31 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ޕްރެސް ކޮންފަރެންސްގެ ތެރެއިން މިރޭ ބާއްވާ ކޮންފަރެންސްގައި އިކޮނޮމިކް ރިކަވަރީ ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ޕްރެސް ކޮންފަރެންސްގެ ތެރެއިން މިރޭ ބާއްވާ ކޮންފަރެންސްގައި އިކޮނޮމިކް ރިކަވަރީ ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންނަނީ ކޮންމެ ދުވަހަކު ދެ ފަހަރު ޕްރެސް ކޮންފަރެންސެއް ބާއްވަމުންނެވެ. އެގޮތުން މިރޭ ކޮވިޑް-19 އާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނެ އެވެ. މި ޕްރެސް ކޮންޕަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވް ވަޑައިގަންނަވާނެ އެވެ.
ސަރުކާރުން އިއުލާނު ކުރި އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ލޯނުތައް ހަ މަހަށް ފަސް ކުރުމާއި ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ބޭންކްތައް މެދުވެރިކޮށް ހަމަޖައްސައިދޭ ގޮތަށް އޮތީ ނިންމައިފަ އެވެ. މިކަން ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވެ އެވެ.
މިކަންކަމާ ގުޅިގެން އާންމު އެތައް ބަޔަކު އަންނަނީ އެކި ސުވާލުތައް އުފައްދަމުންނެވެ.
މީގެ ކުރިން މި މަހުގެ 19 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭން އިއުލާނު ކުރެއްވީ، ފިނޭންސް މިނިސްޓަރު އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ގަވަރުނަރު އަލީ ހާޝިމް އެވެ.
އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި އާންމުންނަށް ދޭ ލުއިތަކުގެ އިތުރުން ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އަޅާނެ ފިޔަވަޅުތައް އެމްއެމްއޭއިން ހާމަކޮށްފައި ވެ އެވެ. އެގޮތުން އިގްތިސާދުގައި ފައިސާ ދައުރުވާ ވަރު އިތުރު ކުރުމަށްޓަކައި ބޭންކްތަކަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރިޒާވް ރިކުޔާމެންޓް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ނިންމައިފައިވެ އެވެ.
ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި އާންމުންގެ ތެރޭގައި އަންނަ ނުތަނަވަސް ކަމާ އެކު ޑޮލަރުގެ އަގަށް މި ވަގުތު އަންނަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރު ކުރާނެ އެވެ. އެގޮތުން 150 މިލިއަން ޑޮލަރު ފެސިލިޓީއެއް ބޭންކްތަކަށް މި ދަނޑިވަޅު ދިނުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ. މިކަން ކުރަން ވެސް ނިންމާފައި ވަނީ ބާޒާރުގައި ޑޮލަރު އިތުރު ކުރުމަށެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އިތުރު ހަ ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އަމީރު ވިދާޅުވި އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ބޭރުގެ މާލީ އިދާރާތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވެ އެވެ. މިކަން ކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
"ޑޮލަރާގުޅޭ ފިޔަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި"
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ރިސޯޓުތަކަށް 7 މިލިއަން، ވިޔަފާރިތަކަށް 1 މިލިއަން
ސްޓިމިއުލަސް ޕެކޭޖުތައް އަންނަ ހަފްތާގައި ދޫކުރާނެ
ދިވެހިންގެ ވަޒީފާ، ވިޔަފާރި ހިމާޔަތަށް 2.5 ބިލިއަން
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!