމެއް ނޫން: އެޗްޕީއޭ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ