Roadha Mihaaru
އަލޯރާގެ އަހަރީ ޕްރޮމޯޝަން ފަށައިފި

އަލޯރާގެ އަހަރީ ޕްރޮމޯޝަން ފަށައިފި

09 މާޗް 2020

ރާއްޖޭގައި ފަރުނީޗަރު ވިއްކުމަށް މަޝްހޫރު އަލޯރާގެ އަހަރީ ޕްރޮމޯޝަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފަރުނީޗަރު ވިއްކުމަށް މަޝްހޫރު އަލޯރާގެ އަހަރީ ޕްރޮމޯޝަން ފަށައިފި އެވެ.

އެލިއާ އިންވެސްޓްމަންޓާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 10-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ސާމާނުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އަލޯރާ އިން ބުންޏެވެ.

އަންނަ މަހުގެ ނިޔަލަށް "އަލޯރާ އެނުއަލް ޕްރޮމޯޝަން 2020" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމަކީ އެލިއާ އިން ވިއްކާ "ޔަމަހާ ފްރީގޯ" ބްރޭންޑްގެ ސައިކަލެކެވެ.

އަލޯރާ ފަރުނީޗަރު ފިހާރައިގެ އެތެރެ--ފޮޓޯ: އަލޯރާ

އަލޯރާ ފަރުނީޗަރު ފިހާރައިގެ އެތެރެ--ފޮޓޯ: އަލޯރާ

އަލޯރާ އިން ބުނީ ކަސްޓަމަރުން ކުރާ ކޮންމެ 5،000ރ. ގެ ވިޔަފާރިއަކަށް 200ރ. ގެ ވައުޗަރެއް، ކޮންމެ 10،000ރ. ގެ ވިޔަފާރި އަކަށް 500ރ. ގެ ވައުޗަރެއް އަދި ކޮންމެ 20،000ރ. ވިޔަފާރިއަކަށް 1،000ރ. ގެ ވައުޗަރެއް ލިބޭނެ ކަމަށެވެ.

މި ވައުޗަރުތައް ބޭނުން ކުރެވޭނީ ޕްރޮމޯޝަން ނިމުމަށް ފަހު، ޖެހިގެން އަންނަ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. އެ ވައުޗަރުތައް ބޭނުންކޮށްގެން އަލޯރާގެ ފިހާރަތަކުން ވެސް ތަކެތި ލިބޭނެ އެވެ.

އަލޯރާ އިން އަންނަނީ ކޮންމެ އަހަރަކު ވެސް މި ޕްރޮމޯޝަން ހިންގަމުންނެވެ. މިދިޔަ އަހަރު ވެސް އެ ޕްރޮމޯޝަނަށް އާންމުންގެ ތަރުހީބު ބޮޑެވެ.