19 އެޕްރީލް 2020
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ހުރިހާ ދަތުރެއް މެދުކަނޑާލައިފި އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ހުރިހާ ދަތުރެއް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ލޮކްޑައުންގެ ހާލަތު ނިމުނުހާ އަވަހަކަށް ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކޮށް އެކަން ކަސްޓަމަރުންނަށް އަންގަމުން ގެންދާނެ ކަމަށެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، މި ބައްޔާ ގުޅިގެން، މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުުރުތައް ވަނީ ވަރަށް ބޮޑަށް މަދު ވެސް ކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކުރުމާ ގުޅިގެން މޯލްޑިވިއަންގެ އިންޓަނޭޝަނަލް ޝެޑިއުލް ހުރިހާ ދަތުރެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ރާއްޖެއަށް ބޭނުންވާ މުދާ ގެންނާށާއި ބޭރުގައި ތިބި ދިވެހިން އުފުލަން، ހާއްސަ ފްލައިޓްތަކެއް އަންނަނީ ބާއްވަމުންނެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީ "ލޮކްޑައުން"ކޮށްފައިވާތީ އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ލޮކްޑައުންގެ ހާލަތު ނިމުނުހާ އަވަހަކަށް ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކޮށް ކަސްޓަމަރުންނަށް އަންގަމުން ގެންދާނެވާހަކަ ދަންނަވަމެވެ.
— Maldivian (@MaldivianAero) April 19, 2020
މޯލްޑިވިއަން ޓްވީޓް
މާލެ ލޮކްޑައުންކުރުމާ އެކު މާލެއިން މީހުން ފޭބުމާއި މާލެއަށް މީހުން އައުން ވެސް މަނަ އެވެ. އެހެންކަމުން ހާއްސަ ހާލަތެއްގައި ނޫނީ އާންމު އެހެން ދަތުރުފަތުރު ވެސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މާލެ ލޮކްޑައުން ކޮށްފައިވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމުންނެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރައިފަ އެވެ.
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ