18 އެޕްރީލް 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 105 ގައިދީއެއްގެ އަދަބު މިއަދު ލުއިކޮށްދެއްވައިފި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 105 ގައިދީއެއްގެ އަދަބު މިއަދު ލުއިކޮށްދެއްވައިފި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެ ގޮތަށް ނިންމެވީ ރާއްޖެ އަށް ކޮރޯނާވައިރަސްގެ ނުރައްކާ އިންތިހާ އަށް އޮތް އިރު، ބަންދުގައި ތިބޭ މީހުންނާ ގުޅޭ ކަންކަން ކުރާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކަަމަށެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ރައީސް މި ނިންމެވުން ނިންމަވައި، އަދަބު ލުއި ކޮށްދެއްވުމުގައި ބެއްލެވީ، އަބަދު ލުއިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އޭގެ ނަތީޖާ ހާސިލް ކުރެވުނު މިންވަރާއި ސިއްހީ ނުރައްކަލުގެ މި ކުއްލި ހާލަތުގައި އެ ގައިދީން ދިރިއުޅޭނެ ތަންތަނުގެ ހާލަތާއި އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރާއި އެ މީހުން ކޮށްފައިވާ ކުށުގެ ބާވަތާއި ވަށަައިގެންވާ އެހެން ކަންތައްތައް ކަަމަށް މިނިސްޓްރީން ބުނެ އެވެ.
ނޫސްބަޔާން: ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައިފި.
— Home Ministry, MV (@HomeMinistrymv) April 18, 2020
Ministry of Home Affairs https://t.co/3fsiJpnSbe pic.twitter.com/WikgtTiWH2
ހޯމް މިނިސްޓްރީގެ ބަޔާން
ހޯމް މިނިސްޓްރީން 100 އަށް ވުރެ ގިނަ ގައިދީންގެ އަދަބު ލުއިކޮށްދެއްވަން ރައީސް ނިންމެވީ، މިހާލަތުގައި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ދީފައިވާ ލަފަ އާއި އިރުޝާދުގެ މަތިން ކަމަށެވެ. އެގޮތުން، މި ވަގުތު ގައިދީންނާއި ޖަލު އޮފިސަރުންގެ ރައްކާތެރިކަމަށްޓަކައި ޖަލުތަކުގައި ތޮއްޖެހުން ކުޑަ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ރައީސަށް ލަފާ އަރުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ..
ރާއްޖޭގެ ޖަލުތައް ތޮއްޖެހި އެއް ގޮޅީގައި އެ ގޮޅިއެއްގެ ކެޕޭސިޓީ އަށް ވުރެ މާ ގިނައިން މީހުން ތިބިކަން މިދިޔަ އަހަރު ނެރެފައިވާ ޖަލުތަކުގެ ރިޕޯޓުން ވެސް ވަނީ ހާމަވެފަ އެވެ.
ކޮރޯނާވައިރަހުގެ ނުރައްކަލާ ގުޅިގެން، ބައެއް އެހެން ގައުމުތަކުގެ ވެރިން ވެސް ވަނީ ބައެއް ގައިދީންނަށް މާފު ދެއްވައިފަ އެވެ.
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
ރާވައިލެވޭ ޖަލެއް ގެނަޔަސް ބޭނުމެއް ނުކުރޭ: އުމަރު
206 ކުށްވެރިޔަކު ޖަލުން މިނިވަންކޮށްފިން: އިމްރާން