17 އެޕްރީލް 2020
ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ލ. އަތޮޅަށް ދަތުރުކުރި ފްލައިޓެއްގައި އިންކަމުގެ މައުލޫމާތު އެޗްޕީއޭއަށް ދެއްވި ޑޮކްޓަރު. ސާރިއު އަލި ދީދީ އަދާކުރެއްވީ އޭނާގެ ޒިންމާ ކަމަށާއި އެ ޑޮކްޓަރާ މެދު ފަހުރުވެރިވާ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ލ. އަތޮޅަށް ދަތުރުކުރި ފްލައިޓެއްގައި އިންކަމުގެ މައުލޫމާތު އެޗްޕީއޭއަށް ދެއްވި ޑޮކްޓަރު. ސާރިއު އަލި ދީދީ އަދާކުރެއްވީ އޭނާގެ ޒިންމާ ކަމަށާއި އެ ޑޮކްޓަރާ މެދު ފަހުރުވެރިވާ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާ ކޮންޓެކްޓްވި މީހަކު ފްލައިޓްގައި އިން ކަމަށް ބުނެ، ސ. މަރަދު އަށް އުފަން ޑރ. ސާރިއު ދެއްވި މައުލޫމާތާ ގުޅިގެން އެ ފްލައިޓް އެނބުރި އައިސް ޖެއްސީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.
ފްލައިޓްގައި އިން އަންހެންމީހާ ފޯނުން ވާހަކަ ދައްކަމުން ބުނި ކަމަށް ވަނީ، ޕޮޒިޓިވްވި އަންހެންމީހާ އަކީ އޭނާގެ އޮފީހުގެ އަންހެން މުވައްޒަފެއްގެ ފަހަރި ކަމަށާއި އޭނާގެ އޮފީހަށް ވެސް އެ އަންހެން މީހާ ދިޔަ ކަމަށެވެ. އަދި "ތިމަންނަ ދާން ޖެހޭނީ ހޮސްޕިޓަލް"އަށޭ ވެސް ބުނި އޭނާ ކަމަށް، ޑޮކްޓަރުގެ ދިފާއުގައި، ފޭސްބުކްގައި ދިގު ޕޯސްޓެއް ލިއުނު އެހެން ދަތުރުވެރިޔަކު ބުންޏެވެ.
އޭނާ ލިއުނު ގޮތުގައި އަންހެންމީހާ ދެއްކި ހުރިހާ ވާހަކައެއް އޭނާ އަށް އިވުނެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް މޮޅު ކަމެއް ކަމަށް ދޭހަވާ ގޮތަށް ކަމަށާއި، އަދި "މިހާރު މިއިނީ ޓެކްސީގައި ކަމަށް" ވެސް ފޯނުން ވާހަކަ ދައްކަމުން ބުނި ކަމަށް، އެފްބީ ޕޯސްޓްގައިވެ އެވެ.
"މި ދަނީ ހޮސްޕިޓަލް އަށް،" އަންހެން މީހާ ބުނި ކަމަށް، އެ ޕޯސްޓްގައި ލިއުނެވެ.
ފަހަތު ގޮނޑިއެއްގައި އިންނެވި ޑރ. ސާރިއު އެ މައުލޫމާތު ދިނީ އެހެން މީހެއް ކަމަށް ވެ އެވެ. އަދި ޑޮކްޓަރު ވަގުތުން، އޭނާގެ އިސް ޑޮކްޓަރުންނަށް އެންގެވި އެވެ. ބޯޓު އަނބުރައިލީ، ކައްދުއަށް ޖައްސަން ފަސް ވަރަކަށް މިނިޓަށް ވެފައި ހުއްޓާ ކަމަށް ވެ އެވެ.
އެ ދަތުރުވެރިޔާ ލިއުނު ގޮތުގައި، ބޯޓު އަނބުރާލީ އެ މީހާ ދެއްކި ވާހަކައާ ގުޅިގެންތޯ، އަންހެންމީހާ، އެހެން ފަސިންޖަރެއް ކައިރީ އެހި އެވެ. ދެން އޭނާ އުޅުނީ ވާހަކަ އޮޅުވައިލަން ކަމަށް ވެސް، އޭނާ ބުންޏެވެ.
"މި ޑޮކްޓަރު އޭނާގެ ދިފާއުގައި ހަމަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ކުރިމައްޗަށް އަރާ ފޮޓޯ ނެގި އިރު ވެސް އެ މާޔޫސްކަމުގައި ތިބީ އެމީހުންގެ އަނގަ ނެތީމައެއް ނޫނެވެ،" ވީއައިއޭ އަށް އެނބުރި އައިސް، ބައެއް ދަތުރުވެރިންގެ އަމަލްތައް ހުރި ގޮތަށް އިޝާރަތްކޮށް، އެފްބީ ފޯސްޓްގައި ލިއެފައިވެ އެވެ.
ލ. އަތޮޅުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަވަން ދަތުރުކުރެއްވި ޑރ. ސާރިއުގެ ދިފާއުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނީ ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްތެރިން ނަގާ ފިޔަވަޅުތަކާ ގުޅިގެން އެ ބޭފުޅުންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ލ. އަތޮޅަށް ދިޔަ ފްލައިޓުން ޑޮކްޓަރަށް ފުުރައްސާރަކުރި ފަސިންޖަރުންގެ އަމަލު އެސޯސިއޭޝަނުން ވަނީ ކުށްވެރި ވެސް ކޮށްފަ އެވެ.
2/4 މިގޮތުން މިއަދު ލ.އަތޮޅަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް ގައި ކަންކަންވީ ގޮތާއި، އެކަމުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިން ނެގި ވިސްނުންތޫނު ނިންމުމަށް އަޅުގަނޑުމެން އެންމެން ފަޚުރު ވެރިވަމެވެ. އަދި ފްލައިޓް ގައި ތިބި ބައެއް ޕެސެންޖަރުންގެ
— Maldivian Medical Association (MMA) (@mma_mv) April 15, 2020
މަތިންދާ ބޯޓުގައި ދަތުރުކުރާ އިރު ޓެރަރިޒަމްގެ ވާހަކަތަކާއި ބޮމާއި ހަތިޔާރާ ބެހޭ ވާހަކަ ދެއްކުމުން، އެހެން ދަތުރުވެރިން ވަރަށް ސީރިއަސްކޮށް މައްސަލަ ނަގައި، އެބަޔާ ދެކޮޅަށް ފިޔަވަޅު ވެސް އަޅަ އެވެ. ހަމަ އެގޮތަށް މިހާރު ރާއްޖެ ވެސް އޮތް ހާލަތުން، ކޮވިޑް-19 އާ ގުޅޭ ވާހަކަ ދައްކާ އިރު ވެސް ސަމާލުވާން ޖެހެ އެވެ.
މިދިއަ ބުދަދުވަހު މާލެ ލޮކްޑައުންކުރަން އުޅުނު ވަގުތު އެސްޓީއޯ ސުޕަމާޓްގެ ކިއުގައި ހުރި ޑޮކްޓަރަކަށް ދިވެއްސަކު ވަނީ ހަމަލާދީފަ އެވެ. އޭނާ ރުޅިއައީ، ކިއުގައި ހުންނަ އިރު ގައިދުރުކުރަން ޑޮކްޓަރު އިރުޝާދު ދިނުމުންނެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވާން އެދިއްޖެ
ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ
ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް
އެންމެ ގޯސްވިއިރު މި ތިބީ ހުރިހާ ކަމެއް ދޫކޮށްލައިގެން
މާންދޫ ކްލަސްޓާ: ބަލި ޖެހުނު އަދަދު 148 އަށް
ދެއްވަދޫން ފުރި މީހުން ކަރަންޓީނު ވާން އަންގައިފި
ދެއްވަދޫން ލ. އަށް ދިޔަ 4މީހަކަށް ކޮވިޑް ޖެހިއްޖެ
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!
64 ހެލްތު ވޯކަރެއް، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް
ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި