09 މާޗް 2020
ބޮޑެތި ދާ ޖަހައިގެން މަސްވެރިކަންކުރާތީ އިންޑިއާގެ ކަނޑުގެ ކޯމަހުގެ އާބާދީގެ 90 ޕަސެންޓް ދަށްވެފައިވާ ކަމަށާއި މިކަމުގެ އަސަރު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް ސައިންޓިސްޓުންތަކެއް ބުނެފި އެވެ.
ބޮޑެތި ދާ ޖަހައިގެން މަސްވެރިކަންކުރާތީ އިންޑިއާގެ ކަނޑުގެ ކޯމަހުގެ އާބާދީގެ 90 ޕަސެންޓް ދަށްވެފައިވާ ކަމަށާއި މިކަމުގެ އަސަރު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް ސައިންޓިސްޓުންތަކެއް ބުނެފި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްވަބްތާ ސައިންސްވެރިންގެ ޓީމަކުން ކުރިއަށް ގެންދާ މި ދިރާސާއާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ 1980ގެ ފަހުން ކޯމަހުގެ އާބާދީ ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ބޮޑެތި ދާތައް ޖަހައިގެން މަސްވެރިކަން ކުރާތީ، އެފަދަ ދަލުގެ ޝިކާރައައަކަށް، ކޯމަސް ވެ އެ އެއްޗެހީ މަރުވާ ނިސްބަތް މަތިވަމުން ދިއުމެވެ.
ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި މަސްހިފަން ބޭނުންކުރާ ބޮޑެތި ދާތަކަކީ 100 މީޓަރާއި 30 ކިލޯމީޓަރުގެ ބޮޑު ސަރަހައްހަދަށް ފަތުރައިލެވޭ އަދި 5-20 މީޓަރުގެ ފުންމިނަށް ފޮނުވައިލެވޭ އެއްޗެހިކަމުން އެފަދަ ދަލުގައި ކޯމަސް ޖެހި އެއްޗެއްސިއްސަށް ސަލާމަތްވާނެ ފުރުސަތެއް ނުލިބެ އެވެ. އެފަދަ ދާތައް ހަދާއި ހުންނަ ގޮތުން ކުދިކުދި މަސްމަހާމެއްސަށް ދެމިގަތުމުގެ ފުރުސަތު އޮތަސް، ކޯމަހަށް ދާތަކުން ސަލާމަތްވުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުންޏެވެ. އެހެންވެ ފާއިތުވި 40 އަހަރުގެ ތެރޭގައި އިންޑިއާ ކަނޑުން އެތައް މިލިއަން ކޯމަސް މަރުވެފައިވާ ކަމަށާއި ކޯމަހުގެ އާބާދީ އަކީ މިހާރު 13 ޕަސެންޓް ކަމަށް ސައިންސްވެރިން ބުންޏެވެ.
A study of how many dolphins are caught in tuna fishing nets estimates the mammals may now be at just 13 per cent of their numbers prior to 1980.https://t.co/sBiW8PNwI2 pic.twitter.com/7l5fzovT6M
— James Cook Uni (@jcu) February 28, 2020
ދިރާސާ ޓީމުގައި ހިމެނޭ އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވަސިޓީގެ ޑރ. ޕުޓޫ މުޒްޓިކާ ވިދާޅުވި ގޮތުގައި މި ދިސާރާ އަށް އެ މީހުން ވަނީ 1981-2016 އަށް ދާޖަހައިގެން އޮސްޓްރޭލިއާ އާއި އިންޑިއާ އާއި ސްރީ ލަންކާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގައި ނެގި މަސްތަކާ ބެހޭ މައުލޫމާތުތަކެއް އެނަލައިޒްކޮށްފަ އެވެ. އެގޮތުން ފާހަގަކުރެވު މައިގަނޑު ކަމަކީ ކަޅުބިލަ މަސް ނަގަން ދޫކޮށްލާ ދާތަކުގައި ގިނަ އަދަދަކަށް ކޯމަސް ޖެހި، އެ އެއްޗެހި މަރުވެފައިވާ ކަމެވެ.
އެގޮތުން އެންމެ ގިނަ އަދަކަށް ކޯމަސް ދާތަކުގައި ޖެހިފައިވާކަން ފާހަގަކުރެވިފައި ވަނީ 2004-2006 އަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 100،000 އެއްހާ ކޯމަސް ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އަހަރެއްގެ މައްޗަށް އެ އަދަދު 80،000 އަށް ދަށްވެފައިވާ ކަމަށް ވެސް ޕުޓޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންދާޒާ ކުރެވޭ ގޮތުން 1950-2018 އާ ހަމައަށް ދާޖަހައިގެން އިންޑިއާ ކަނޑުން މަސްވެރިކަންކުރުމުގެ ސަބަބުން 4.1 މިލިއަން ކުދި މަސްވެސް މަރުވެފައިވެ އެވެ.
"ދާޖަހައިގެ މަސްވެރިކަންކުރުމަކީ މަނާ ކަމަކަށް ނުވި ނަމަވެސް ފާއިތުވި ތަނުގައި ފާހަގަކުރެވިފައި ވަނީ އެ އުސޫލަށް ނިސްބަތުން ބޮޑު ޕަސެންޓޭޖެއްގެ މަސްވެރިން ތަބާނުވާކަން." ޕުޓޫ ވިދާޅުވި އެވެ. "މީގެ ނަތީޖާ އަކީ ބޭނުމެއް ނެތް ގޮތުގައި އެތައް މިލިއަން ދިރުންތަކެއް މަރުވެގެންދާކަން."
އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރު ދާޖަހައިގެން ނަގާ ކޮންމެ 1،000 ޓަނުގެ ކަޅުބިލަމަހާ އެކު، 175 ޕަސަންޓްގެ މަސް ބޭކާރު ގޮތުގައި ހިފައި އެ އެއްޗެހި މަރައިލެވޭ ކަމަށް ސައިންސްވެރިން ބުންޏެވެ.
ދާޖަހައިގެން ކަޅުބިލަމަހުގެ މަސްވެރިކަން އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ އިރާން، އިންޑޮނީޝިއާ، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، އުމާން، ޔަމަން، ޔޫއޭއީ އަދި ޓެންޒޭނިއާ އެވެ.
މީގެ ތެރެއިން އޮންޑޮނީޝިއާ އާއި އިރާނަކީ މިކަން މޮނިޓަކުރެވޭނެ ގައުމީ ފެންވަރުގެ ނިޒާމެއް ވެސް ނެތް ގައުމުތަކެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖެ އަކީ ދުނިޔޭގައި ތިމާވެއްޓާ އެންމެ ރައްޓެހިކޮށް، ޒަމާނުއްސުރެ މަސްވެރިކަންކުރާ ގައުމެވެ. އެއީ ދޮށީގެ މަސްވެރިކަމެވެ.
ވައި އެންމެ ނުސާފު ގައުމަކީ ބަންގްލަދޭޝް
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
އަފްގާނަށް އެހީވުމުގެ މަހާސިންތާއަކަށް ގޮވާލައިފި
ފުޅިއެއްގައި އިންޑޮނީޝިއާ އިން ރާއްޖެއަށް މެސެޖެއް
އަލަށް ފެނުނު އަލްގީއަށް މާމެއިޑްއާ ގުޅުވައި ނަން ދީފި