ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.
20 އެޕްރީލް 2020
ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގައި ތާށިވެފައި ތިބި 53 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިންގެ އެ ބޯޓުގައި ގެނައި ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން 10 މީހުން ހިމެނޭ ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް އެ ބޯޓުން އައެވެ. އެ ދެ ގައުމުގައި ތިބި ގިނަ ދިވެހިންނަކީ ޑޮޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނާއި އެކި ދާއިރާތަކުން ސްޕެޝަލައިޒްވަމުން އައި ޑޮކްޓަރުންނާއި އިންޓާންސް އެވެ.
އެ އެންމެން ގެނައީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިންނެވެ. ނޭޕާލުގައި ތިބި ދިވެހިންނާއި ބަންގްލަދޭޝްގެ އެކި ސިޓީތަކުގައި ދިރިއުޅެމުން ދިޔަ ދިވެހިން، ޑާކާއަށް ގެންދަން ވޭތުވެ ދިޔަ ދެ ދުވަހު ބަންގްލަދޭޝް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެ ގައުމުގައި ތިބި ދަރިވަރުންނަށް ރާއްޖެ ނާދެވުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ގައުމު ލޮކްޑައުންކޮށް ބޯޑަރުތައް ބަންދުކުރުމުންނެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމާ ގުޅޭ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޫމިންއާާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ފޯނުން މަޝްވަރާކުރެއްވި އެވެ. ރާއްޖެ އައި ބޯޓުން ވަނީ ބަންގްލަދޭޝްގެ 70 ރައްޔިތަކު އަނބުރާ ގެންދަން ނިންމައިފަ އެވެ.
ބަންގްލަދޭޝް އިން ވަނީ 100 ޓަނުގެ ހިލޭ އެހީ ވެސް ރާއްޖެއަށް ހަދިޔާކުރަން ނިންމައިފަ އެވެ. ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ބޭހުގެ ބާވަތްތައް ވެސް އެ އެހީގެ ތެރޭގައި ހިމެނެ އެވެ. އެހީގެ ތަކެތި ހިފައިގެން އަންނަ މަނަވަރު މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެންނަނީ
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ
ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި
ބަންގްލަދޭޝްގެ މީހުން ގެންދިއުމުގެ އެހީއަށް އެދިއްޖެ
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި