Roadha Mihaaru
ކަރަންޓު ބިލްތަކަށް ބައި ބިލިއަން ރުފިޔާ ލިބެން ޖެހޭ

ކަރަންޓު ބިލްތަކަށް ބައި ބިލިއަން ރުފިޔާ ލިބެން ޖެހޭ: ސްޓެލްކޯ

11 ޖުލައި 2024

ކަރަންޓު ބިލްތަކުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ އެކަމަކު ނުލިބި އެބަހުރި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓު ބިލްތަކުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ އެކަމަކު ނުލިބި އެބަހުރި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެބަހުރި ބައެެއް ގެސްޓް ހައުސްތަކުން އެތައް އަހަރެއް ވަންދެން ފައިސާ ނުދައްކާ،" އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވި އެވެ.

އެއީ އެންމެ ދުވަހަކުން ނުވަތަ ދެ ދުވަހަކުން ކަރަންޓު ބިލްތަކަށް އަރާފައިވާ އަދަދުތަކެއް ނޫން ކަމަށާއި ބިލް ނުދައްކާތާ އެތައް އަހަރެއް ވެފައިވާ ގެސްޓް ހައުސްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

ސްޓެލްކޯ އިން އެ ފައިސާ ހޯދުމަށް ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރުމުން ފަހުމީ ވިދާޅުވީ ފައިސާ ދެއްކުމަށް ސްކީމެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދާ ގޮތަށް ގޮސް ގެސްޓް ހައުސްތަކުން ކަރަންޓު ކަނޑާލުމުން އެއީ ގައުމަށް ލިބޭ ގެއްލުމެއް. އަޅުގަނޑުމެންނަށް ކަރަންޓު ކަނޑާލެވިދާނެ. ގެސްޓް ހައުސް ބަންދުކޮށްލުމުން އެ ގެސްޓުންތައް ފުރައިގެން ދާނެ. އެ ރަށަށް ލިބޭ ޖީއެސްޓީ ނުލިބޭނެ. އެ ރަށަށް އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ވެސް ހުއްޓޭނެ. އަދި އެއީ އަޅުގަނޑުމެންގެ ގައުމަށް ލިބޭ ހަޑި ނަމެއް،" އޭނާ ވިދާޅުވި އެވެ.

ރަށެއްގެ ގެސްޓްހައުސްގައި ޓޫރިސްޓުންތަކެއް.--

ރަށެއްގެ ގެސްޓްހައުސްގައި ޓޫރިސްޓުންތަކެއް.--

އޭގެ ބަދަލުގައި ކުދި ވިޔަފާރިތަކަށް ވެސް ހިތްވަރު ދީ، އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ މަހެއްގެ ބިލާއި ނުދައްކާ ހުރި ބިލްތަކުގެ ފައިސާ ބަހާލައިގެން ދައްކާ ގޮތަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ކަރަންޓު ކަނޑާލިޔަސް އެ ބޭފުޅާ އަށް [ގެސްޓު ހައުސްތަކުގެ ވެރިންނަށް] އެ ކަރަންޓު ބިލްތައް ދެއްކިދާނެތޯ؟ އަޅުގަނޑުމެން ބޭނުންވަނީ އެ ބޭފުޅުން މޭޒުދޮށަށް ގެނެސްގެން އެ ފައިސާ ދެއްކޭނެ ގޮތެއް އޮތްތޯ ބެލުން،" އެމްޑީ ވިދާޅުވި އެވެ.

ތިން ބިލް ނުދެއްކުމުން އާންމު ގެތަކުން ކަރަންޓު ކަނޑާއިރު، ވިޔަފާރިތަކުން ނުކަނޑަނީ ކީއްވެތޯ ސުވާލުކުރުމުން ފަހުމީ ވިދާޅުވީ ވިޔަފާރީ ނިކަމެތިކުރުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

"އަޅުގަނޑުމެން ކަނޑާލަން އެ ތަންތަނުން ބައި ގަޑިއިރަށް ނުވަތަ އެއް ގަޑިއިރަށް. އެ މީހުންނަށް އެކަން އަންގާލަން. ބިލް ނުދެއްކުމުން އެއްކޮށް ކަނޑާލުމުން ދެން އަންނަ އިމްޕެކްޓް ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން ކަރަންޓު ކަނޑާލުމުން ބަނގުރޫޓު ވާނެ އެ ތަންތަން. އެއީ ހަމަ ޔަގީން ކަމެއް،" ފަހުމީ ވިދާޅުވި އެވެ.

އާންމުންގެ ގެތަކުން ކަރަންޓު ކަނޑާލާއިރު، ވެސް އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށާއި އެ އަށް ފަހު ނުދެއްކޭނެ ކަން ޔަގީންވާ ނަމަ ނުވަތަ އެ ގެ އެއްގައި މާބަނޑު މީހުންނާއި ކުޑަކުދިންނާއި މުސްކުޅިން ނުވަތަ ބަލި މީހެއް އުޅޭ ނަމަ ކަރަންޓު ނުކަނޑާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.