09 އެޕްރީލް 2020
ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔަކަށް ވާތީ ގަންނަ ބިރުގެ ސަަބަބުން މީހުން ބާކީކޮށް ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ކަންތައްތައް ދާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާތީ އެފަދަ ކަންތައްތައް ނުކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއިއޯސީ) އިން މިރޭ އިލްތިމާސް ކޮށްފި އެވެ.
ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔަކަށް ވާތީ ގަންނަ ބިރުގެ ސަަބަބުން މީހުން ބާކީކޮށް ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ކަންތައްތައް ދާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާތީ އެފަދަ ކަންތައްތައް ނުކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއިއޯސީ) އިން މިރޭ އިލްތިމާސް ކޮށްފި އެވެ.
އެންއީއޯސީން ބާއްވާ ސިލްސިލާ ޕްރެސް ބްރީފިންގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރި ކުރުމަށް ފަހު ދޫކޮށްލާ މީހުންނާއި ފަރުވާދޭ ފަރާތްތަކަށް ވެސް މުޖުތަމައުން ބާކީ ކުރުމުގެ މައްސަަލަތައް ކުރިމަތިވާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ކަންތައްތައްވުމަކީ މީހުންނަށް ނަފްސާނީ ގެއްލުންތައް ލިބި، އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައްޔަަށް ޝައްކު ކުރެވޭ މީހުން، ކޮންމެވެސް ވަރަކަށް ބާކީކޮށް ތަފާތު ކުރެވޭ ގޮތް އެބަ ދިމާވޭ. މިސާލަކަށް އާއިލާގެ ތެރެއިން ވެސް އެ ބޭފުޅުންނަށް، މިސާލަކަށް ބައްޔަށް ޝައްކުކުރެވިގެން ޓެސްޓެއް ހަދައިފިއްޔާ، އެ ދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި (ބަލާ). ނުވަތަ އެ މީހަކު ބައެއް ފަހަރަށް ގެއަށް ވައްދަން ވެސް އުޒުރުވެރިވާ ހިސާބަށް ކަންތައްް ގޮސްފައި ހުރި ކަމަށް އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ،" ޑރ. މުރާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓްކުރާ މީހުންގެ އިތުރުން ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ވެސް އެފަދަ މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފަރުވާ ދިނުމާއި ކޮވިޑްގެ ބަލި މީހުންނަށް އަޅައިލުމުގެ މަސައްކަތުގައި އުޅެފައި އަންނަ މީހުން ގެއަށް ނުވެއްދުން ފަދަ ކަންތައްތައް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހިނގާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.
"ބައްޔަަށް ޝައްކު ކުރެވޭ މީހުން، ކޮންމެވެސް ވަރަކަށް ބާކީކޮށް ތަފާތު ކުރެވޭ ގޮތް އެބަ ދިމާވޭ. މިސާލަކަށް އާއިލާގެ ތެރެއިން ވެސް އެ ބޭފުޅުންނަށް، މިސާލަކަށް ބައްޔަށް ޝައްކުކުރެވިގެން ޓެސްޓެއް ހަދައިފިއްޔާ، އެ ދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި (ބަލާ): ޑރ. މުރާދު
"މިހަލަ މައްސަތައް މިދިމާވަނީ، އަޅުގަނޑުމެން ވެސް ގަބޫލުކުރަން މި ބައްޔަކީ އާ ބައްޔަކަށް ވެފައި، މި ބަލީގެ ފަރުވާއެއް ނެތިފައި، މި ބަލި ފެތުރޭލެއް ބާރުވެފައި، ނުރައްްކާތެރި ބައްޔަކަށް ވާތީކަން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެހުރިހާ ކަމަކާ އެކުގައި ވެސް ކޮވިޑް-19 އިން ރައްކާތެރިވުމާއި ފަރުވާ ކުރުން ފަދަ ކަންކަމާ އެންމެން ގުޅިގެން ކުރިމަތިލާން ޖެހޭ ކަމަށާއި އެހެން ނޫނީ އާއްްމުންގެ ތެރެއަށް ބަލި ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި މިސާލަކަށް ބައްޔަށް ޕޮޒިޓިވްވާ މީހުންނާ މެދު ވެސް އަޅުގަނޑުމެން ކަންތައް ކުރާ އިރު މިގޮތަށް އެ ބޭފުޅުންނާ މެދުގައި ކަންތައް ނުކުރެއްވުން އެއީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެދޭ ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
މާމެންދޫ، ގެމަނަފުށި މޮނިޓަރިންއަށް ލާން ގޮތް ނިންމަނީ
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ