09 އޮކްޓޯބަރ 2016
ލަންޑަން (އޮކްޓޫބަރު 9) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 2-0 އިން މޯލްޓާ އަތުން މޮޅުވެ ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން ފެށުން ރަނގަޅުކޮށްފި އެވެ.
ލަންޑަން (އޮކްޓޫބަރު 9) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 2-0 އިން މޯލްޓާ އަތުން މޮޅުވެ ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން ފެށުން ރަނގަޅުކޮށްފި އެވެ.
އިންގްލެންޑުގެ ކޯޗުކަމުން ސޭމް އެލަޑީސް ވަކިކޮށް ވަގުތީ ގޮތުން މި އަހަރުގެ ނިޔަލަށް ސައުތުގޭޓާ ޓީމު ހަވާލުކުރީ މީގެ 11 ދުވަސް ކުރިންނެވެ. ސައުތުގޭޓާ ޓީމު ހަވާލުކުރީ މި އަހަރު ނިމެންދެނެވެ.
ރޭގެ މެޗުގައި އިންގްލެންޑުން ކުޅުނީ ކެޕްޓަން ވޭން ރޫނީ މެދުތެރެއަށް ލައިގެންނެވެ. އެއް އަހަރު ފަހުން ތިއޯ ވޮލްކޮޓް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނުއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ވެސް ވަނީ ފުރަތަމަ ފަހަރަށް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
މޯލްޓާ ކޮޅަށް އިންގްލެންޑުގެ ލަނޑުތައް ކާމިޔާބުކުރީ ޑެނިއަލް ސްޓަރިޖާއި ޑެލެ އަލީ އެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޖޯޑަން ހެންޑަސަން އެވެ.
ސައުތުގޭޓް ބުނީ މި ކާމިޔާބީ އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުޅުންތެރިން އެކުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަހަރެންނަށް އެނގޭ މިއީ ފަސޭހަ ވަޒީފާއެއް ނޫން ކަން. ފުރަތަމަ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ. މި މެޗުގެ ބައެއް ވަގުތުތަކުގައި އަހަރެން ބޭނުންވާ ސްޓައިލްގެ ފުޓްބޯޅައެއް ޓީމުން ކުޅުނު. ދެން ބޭނުންވަނީ މެޗުގެ ބޮޑު ބައިގައި އެ ކުޅުން ތަކުރާރުކުރުން،" ކުރިން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން ސައުތުގޭޓް ބުންޏެވެ.
އޭނާ ބުނީ އިންގްލެންޑާ އެކު ދާއިމީ ކޮންޓްރެކްޓެއްގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށާއި ފުރަތަމަ ބޭނުންވަނީ ހަވާލުވި މަސައްކަތް ނިންމުމަށް ކަމަށެވެ.
ކުޅުންތެރިންތަކަކަށް އަނިޔާވުމުން ގަލޭގާ ގައުމީ ޓީމަށް
ސްމިތު ރޯ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ސްކޮޑަށް
ގްރީލިޝް އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖަހައިފި
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު
ޖަރުމަނާއި އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ކެޕްޓަނަކީ ކޭން، އަމާޒަކީ ވޯލްޑް ކަޕް ޖާގައެއް
ފަހު ވަގުތު ކޭން އިންގްލެންޑް ސަލާމަތްކޮށްދީފި
އިންގްލެންޑާއި ޖަރުމަނަށް މުހިއްމު މޮޅެއް
އިންގްލެންޑާއި ޖަރުމަނަށް ފަސޭހަ މޮޅެއް