ކޮވިޑް-19 އާ ގުޅިގެން ސްޓެލްކޯގެ ކައުންޓަރުތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި މިދުވަސްވަރު އޮންލައިން ހިދުމަތްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.
10 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން ސްޓެލްކޯގެ ކައުންޓަރުތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި މިދުވަސްވަރު އޮންލައިން ހިދުމަތްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނިފައިވުމާ އެކު، އެ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތައް ހޯދަން އޮފީހަށް ދިޔުން މަދުކުރަން ޖެހޭ ކަމަށެވެ. އަދި އޮންލައިންކޮށް ލިބޭ ހިދުމަތްތައް ކަމަށްވާ ބިލް ދެއްކުން ފަދަ ކަންކަމަށް އެ ކުންފުނީގެ ވެބްސައިޓާއި އެޕްލިކޭޝަން ބޭނުން ކުރުމަށް ސްޓެލްކޯ އިން އެދެ އެވެ.
ސްޓެލްކޯ އިން ބުނީ މިފަދަ ހިދުމަތްތައް ބޭނުން ކުރުމަކީ ކަސްޓަމަރުންނަށް ވެސް އަދި އެ ކުންފުންޏަށް ވެސް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެޕްލިކޭޝަން ތައްޔާރުކޮށްފައި ވަނީ ބިލްތަކުގެ ތަފްސީލު ބަލައިލުމާ އެކު ފަސޭހަ އިން ބިލް ދައްކާލެވޭ ގޮތަށް،" ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ އިރު ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.
ކަރަންޓު ބިލްތަކަށް ބައި ބިލިއަން ރުފިޔާ ލިބެން ޖެހޭ
ބިލް ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި
ދިއްފުށި: ސްޓެލްކޯގެ ތާރީހުން ޖާގަ ހޯދި ރަށަކަށް
ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑިދާނެ
ބިލް ބޮޑުކަމަށް ދައްކަނީ ޑިސްކައުންޓް ބިލާ އަޅާކިޔާތީ
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި
އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ
ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް ފެންނާކަށް ނެތް
ކަރަންޓު ކެނޑުނު ސަބަބު ދިރާސާ އެބަކުރަން: ތޯރިގު
ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި