12 އެޕްރީލް 2020
ޑްރާމާ ސިލްސިލާތައް ބެލުމަކީ ދިވެހިންގެ މެދުގައި ވަރަށް ފޯރި ހުންނަ ކަމެކެވެ. މި ފޯރިއެއް އަރައިގަތީ ޑިޝް އާއި ކޭބަލް ޓީވީ ފަދަ ހިދުމަތްތައް 90ގެ ތެރޭގައި ތައާރަފުވާން ފެށުމާ އެކީގަ އެވެ. އޭރު ދިވެހިންގެ ތެރޭގައި އެންމެ ހިނގަނީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ދައްކާ ޑްރާމާ ސިލްސިލާތަކެވެ. ލިސްޓެއް ހަދާ ނަމަ ލިޔާނެ ކިތަންމެ ނަމެއް ވެސް އެބަހުއްޓެވެ.
ޑްރާމާ ސިލްސިލާތައް ބެލުމަކީ ދިވެހިންގެ މެދުގައި ވަރަށް ފޯރި ހުންނަ ކަމެކެވެ. މި ފޯރިއެއް އަރައިގަތީ ޑިޝް އާއި ކޭބަލް ޓީވީ ފަދަ ހިދުމަތްތައް 90ގެ ތެރޭގައި ތައާރަފުވާން ފެށުމާ އެކީގަ އެވެ. އޭރު ދިވެހިންގެ ތެރޭގައި އެންމެ ހިނގަނީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ދައްކާ ޑްރާމާ ސިލްސިލާތަކެވެ. ލިސްޓެއް ހަދާ ނަމަ ލިޔާނެ ކިތަންމެ ނަމެއް ވެސް އެބަހުއްޓެވެ.
އެކަމަކު މި ފަހަރު ދައްކާނީ ދިވެހި ޑްރާމާ ސިލްސިލާތަކުގެ ވާހަކަ އެވެ. ޓީވީއެމުން ވަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެތައް ޑްރާމާ ސިލްސިލާއެއް މީގެ ކުރިން ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު ބައެއް އެއްޗެހީގެ މަތިން ހަނދާން އާކޮށްލާނީ އެވެ. އެއް ބޭނުމަކީ ދިވެހި ޑައިރެކްޓަރުންނާއި ތަރިންގެ އިތުރުން މިފަދަ ޕްރޮޑަކްޝަންތައް ގެނެސްދޭން މަސައްކަތްކުރި ހުރިހާ އެންމެންގެ މަތިން ވެސް ހަނދާން އާކޮށްލުމެވެ.
"ކައްތިރި" އަކީ އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ޓީވީއެމުން ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.
މަރިޔަމް ޝައުގީ އިސްކޮށްހުރެގެން، ބިންމާ އިބްރާހީމް ވަހީދާއި ފާތުމަތު ނަހުލާ ފަދަ މަގުބޫލު ވާހަކަ ލިޔުންތެރިންގެ އެހީއާ އެކު 1999 ގައި ގެނެސްދިން "ކައްތިރި" އަކީ ގެދޮރުގެ ދަތިކަމާއި ޕްލޭންނުކޮށް ދަރިން ހޯދުމާއި އެކަކު އަނެނަކު ރަނގަޅަށް ދަސްނުވެ ކައިވެނިކުރުމާއި އަދި އެ މި ނޫން ވެސް އާއިލީ އެތައް މައްސަލައެއް ގެނެސްދިން ސިލްސިލާއެކެވެ.
"ކައްތިރި" ވެގެން ދިޔައީ އެ ގެނެސްދިން ދުވަސްވަރު ރާއްޖޭގައި އޭރު ތިބި މަޝްހޫރު ވަރަށް ގިނަ ތަރިން ފެނުނު އެއްޗަކަށެވެ. އޭގެ ތެރޭގައި އައިޝަތު ޝިރާނީ އާއި އިސްމާއީލް ވަޖީހާއި ނިއުމާ މުހައްމަދާއި ރީކޯ މޫސާ މަނިކާއި އާރިފާ އިބްރާހީމާއި ޝާކިރުބެ އާއި ޖަމްބު ހަސަން އަފީފާއި ނީނާ ސަލީމާއި އަހުމަދު ގިޔާސް އާއި އައިމިނަތު ރަޝީދާ އާއި އަލީ ޝަމީލް ފަދަ ތަރިން ހިމެނެ އެވެ.
"ހިތި ތަޖުރިބާ" އަކީ އަނެއްކާ ވެސް މަރިޔަމް ޝައުގީގެ މަސައްކަތެކެވެ. މި ސިލްސިލާ އަކީ ދިވެހި ސިނަމާގެ އެންމެ މަގުބޫލު އެއް ބަތަލާއިންގެ ތެރޭގައި ހިމެނުނު ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރުގެ ފެށުމެވެ.
"ހިތި ތަޖުރިބާ" އަކީ ގޭގައި ގެންގުޅެން ގެންނަ އަންހެން ކުއްޖަކާއި ގޭގެ ސާހިބު މީހާއާ ދެމެދު ހިނގާ ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން އާއިލާއަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ސިލްސިލާއެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަހެއްގައި ގެނެސްދިން ސިލްސިލާގެ ކާސްޓުންގެ ތެރޭގައި ޝަމީލާއި އައިންތު އާއި އާރިފާ ހިމެނެ އެވެ. "ހިތި ތަޖުރިބާ" ގެ ވާހަކަ ލިޔެފައި ވަނީ އައިޝަތު ނީނާ އެވެ.
"ރޭޝަމް" އަކީ ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ކުޅުނު އެންމެ މަގުބޫލު ސިލްސިލާ އެވެ. މިއީ މޫސާ ސާއީދުގެ ވާހަކައަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކުރި ސިލްސިލާއެކެވެ.
"ރޭޝަމް" ގެ ޓައިޓްލް ލަވަ އަކީ ޑްރާމާ ގެނެސްދިން ދުވަސްވަރު ވަރަށް މަގުބޫލުވި ލަވައެކެވެ. މި ސިލްސިލާގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަނާއި އައިންތާއި ކަސްޓަމްސްގެ ޑްރާމާތަކުން ކުރިން ފެނުނު އަޝްރަފް ހިމެނެ އެވެ.
ފައްތާހްގެ އަމިއްލަ ވާހަކައަކަށް ގެނެސްދިން "ދޯޕައްޓާ އަކީ ވަރަށް މަގުބޫލުވި ސިލްސިލާއެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މުހައްމަދު ޝާވިނާއި ޖަމްޝީދާ އަހުމަދާއި ނިއުމާ މުހައްމަދެވެ. "ދޯޕައްޓާ" އަކީ 1998 ގައި ގެނެސްދިން ސިލްސިލާއެކެވެ.
މިއީ ވެސް ފައްތާހް ގެނެސްދިން ޑްރާމާ ސިލްސިލާތަކުގެ ތެރެއިން ވަރަށް ވެސް މަގުބޫލުވި ސިލްސިލާއެކެވެ. "އައިޝާ" ގެ ޓައިޓްލް ރޯލް ކުޅުނީ ޖަމްޝީދާ އެވެ. މީގެ ބަތަލަކީ އިސްލާއީމް ހިލްމީ އެވެ.
ބިންމާ އިބްރާހީމް ވަހީދު ހަމަ އެ ނަމުގައި ކުރީގެ "ހަވީރު" ނޫހުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ޑައިރެކްޓަރު ފައްތާހް ގެނެސްދޭން ފެށި "ތިއޭ މި ހިތުގެ ވިންދަކީ" ބެލުންތެރިންގެ ތެރޭގައި ވަރަށް ވެސް މަގުބޫލުވި ސިލްސިލާއެކެވެ.
މީގެ މައިގަނޑު ކާސްޓުންނަކީ ޝީލާ ނަޖީބާއި މުހައްމަދު މަނިކާއި ޒީނަތު އައްބާސް އެވެ.
"ތިއޭ މި ހިތުގެ ވިންދު" އަކީ ގެނެސްދެމުން ދަނިކޮށް، ވަކި ހިސާބަކުން ލިޔުންތެރިޔާ ވެސް ބަދަލުވި ސިލްސިލާއެކެވެ. އެގޮތުން ފަހުން މީގެ ވާހަކަ ލިޔެދިނީ ނީނާ އެވެ.
ފައްތާހް ގެނެސްދިން ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލުވި ސިލްސިލާ އަކީ "ހިނިތުންވެލާށޭ ކަލާ" އެވެ. ދެހާސް ތިނެއްގައި ގެނެސްދިން މި ސިލްސިލާ އަކީ މަހުދީ އަހުމަދުގެ ސްކްރީންްޕްލޭއަކަށް ގެނެސްދިން އެއްޗެކެވެ. ލީޑް ކާސްޓުންނަކީ މަރިޔަމް އަފީފާއި ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) އާއި މަނިކާއި އިބްރާހީމް ޖިހާދު (ޖިމީ) އެވެ.
"ހިނިތުންވެލާށޭ ކަލާ" ގެ ނަމުގައި ވަރަށް މަގުބޫލުވި ޓައިޓްލް ލަވައެއް ވެސް ހިމެނޭ މި ސިލްސިލާ އަކީ ރަށެއްގައި އުޅޭ އަންހެން ދެ އެކުވެރިއެއްގެ ހިތްދަތި ހަޔާތުގެ ވާހަކަ ކިޔައިދިން އެއްޗެކެވެ.
"ކަލާގެ ހައްގުގައި" އަކީ ނަހުލާ ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލުވި އެއް ސިލްސިލާ އެވެ.
ދެހާސް ފަހެއްގައި ގެނެސްދިން މި ސިލްސިލާގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ޖަމްޝީދާ، މަރުހޫމް އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) އަދި ނިއުމާ ހިމެނެ އެވެ.
އާރިފާ 2005 ގައި ޑައިރެކްޓްކުރި "ވައިރޯޅި އަށް ވެސް ސިއްރުން" އަކީ ދިވެހިންގެ ތެރޭގައި އެންމެ ހިނގި އެއް ސިލްސިލާ އެވެ. ޝަރީފާ ފަޙްްރީގެ ވާހަކައަކަށް ގެނެސްދިން މި ސިލްސިލާގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ނިއުމާ އާއި އަހުމަދު އާސިމްގެ އިތުރުން ލުފްޝާން ޝަކީބެވެ.
މި ޑްރާމާތަކުގެ އިތުރުން ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވި ބައެއް ޑްރާމާތަކުގެ ތެރޭގައި ފައްތާހް "މާފުކުރާށާ ކަލާ" އާއި ފާތުމަތު ނަހުލާގެ "ސޫރަ" އާއި "ތިޔަ ލޯތްބަށް އަދިވެސް ގަދަރުކުރަން" އާއި "ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" ގެ އިތުރުން އާރިފާ ގެނެސްދިން "ވަގުތު ފާއިތު ނުވަނީސް" ހިމެނެ އެވެ.
މި ޑްރާމާތަކުގެ މަތިން ހަނދާން އާކޮށްލުމުން ފާހަގަކުރެވޭ އެއް ކަމަކީ ޑްރާމާ ސިލްސިލާތަކުގެ ރޭހުގައި ފައްތާހް ވަރަށް ކުރީގައި އުޅުނު ކަމެވެ. ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ވަނީ 2017 ގައި ގެނެސްދިން "ހައްދު" އާ އެކު ފިލްމީ ދާއިރާ އަށް އަލްވަދާއު ކިޔައިފަ އެވެ.
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް
ސިލްސިލާ "ރޭޝަމް" ބައިސްކޯފަށް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ހަ އަހަރު ފަހުން "4 ހަޅަ" ބައިސްކޯފަށް
ދިވެހި ސިނަމާގެ ސުރުޚީތައް
މި ޑައިރެކްޓަރުން ރޭންކް ކުރާނީ ކިހިނެއް؟
ކުރިއަށް ހުރީ އުންމީދީ ފިލްމުތަކެއް