18 ޖެނުއަރީ 2022
ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ އަގު ނުއުފުލޭ ވަރަށް އުފުލިއްޖެ އެވެ.
ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ އަގު ނުއުފުލޭ ވަރަށް އުފުލިއްޖެ އެވެ.
ދުނިޔޭގެ ބާޒާރުގައި އިއްޔެއާ ހަމައަށް ތެލުގެ އަގު ވަނީ ފީފާއެއް 86.71 ޑޮލަރު (1،337ރ.) އަށް އަރައިފަ އެވެ. މިއީ މި އަހަރު ފެށުނު ހުރި އަގާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެއީ ފީފާއެއް 85 ޑޮލަރު (1،310ރ.) އެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 80 ޑޮލަރަށް ވެއްޓިފަ އެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތައް ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އަހަރު ނިމޭއިރު ފީފާއެއްގެ އަގު 125 ޑޮލަރަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު އަންނަ އަހަރު ފެށޭއިރު ފީފާއެއްގެ އަގު ހުންނާނީ 150 ޑޮލަރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ތެލުގެ އަގު އެހާ ބޮޑަށް އުފުލިފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޑިއަޅާލި ދުނިޔޭގެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކުއްލިއަކަށް ތެލަށް އޮތް ޑިމާންޑް އިތުރުވުމުންނެވެ. މިކަމަށް ހައްލު ހޯދަން މިދިޔަ ހަފްތާގައި އޮޕެކް އިން ވަނީ ދުވާލަކު އިތުރު ހަތަރު ލައްކަ ތެޔޮ ފީފާ އުފައްދަން ނިންމައިފަ އެވެ.
އޮޕެކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ތެޔޮ ފީފާގެ އަގު އެވްރެޖްކޮށް އުޅުނީ 69 ޑޮލަރުގަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލުގެ އަގު އުފުލޭނެ ކަމަށް ބެލެވެ އެވެ.
ތެޔޮ އުފައްދާ މިންވަރު ސައޫދީން އިތުރުކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 98ޑޮލަރަށް ވެއްޓިއްޖެ
ތެލުގެ އަގު ބޮޑުތަނުން ދަށަށް
21 އަހަރު ތެރޭ ނުދާވަރަށް ތެލުގެ އަގު ވެއްޓިއްޖެ
ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް ދަށްކުރަނީ
ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވެ އަގު މައްޗަށް
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
އަގު ކޮންޓްރޯލްކުރާ ގައުމަކަށް ތެލެއް ނުވިއްކާނަން
އޯޕެކްގެ ނިންމުންތައް ސިޔާސީ ކަންކަމާ ދުރުވާނެ: ސައޫދީ