16 އެޕްރީލް 2023
މޯލްޑިވިއަން އިން ކުރިއަލާ ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ކުރިއަލާ ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، ޑިސްކައުންޓް ޓިކެޓް ނެގޭނީ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށެވެ. މޯލްޑިވިއަން އިން ކޮންމެ ފްލައިޓަކުން 5-10 ޕަސެންޓާ ދެމެދުގެ ސީޓުން ޑިސްކައުންޓް ދޭނެ އެވެ. މޯލްޑިވިއަން އިން ބުނީ މި ހަފްތާ ތެރޭގައި މިގޮތަށް ޓިކެޓް ނެގޭނެ ކަމަށެވެ. މި އަގުތަކުގައި ދަތުރު ކުރަން ފަށާނީ މެއި 1 ވަނަ ދުވަހުން ފެށިގެން ދަތުރު ކުރަން ނަގާ ޓިކެޓުތަކުންނެވެ.
މޯލްޑިވިއަން އިން ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހަށް ޓިކެޓް ނެގޭނެ ގޮތް ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. މީގެ ކުރިން މޯލްޑިވިއަން އިން އެންމެ އަވަހަށް ޓިކެޓް ނެގޭނީ ތިން މަސް ކުރިއާލަ އެވެ.
"އާލީ ބާޑް އޮފާ" ތައް ނުވަތަ ކުރިއާލާ ޓިކެޓް ނަގާފަރާތްތަކަށް އާންމުކޮށް ވެސް އެއާލައިންތަކުން ޑިސްކައުންޓް ދެމުން އާދެ އެވެ. މޯލްޑިވިއަން އިން ބުނީ، އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކުން ޑިސްކައުންޓް ދޭން ފެށީ، ކުރިއާލައި ޓިކެޓް ނެގުމަށް ކަސްޓަމަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ޑިސްކައުންޓް ދިނުމުގައި އޮފް ޕީކް ގަޑިތަކުގަ އާއި ޑިމާންޑް ދަށް މަންޒިލްތަކަށް ޑިސްކައުންޓް ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އަވަހަށް ޓިކެޓް ނަގާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓް އަގުތަކެއް ހަމަޖެއްސި އިރު މިދިޔަ މަހު އެ އެއާލައިން އިން ވަނީ ޓިކެޓް ތަކުގެ އަގު ކާޑެއްދޫ ޓިކެޓުން 180ރ. އަދި އެހެން ހުރިހާ މަންޒިލަކަށް ޓިކެޓަކުން 70ރ. އަގު ބޮޑު ކޮށްފަ އެވެ.
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އާ އިންފްލައިޓް ހިދުމަތްތަކާ އެކު އޭޓީއާރު އައްޑުއަށް
މޯލްޑިވިއަން އިން އޭޓީއާރްގެ ދެ ބޯޓު ގެނެސްފި
މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތައް މެދުކަނޑާލައިފި
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
ކޫއްޑޫއަށް މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލަނީ