Roadha Mihaaru
ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ޖަލްސާ ވެސް ފަސްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ކެމްޕެއިން ޖަލްސާ ވެސް ފަސްކޮށްފި

07 މާޗް 2020

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ބާއްވަން އުޅުނު ޖަލްސާ ވެސް ފަސްކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވަން ކަނޑައަޅާފައި އޮތް އާންމު ޖަލްސާ ވަކި މުއްދަތެއް ނެތި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފަސްކުރެއްވީ، އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާ އަކަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

"ގައުމުގެ ހާލަތު މި އަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުން ދެންނެވުނު ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އާންމުކޮށް އިއުލާން ކުރެވޭނެ އެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ބަޔާނުގައި ވެ އެވެ.

ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެ ކޯލިޝަނުން އަތޮޅުތަކަށް ކުރަން ނިންމާފައިވާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑާލައިފަ އެވެ.

ޖޭޕީން ބުނީ، ބައެއް ޓޫރިސްޓުން ރާއްޖެ އިން ފުރައިގެން ދާ ފަހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ވައިރަހުގެ އަސަރު ދިވެހިންނަށް ވެސް ފޯރަފާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި ރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

"މި ގޮތަށް ނިންމާފައި ވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ އެވެ. މި ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަގީކްނަކްނ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަމެވެ،" ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.

ޖޭޕީން ބުނީ، ބައެއް ޓޫރިސްޓުން ރާއްޖެ އިން ފުރައިގެން ދާ ފަހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ވައިރަހުގެ އަސަރު ދިވެހިންނަށް ވެސް ފޯރަފާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި ރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ޖޭޕީންނާއި އިިދިކޮޅުން ސިޔާސީ ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކުރުމެއް ގެނައި ނަމަވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ ލޯކަލް އިންތިޚާބުގެ ކެމްޕެއިން މެކުހަށް ޖަހައިފަ އެވެ. އަދި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ސިޔާސީ ހަރަކާތްތައް އެމްޑީޕީން ދަނީ ބާއްވަމުންނެވެ.

ސަރުކާރުން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އަދި ނުނިންމާ ކަމަށެވެ. އަދި އެފަދަ ހާލަތަަކަށް ބަދަލުވާނީ، ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަރުހަލާ ކުރިއަށް ދާ މީހުންގެ ނަތީޖާ ލިބުމުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވި ނަމަވެސް މިވަގުތު ވެސް ޝައްކު ކުރެވޭ ބައެއް މީހުން އެކަހެރިކޮށް، އެ މީހުންގެ ޓެސްޓުތައް އައިޖީއެމްއެޗުގައި ދަނީ ހަދަމުންނެވެ. އަދި އެ މީހުން ތިބި ދެ ރިސޯޓެއް ކަމަށްވާ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި ކ. ސަމާ އައިލެންޑް ރިސޯޓުގެ އިތުރުން ވ. ތިނަދޫ ވެސް ސަރުކާރުން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެ ތިން ރަށް ކަރަންޓީނުން ދޫކޮށްލާނީ މިހާރު ޓެސްޓު ހަދަމުން އަންނަ މީހުންގެ ނަތީޖާ ލިބުމުންނެވެ.