20 އެޕްރީލް 2020
ވޭތުވެދިޔަ 21 އަހަރު ތެރޭ ނުދާ ވަރަށް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވެއްޓިއްޖެ އެވެ.
ވޭތުވެދިޔަ 21 އަހަރު ތެރޭ ނުދާ ވަރަށް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވެއްޓިއްޖެ އެވެ.
މިއީ 1999 ވަނަ އަހަރަށް ފަހު ތެލުގެ އަގު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ. މިއާ އެކު ތެޔޮ ފީފާގެ އަގު ވަނީ 14.99 ޑޮލަރަށް ދަށްވެފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ތެޔޮ ފީފާ އެއްގެ އަގު ހުރީ، 50 ޑޮލަރުގަ އެވެ. އެހެން ކަމުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު މިވަނީ 30 ޕަސެންޓަށް ދަށްވެފަ އެވެ.
އެންމެ ފަހުން ތެލުގެ އަގު އެހާ ބޮޑަށް ދަށްވި 1999 ވަނަ އަހަރު ތެޔޮ ފީފާއެއްގެ އަގު ވަނީ 16 ޑޮލަރަށް ވެއްޓިފަ އެވެ. މިގޮތަށް ދިމާވެފައި ވަނީ އެ އަހަރު ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްއާ ގުޅިގެންނެވެ. އެހެން ނަމަވެސް 2000 ވަނަ އަހަރު އަނެއްކާ ވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 35 ޑޮލަރަށް އަރައިފަ އެވެ.
މިދިޔަ ހަފްތާގައި ވީޑިއޯ ކޮންފަރެންސްގެ ޒަރީއާ އިން އޯޕެކްގެ ގައުމުތަކުގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ނިންމައިފަ އެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ. މިއީ މިހާތަނަށް ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން ދަށްކުރަން ނިންމި ފުރުތަމަ ފަހަރެވެ.
މި އެއްބަސްވުމާ އެކު އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް އުފައްދާނީ 9.7 މިލިއަން ފީފާގެ ތެލެވެ. މި ނިންމުމަށް ޖޫން 30 ގެ ނިޔަލަށް އަމަލު ކުރުމަށް ނިންމައިފައިވާއިރު ޖުލައި 1 އިން ފެށިގެން ޑިސެމްބަރުގެ ނިޔަަލަށް 7.7 މިލިއަން ފީފާ އަށް ދަށް ކުރާނެ އެވެ. އަދި އަންނަ އަހަރު ވެސް އެކި އަދަދުތަކުން ތެޔޮ އުފެއްދުން ދަށް ކުރުމަށް ވަނީ ނިންމައިފަ އެވެ.
ތެޔޮ އުފައްދާ މިންވަރު ސައޫދީން އިތުރުކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 98ޑޮލަރަށް ވެއްޓިއްޖެ
ތެލުގެ އަގު ބޮޑުތަނުން ދަށަށް
7 އަހަރަށްފަހު ތެލުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް
ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް ދަށްކުރަނީ
ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވެ އަގު މައްޗަށް
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
އަގު ކޮންޓްރޯލްކުރާ ގައުމަކަށް ތެލެއް ނުވިއްކާނަން
އޯޕެކްގެ ނިންމުންތައް ސިޔާސީ ކަންކަމާ ދުރުވާނެ: ސައޫދީ