21 މާޗް 2020
ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް، މާލެ ކައިރީގައި އޮންނަ ކުޑަ ބަނޑޮހާއި އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް، މާލެ ކައިރީގައި އޮންނަ ކުޑަ ބަނޑޮހާއި އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި އިތުރު ހަތަރު ރިސޯޓެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ މަލަހިނި ކުޑަބަނޑޮސް، ބިޔާދޫ އައިލެންޑް ރިސޯޓު، ނަކަތް ދިއްގިރި އާއި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.
މި ހަތަރު ރިސޯޓާ އެކު، މިހާރު ރާއްޖޭގައި ހުރި ކަރަންޓީނު ފެސިލިޓީގެ ޖުމްލަ އަދަދު ވަނީ ނުވަ އަކަށް އަރައިފަ އެވެ. މިހާތަނަށް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން އައީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ފަން އައިލެންޑް ރިސޯޓު، ވެލިދޫ އައިލެންޑް ރިސޯޓް، ފަރުކޮޅުފުށި އަދި ކ. ވިލިވަރުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީ އެވެ.
މި ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ވިލިވަރުގައި 28 މީހުން ތިބިއިރު، އެޗްއައިއެޗްގައި 126 މީހުން، ވެލިދޫގައި 16 މީހުން އަދި ފަން އައިލެންޑްގައި 59 މީހުން މިހާރު އެބަތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިތުރަށް ހޯދަމުން އަންނަ ކަރަންޓީން ފެސިލިޓީތަކަކީ ޓުއަރިޒަމް މިނިސްޓްރީ އާއި ޓުއަރިޒަމް އިންޑަސްޓްރީން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ އެވެ.
އެޗްޕީއޭ އިން އަންގާފައިވާ ވަރަށް ކަރަންޓީނު ފެސިލިޓީގެ އެނދު ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކުރަމުން އަންނަ މަސައްކަތަށް ޓުއަރިޒަމް އިންޑަސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިތުރު ކަރަންޓީން ފެސިލިޓީތައް ވެސް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޓުއަރިޒަމް މިނިސްޓަރު ވަނީ ދެއްވާފައި ކަމަށެވެ.
އެޗްޕީއޭ އިން އަންގާފައިވާ ވަރަށް ކަރަންޓީނު ފެސިލިޓީގެ އެނދު ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކުރަމުން އަންނަ މަސައްކަތަށް ޓުއަރިޒަމް އިންޑަސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވި އެވެ.
އަދި މިއިން އެއްވެސް ފެސިލިޓީ އަކީ ސަރުކާރުން އެއްވެސް ފީއެއް ނުވަތަ ކުއްޔެއް ދައްކަން ޖެހޭ ތަންތަނެއް ނޫން ކަން ފާހަގަކުރައްވައި ރިސޯޓުތަކާއި މުޅި އިންޑަސްޓްރީން ވެސް ދެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް މަބްރޫކް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އެ ބޭފުޅުން، އެ ބޭފުޅުންގެ އިސްނެންގެވުމުގެ މަތިން، މި ވަގުތު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކަމެއް އެ ރަށްތައް ހުޅުވާލުމަކީ،" މަބްރޫކް ވިދާޅުވި އެވެ.
އަދި ދައުލަތުގެ ފަރާތުން އެ ތަންތަނުގައި ކުރާ ހަރަދަކަށް ވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ކުރާ ހަރަދުތައް އެކަނި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް ބައްޔަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެ، މިހާރު ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. ނަމަވެސް ރާއްޖެ އަންނަ ޓުއަރިސްޓުން ނޫން އެހެން ހުރިހާ އެންމެން ކަރަންޓީން ކުރަން ނިންމާފައި ވާތީ، އިތުރު ކަރަންޓީން ފެސިލިޓީތައް ބޭނުންވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މީހުން ކަރަންޓީނުކުރަން އިތުރު ދެ ރިސޯޓެއް ނަގައިފި
ކޮވިޑް19: ރަނގަޅުވިތޯ ބަލާނީ 21 ދުވަސް ފަހުން
ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ
ދެ ދިވެހިން ނޫން އެންމެން ރަނގަޅުވެއްޖެ
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ