Roadha Mihaaru
ކުޑަކުދިންނަށް "ހެރީ ޕޮޓާ" ހަދިޔާއެއް

ކުޑަކުދިންނަށް "ހެރީ ޕޮޓާ" ހަދިޔާއެއް

03 އެޕްރީލް 2020

"ހެރީ ޕޮޓާ" ގެ ވާހަކަތައް ލިޔެގެން މަހުޖަނަކަށްވި އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން، ކޮރޯނާވައިރަހާ ހެދި ކުޑަކުދިން ގޭގައި ތިބެންޖެހޭތީ ފޫހިފިލުވައިދޭން އޮންލައިން ހަދިޔާއެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ހެރީ ޕޮޓާ" ގެ ވާހަކަތައް ލިޔެގެން މަހުޖަނަކަށްވި އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން، ކޮރޯނާވައިރަހާ ހެދި ކުޑަކުދިން ގޭގައި ތިބެންޖެހޭތީ ފޫހިފިލުވައިދޭން އޮންލައިން ހަދިޔާއެއް ދީފި އެވެ.

ހެރީ ޕޮޓާއާ ގުޅުން ހުރި އެކި ކަންކަން އެކުލެވޭ ގޮތަށް ރޯލިން އާންމުކުރީ އޮންލައިން ޕޯޓަލްއެކެވެ. harrypotterathome.com ގެ ނަމުގައި އާންމުކުރި ޕޯޓަލްގައި ހެރީގެ ޕޮޓާގެ ބައެއް ވާހަކަތަކުގެ ހިލޭ އޯޑިއޯ ބުކާއި ވާހަކަތަކާ ގުޅޭ އެކި ކަހަލަ އަރަތްތަކާއި ވީޑިއޯތަކާއި އަދި އެ ނޫން ވެސް ވަރަށް ގިނަ މެޓީރިއަލްތައް ހިމަނާފައިވެ އެވެ.

މިކަން ޓްވިޓާގައި ހިއްސާކުރަމުން ރޯލިން ބުނީ ލޮކްޑައުންގެ މި ހާލަތުގައި މީގެ ބޭނުން ބެލެނިވެރިންނާއި ޓީޗަރުން ކުދިންނަށް ހިފައިދޭން މަސައްކަތްކުރުން ރަނގަޅު ކަމަށެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ހެރީ ޕޮޓާ" ސީރީޒްގެ ހަތް ވާހަކައެއް 1997-2007 އާ ހަމައަށް ގެނެސްދީފައިވެ އެވެ. އަދި މި ވާހަކަތަކަށް ބިނާކޮށް ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް ވެސް ހަދައިފަ އެވެ.