06 އެޕްރީލް 2020
ބިދޭސީން ދިރިއުޅޭ 550 އަށްވުރެ ގިނަ ތަންތަނުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ބިދޭސީން ދިރިއުޅޭ 550 އަށްވުރެ ގިނަ ތަންތަނުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއް އަދި ވިލިމާލޭގެ 51 ތަނެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސިޓީ ކައުންސިލުން ވަނީ ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނުގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ. އެ ފޮޓޯތަކުން، ތޮއްޖެހިފައިވާ ކުޑަ ކުޑަ ކޮޓަރިއެއްގައި ގިނަ ބަޔަކު ދިރިއުޅޭތަން ފެނެ އެވެ.
މާލޭ ސިޓިގައި ދިރިއުޅޭ ބިދޭސިންގެ މައުލޫމާތު އެއްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއް އަދި ވިލިމާލޭގެ 51 ތަނެއްގެ މައުލޫމާތު އެއްކުރެވިފައިވޭ. pic.twitter.com/7ldtzDOjxb
— Male' City Council (@MaleCitymv) April 6, 2020
މާލޭގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު ބަލަން ފެށީ، ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފަތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށެވެ.
އެ ކައުންސިލްގެ އޮފިޝަލަކު ކުރިން ވިދާޅުވީ ބިދޭސީން ދިރިއުޅޭ ތަންތަނާއި ކައްކާ ތަންތަނަށް ގޮސް، އެތަންތަނުގައި ދިރިއުޅޭ އަދި އެ ތަންތަން ބޭނުން ކުރާ މީހުންގެ އަދަދު ބަލާނެ ކަމަށެވެ. އެއީ ރޯގާ ފެތުރިއްޖެ ނަމަ، ތަން ބަންދު ކުރުމާއި ކަރަންޓީނު ކުރާނެ މީހުންގެ އަދަދު ދެނެގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އެއް ކޮޓަރީގައި 50 ބިދޭސީން އުޅޭ ތަންތަން ވެސް މާލޭގައި އެބަހުރި ކަމަށެވެ. އެގޮތުން ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ 200 ވަރަކަށް ތަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި 5،000 ބިދޭސީ މަސައްކަތު މީހުން ހާލަތު ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
ބިދޭސީން ހިންގާ ތަންތަން ހޯދަން ކައުންސިލް ނުކުމެއްޖެ
ގަވައިދާ ހިލާފު ބިދޭސީންނަށް ކައުންސިލުން ވަޒީފާދީފައި!
އިމާރާތް ވެއްޓުނީ ދިރިނޫޅެން އަންގާފައި ވަނިކޮށް
ގަވާއިދާ ހިލާފު ބިދޭސީންނަށް ދެން މަސައްކަތް ނުކުރެވޭނެ
ބާޒާރުމަތީގެ ފިހާރަތަކުގެ ބިދޭސީން މާލެ އިން ބޭރަށް
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ
ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބިދޭސީން ބަދަލުކުރަނީ
މާރުކޭޓް ގޮޅި ސިޔާސީ މީހުންނަށް ނުދީ: ވިޔަފާރިވެރިން
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ