04 މާޗް 2020
މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ މީހަކަށް ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ މީހަކަށް ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ޅ. އަތޮޅުގެ ރަށެއްގައި 2015 ވަނަ އަހަރު 12 އަހަރުގެ ކުއްޖަކު މަގުމަތިން ހިނގާފައި ދަނިކޮށް އެ ކުއްޖާއާ ބެހުނު ކަމަށް ބުނެ އެރަށު މީހަކަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެރަށު ކޯޓުން މިދިޔަ އަހަރު ނިންމީ ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން ދައުލަތުން ހުށަހެޅި ހެކިތަކަށް މަދަނީ މިންގަނޑު ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތުމުން ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މަދަނީ މިންގަނޑުން ބަލައި، ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަކީ އެއީ މައުޟޫއީ ގޮތުން ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ މަދަނީ މިންގަނޑުން ވަޒަން ކުރުން އެ މިންވަރަށް ހެކި ހުށަހެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މިންވަރަށް ހެކި ހުއްޓާ އިބްތިދާއީ މަރުހަލާގައި ކުށް ސާބިތުނުވާ ކަމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ދައުވާލިބުނު މީހާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދައުވާލިބޭ މީހާއާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ނަމަ އެ މައްސަލަ މައުޟޫއީ ގޮތުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައިވާ ކަމަށާއި އެހެންވެ، ދަށު ކޯޓުގެ އެ ނިންމުމަކީ އެ ކޯޓުގެ ކުރީގެ ނިންމުންތަކާ ޚިލާފް ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލްކުރާ ކަމަށާއިި އަދި އެ މައްސަލަ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމުމަށް އެ ކޯޓަށް އެ މައްސަލަ ފޮނުވީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ
12 އަހަރުވަންދެން ބެހުމުގެ ތުހުމަތު:ދޫކުރީ ގޯސްކޮށް
ދުވަސްވީ މީހާ ހައި ކޯޓުން ވެސް ދުލެއް ނުކުރި
ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއް އަލުން ބަލަނީ
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް