06 އޮކްޓޯބަރ 2022
ކުޑަކުއްޖަކަށް 12 އަހަރު ވަންދެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުޑަކުއްޖަކަށް 12 އަހަރު ވަންދެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ލ. އަތޮޅުގައި މިދިޔަ އަހަރުގެ ފަހުކޮޅު ދިވެހި ފިރިހެނަކު ހައްޔަރުކުރީ އޭނާގެ އަންހެނުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށް 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު މެޖިސްޓްރޭޓް ކޯޓަކުން ދޫކޮށްލި އެވެ.
އެ މީހާ ދޫކޮށްލީ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އާއި އެ މީހާ ރިމާންޑް ޖަލެއްގައި ބަހައްޓަން އެންގުމުން ވެސް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުރުން ފަދަ ސަބަބުތަކާ ގުޅިގެންނެވެ. އޭނާ ދޫކުރީ މިސްކިތަށް ނަމާދަށް ދިއުން ފިޔަވައި އެހެން ކަމެއްގައި ގެއިން ބޭރަށް ނުނިކުންނަން ޝަރުތު ކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާ ދޫކޮށްލި ދޫކޮށްލުން ގޯސް ވިޔަސް އޭނާ އަލުން ބަންދު ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ ދަށު ކޯޓުން ކަމަށެވެ. އެ މީހާގެ މައްޗަށް ދަށު ކޯޓުގައި ހިންގާ ޝަރީއަތް މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ އެންމެ ފުރަތަމަ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ވާއިރު، އެ ހާލަތު ބަދަލުވި ގޮތެއް ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި ކޯޓު އަމުރާ ހިލާފަށް، ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަހައްޓާފައި ހުރި ހުރުމަކީ ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ކުށް ސާބިތުވުމުގެ ކުރިން ބަންދުން މިނިވަންވުމުގެ ހައްގު ގާނޫނުއަސާސީން ލިބިދިނަސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މެދު ހާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި އަބަދުވެސް ބަލަން ވާނީ އެފަދަ މީހުންގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް އޮންނާނެ ކަމަށެވެ.
ދައުލަތުން އެދުނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެދިނުމަށެވެ. އެކަމަކު ހުކުމުގައި ބުނީ ދަށު ކޯޓުގައި ހިނގާ ޝަރީއަތަކާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓަކުން ކަމަށެވެ. އެއީ ގާނޫނީ ވަރަށް އަސާސީ ކަންކަން ކަމަށާއި އެހެންވެ، އެފަދަ ކަންކަމަށް ވަކީލުން ކޯޓުގައި އެދޭއިރު ސަމާލުވާން ޖެހޭނެ ކަމަށް ބުންޏެވެ.
"މިފަދަ ކަންކަމަށް ސަމާލުވުމުން ޝަރީއަތުގެ ވަގުތު ވެސް ސަލާމަތްވާނެ އެވެ،" މި ނުކުތާ ނިންމާލަމުން ހުކުމުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަަލާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އެންގީ އެ މީހާ އަލުން ބަންދު ކުރުމާ މެދު ތިން ދުވަސް ތެރޭގައި ދަށު ކޯޓުން ގޮތެއް ނިންމުމަށެވެ. ހައި ކޯޓުގެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒެވެ.
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ
ދުވަސްވީ މީހާ ހައި ކޯޓުން ވެސް ދުލެއް ނުކުރި
ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއް އަލުން ބަލަނީ
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް
އެއް ކަމެއްގައި ހައި ކޯޓުގެ ހުކުމް ދެ ގޮތަކަށް!