27 މެއި 2020
ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ނުވެ، ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހު ހަމަވާތީ އުފެދޭ ގާނޫނީ ހުސްކަމާ މެދު އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދާން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ނުވެ، ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހު ހަމަވާތީ އުފެދޭ ގާނޫނީ ހުސްކަމާ މެދު އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދާން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަަންމައިލުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭގައި ފާސްކުރި އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 13 މެމްބަރަކު އެ ގޮތަށް ފާސްކުރާކަށް ވޯޓެއް ނުދެއްވަ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެ ނިންމުމާ ދެކޮޅަށް ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އެއީ އެގޮތަށް ފާސްކުރަން ޕީޖީގެ ނިންމުން ފާސްކުރަން ވޯޓް ނުދެއްވި މެމްބަރުންނެވެ.
އެންމެ ފަހުން އެ މައްސަލަގައި އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދާން ގަރާރެއް ހުށަހެޅުއްވީ ގާނޫނު އަސާސީ ބަދަލުކުރަން ތްރީލައިން ވިޕެއް ނެރެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވޯޓް ދެއްވި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ގަރާރު ހުށަހެޅުއްވުމުގެ ކުރިންް ޣަފޫރު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އެބަ އޮތް ކަަމަށާއި އެކަމަކު ބައިބައިވުމެއް ނެތް ކަމަށެވެ.
"އެހެންވީމާ މިހާލަތުގައި ގައުމު އެއްވެސް ކަހަލަ ބައިބައިވުމަކަަށް ނުގޮސް، ކަންކަން އެންމެ ރިވެތި ގޮތުގައި ހައްލުކުރެވޭނެ ގޮތެއް ހޯދުމަކީ މި މަޖިލީހުގެ ވެސް ޒިންމާއެއް އިއްޒަތްތެރި ރައީސް. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ މަަަސައްކަތްތައް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި އޮންނަނީ ގާނޫނުގައި އޮންނަ ކަމަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާއި ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހުށަހެޅިދާނެ ކަމަށެވެ. ގާނޫނުއަސާސީ މާނަކުރުމުގެ ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތަކަށް ލަފާ ހޯދަން ވެސް ހުށަހެޅޭނެ ކަމަށް އެ މާއްދާގައި އޮވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީން، ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށް ލިބުނީ 42 މެމްބަރުންގެ ވޯޓެވެ. އެ ހުށަހެޅުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓް ދެއްވި އިރު، ހަތަރު މެމްބަރަކު ތިއްބެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެެމްޑީޕީގެ 65 މެމްބަރުން ތިއްބެވިޔަސް، އޭގެ ތެރެއިން 13 މެމްބަރުން ވޯޓު ނުދެއްވައިފި ނަމަ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.
ވޯޓް ދޭނީ ސަރުކާރުން އަންގާ ގޮތަކަށް ނޫން: އިންތި
ހަމަލާގެ ތަހުގީގު މައުލޫމާތު ނަޝީދަށް ދެއްވާ: އެމްޑީޕީ
ރާއްޖޭގެ މިސްރާބު ހުރީ ރަށްވެހި ފަތިހަކަށް: ނަޝީދު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ވޯޓު ނުދިނީ އަމީން ބަހައްޓާކަށް ނޫން: ޣަފޫރު
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ
ނަޝީދު މިހާރު ވިދާޅުވަނީ ދައުރު ދަންމަން ކޯޓަށް ދާން!