27 މެއި 2020
ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށާއި ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވޯޓް ދޭނީ ސަރުކާރުން ނުވަތަ އެމްޑީޕީން އަންގާ ގޮތަކަށް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށާއި ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވޯޓް ދޭނީ ސަރުކާރުން ނުވަތަ އެމްޑީޕީން އަންގާ ގޮތަކަށް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި މިހެން ވިދާޅުވި އިރު ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓްދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ނިންމީ ލޯކަލް ކައުންސިލްތަކުގެ ދައުރު ދަންމައިލުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސް ކުރުމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ އެގޮތަށް ފާސްކުރި އިރު ދެކޮޅަށް ނުވަ މެމްބަރަކު ވޯޓް ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވައި ހަތަރު މެމްބަރަކު ތިއްބެވި އެވެ. އިންތި ވޯޓް ދެއްވީ ދެކޮޅަށެވެ.
މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ހާލަތު އޮތްތޯ ސުވާލު އުފެދިފައިވާ މިވަގުތުގައި ވޯޓް ދެއްވާނީ އަމިއްލަ ނަފުސަށް އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވިފައިވާ ގޮތަށް ކަމަށެވެ.
"ގާނޫނު އަސާސީ އިސްލާހުކުރެވިދާނެތޯ މިވަގުތުގައި މިއީ ގާނޫނު އަސާސި ހުއްދަކުރާ ކަމެއްތޯ، ގާނޫނު އަސާސީގެ ރޫހާ އެއްގޮތް ކަމެއްތޯ، ޚިލާފުކަމެއް ކަމުގެ ސުވާލު އުފެދިފައިވާ ވަގުތެއްގައި އަޅުގަނޑުގެ ނަފުސަށް އަޅުގަނޑަށް ކޮންވިންސް ވެފައިވާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނީ، އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން. ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން،" އޭނާ ވިިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަމެއް ނުކުރެވޭ ފަދަ ހާލަތެއްގައި އެކަމެއް ކުރާކަށް ގާނޫނު އަސާސީ ޑިމާންޑެއް ނުކުރާނެ ކަމަށާއި ދުނިޔަވީ އަދި ދީނީ ކަންކަމުގައި ވެސް ނުކުރެވޭނެ ހާލަތްތަކަށް އުޒުރުތައް އޮންނަ ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ ރައްކާތެެެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަކީ އެފަދަ އުޒުރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދަންމައިލިޔަަސް، އެއީ އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް ނުވާނެ ކަމަށާއި އެހެންވީމާ އެކަމުގެ ބޭނުމެއް އޮތްކަމާ މެދުގައި ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުުމުން އުފެދޭ ހުސްކަމަށް އެ ނޫން ހައްލުތައް އެބަހުރި ކަމަށް އޭނާ ކުރިއްސުރެ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ހާލަތުގައި ދުނިޔޭގެ ކިތަންމެ ގައުމެއްގައި އިންތިހާބުތަކުގެ ތާރީހު އައިސްގެން އެބަ އުޅޭ ކަމަށާއި ގާނޫނުއަސާސީއަށް ބަދަލެއް ނުގެންނަ ކަމަށެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެންނަން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ރޭ ވޯޓް ނުދެއްވި މެމްބަރުންގެ ތެރެއިން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް ވިދާޅުވީ ދައުރު ދިގު ކުރުމަކީ ކޮށްގެން ވާނެ ކަމެެއް ނޫން ކަމަށާއި އެކަމަށް ވޯޓު ދީގެން ނުވާނެ ކަމަށް ދާއިރާގެ ރައްޔިތުން ބުނެފި ކަމަށެވެ. އެހެންވެ އެގޮތަށް ކަންތައް ކުރީމާ އެ ކުރެވޭ ކަމަކީ ކުރިން އެމްޑީޕީން ދެއްކި ވާހަކަތަކާ ހިލާފަށް އަމަލުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ އެއްގޮތަކަށް ވެސް މިއީ ކުރަން ހެޔޮވާވަރުގެ ކަމެއްގެ ގޮތުގައެއް،" އޭނާ ވިދާޅުވި އެވެ.
މިކަމުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ ނަޝީދު މިއަދު ވަނީ މިކަމުގައި ގާނޫނީ ލަފައެއް ހޯދަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މެންބަރުން ފާސްކުރައްވައިފި ނަމަ އެކަމުގައި ލަފާ ހޯދިދާނެ ކަމަށް ވިދާޅުވެފަ އެވެ. މެންބަރުން ފާސްކޮށްގެން ލަފާ ހޯދާނީ ސުޕްރީމް ކޯޓުންނެވެ.
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ
ދައުރު ދަންމަން ސުޕްރީމްކޯޓަށް ދާން ހުށަހަޅައިފި
ނަޝީދު މިހާރު ވިދާޅުވަނީ ދައުރު ދަންމަން ކޯޓަށް ދާން!
ހަމަލާގެ ތަހުގީގު މައުލޫމާތު ނަޝީދަށް ދެއްވާ: އެމްޑީޕީ
ރާއްޖޭގެ މިސްރާބު ހުރީ ރަށްވެހި ފަތިހަކަށް: ނަޝީދު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
"އިންތިޚާބަށް ފަހު ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެ"
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް