12 މާޗް 2020
ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ވަގުތު މަދުކޮށްފި އެވެ.
ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ވަގުތު މަދުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓިން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ކަމަށެވެ. މީގެ އިތުރުން ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުގެ ހިދުމަތްދޭ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހާ ހަމަ އަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 6:00 އަށް ހިދުމަތްދޭނެ އެވެ. އަދި މީގެ އިތުރުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ދެ ތަން ބަންދުވާނެ އެވެ.
މީގެ ކުރިން ހަފުތާގެ ކޮންމެ ދުވަހަކު ދަންވަރު 12:00 އާ ހަމަ އަށް އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުން ހިދުމަތްތައް ދެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ބަދަލުތައް ގެނައީ ކޮވިޑް-19 ފެތުރޭތީ، މި ދުވަސްވަރު އެކަކު އަނެކަކާ ބައްދަލުވުން މަދުކުރުމަށް ކަމަށެވެ.
އެ ކުންފުނިން ބުނި ވަގުތަށް ބަދަލު ގެނައި ނަމަވެސް، ވެބްސައިޓާއި އެޕް ބޭނުންކޮށްގެން ޓިކެޓިންގެ ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލު ވުމުން، ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ދޭން ފަށާނެ ކަމަށް ބުންޏެވެ.
ކޮވިޑް-19 ފެތުރެން ފެށުމން އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން ޗައިނާ އަށް ދަތުރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. މިކަމުން ކުންފުންޏަށް މާލީ ގޮތުން އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް އެކުންފުނީގެ މާލީ ހާލަތަށް އައިސްފާ ބަދަލުތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އަށް މީހުން ޕޮޒިޓިވް ވެފައި ވާއިރު ބަލި ހުރެދާނެ ކަމަށް ބެލެވޭ 80 އަށް ވުރެ ގިނަ މީހުން އެކަހެރިކޮށްފައި އެބަތިއްބެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކަށް 100 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ ޖަމިއްޔާ އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ
މޯލްޑިވިއަންގެ ޓިކެޓް ރީފަންޑް އެއް ދުވަސް ތެރޭ ދެނީ
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
މޯލްޑިވިއަން އިން 250 ޖާގައިގެ މަތިންދާބޯޓެއް ހޯދަނީ
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
ޗުއްޓީއަށް މޯލްޑިވިއަންގެ ވަގުތީ ފްލައިޓެއް ގެނެސްފި