Roadha Mihaaru

ކޮވިޑް-19: މަނާކޮށްފައި ވަނިކޮށް، ރިސޯޓަކަށް ދިޔަ މުވައްޒަފަކު ހައްޔަރުކޮށްފި

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައިފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ އެ ރިސޯޓަށް އެރުމުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

އެންގުމާ ހިލާފަށް ރިސޯޓަށް ދިޔަ މުވައްޒަފަކު ހައްޔަރު
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

21 މާޗް 2020

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައިފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ އެ ރިސޯޓަށް އެރުމުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ޚިލާފަށް އެ ރިސޯޓަށް އެރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި މިރޭ އަށެއް ޖަހާކަންހާއިރު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ރިސޯޓުތަކަށް މީހުން އަރައިފޭބުމާއި އަދި ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް އެރުން ވެސް މި ވަގުތު މަނަލެވެ.

މީގެ ކުރިން، ފުލުހުން ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގެވުމާ ޚިލާފަށް ރިސޯޓުން އެހެން ރަށްތަކަށް ދިޔަ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކޮށްގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

COVID-19: Resort akun filaigen Fuvahmulakah dhiya 2 dhuvessaku  hayyaru koffi

COVID-19: Resort akun filaigen Fuvahmulakah dhiya 2 dhuvessaku hayyaru koffi

The most trusted news source in the Maldives

Mihaaru

ފިލައިގެން ފުވައްމަލަކަށް ދިޔަ ދެ މީހުން ހައްޔަރު ކުރުން

އޭގެ ތެރެއިން ރޭ ފުވައްމުލަކުން ދެ މީހަކު ހައްޔަރުކުރީ މާލެ އަތޮޅުގެ ރިސޯޓަކުން ފިލައިގެން މާލެ އައިސް މަތިންދާބޯޓުގައި ފުވައްމުލަކަށް ދިޔަ ފަހުންނެވެ. އަނެއް މީހާ ހައްޔަރު ކުރީ އައްޑޫ މީދުއާ ޖެހިގެން އޮންނަ ސައުތު ޕާމް ރިސޯޓުން ފަތާފައި މީދު އަށް ދިއުމުން މިދިޔަ އަންގާރަ ދުވަހު އެވެ.