05 މާޗް 2020
ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގަން އަތޮޅު ކައުންސިލްތަކަށް މުހިންމީ ފަންނީ މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.
ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގަން އަތޮޅު ކައުންސިލްތަކަށް މުހިންމީ ފަންނީ މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ގދ. ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެކި ދާއިރާތަކުން ފަންނީ މަސައްކަތްތައް ކުރާ މީހުން އަތޮޅު ކައުންސިލްތަކުގައި ތިބެން ޖެހޭ ކަމަށެވެ. އޭރުން އެކި ދާއިރާތަކުން ރަށު ކައުންސިލްތަކަށް އެހީތެރިވެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަތޮޅު ކައުންސިލްގެ ތެރޭގައި ބޭތިއްބޭތޯ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން މި ވިސްނަނީ ފަންނީ ހުނަރު. އެއީ ގާނޫނީ ވަކީލަކު. ސާވޭޔަރަކު. އިންޖީނިއަރަކު. ޑިޒައިން ކުރާ މީހަކު. މިބާވަތުގެ މަސައްކަތް ކުރާ ފަންނީ މީހުން ތިބެން ޖެހޭނެ އަތޮޅު ކައުންސިލްތަކުގައި،" ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ކުރައްވާ ކެމްޕެއިން ދަތުރުގައި ރަށެއްގެ ރައްޔިތުން މަރުހަބާ ކިޔަނީ. --- ފޮޓޯ: އެމްޑީޕީ
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެ ނިޒާމް ހިންގަން އިދިކޮޅު ޕީޕީއެމަށް ނޭނގޭނެ ކަމަށް މިއަދު ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ މުޅިން އެހެން ކަމެއް ކުރަން. މިއީ ޕީޕީއެމް މީހުން ދެއްކި ވާހަކައެއް ނޫން. ރައީސް [އަބްދުﷲ] ޔާމީން ވެސް ދެއްކި ވާހަކައެއް ނޫން. އެބޭފުޅުން ގަބޫލުފުޅު ކުރައްވާ ކަމެއް ވެސް ނޫން. އަދި ކުރައްވާން އެނގިވަޑައިގަންނަވާ ކަމެއް ވެސް ނޫން. މިއީ އަޅުގަނޑުމެންގެ ކަމެއް. އެހެންވީމަ މިކަމެއް ކުރާނީ އަޅުގަނޑުމެންނާއެކު،" ގިނަ އާއްމުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ލާމަރުކަޒީ ނިޒާމަށް އަލަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންނަށް ސާފުކޮށްދެއްވައިފަ އެވެ. އެގޮތުން ފަސް މިލިއަން ރުފިޔާ އިން ދަށުގެ ޕްރޮޖެކްޓްތައް ރަށު ކައުންސިލްތަކުން އިއުލާންކޮށްގެން ހިންގޭނެ ފުރުސަތު މިހާރު ލިބިފައިވުމަކީ ރަށްރަށަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށްރަށުގައި ހިންގަން ކައުންސިލުން އިއުލާން ކުރާ ޕްރޮޖެކްޓްތަކަށް އެރަށުން ކުރިމަތިލާ މީހުންނަށް ގިނަ މާކްސް ލިބޭގޮތަށް ޓެންޑާ ކުރުމާ ބެހޭ ގަވައިދަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.
"އިންތިޚާބަށް ފަހު ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެ"
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ
ވޯޓް ދޭނީ ސަރުކާރުން އަންގާ ގޮތަކަށް ނޫން: އިންތި
ނަޝީދު މިހާރު ވިދާޅުވަނީ ދައުރު ދަންމަން ކޯޓަށް ދާން!
ވޯޓު ފޮށިތައް އަންދާލީ ޖޯޝް ގަދަވެގެން: ނަޝީދު
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
ރާއްޖޭގެ މިސްރާބު ހުރީ ރަށްވެހި ފަތިހަކަށް: ނަޝީދު
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
އެމްޑީޕީ އަށް އަސްލު މި ވީ ކިހިނެއް؟