08 މާޗް 2020
ރާއްޖޭގައި ވިސާ ނެތި މަސައްކަތްކުރާ ބިދޭސީ އެންމެން ރަޖިސްޓްރީކޮށް އަދި ނުނިމޭއިރު ރަސްމީ ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި 180،000 ގާތްކުރާ އަދަދަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެބަ އުޅެ އެވެ. އެެންމެ ފަހުން ރާއްޖޭގައި ބޯހިމެނި އަހަރު ކަމަށް ވާ 2016 ގައި ރާއްޖޭގެ އާބާދީގައި ދިވެހި މަސައްކަތްތެރިންގެ އަދަދު ކަމަށް އިއުލާނު ކޮށްފައިވަނީ 142،422 މީހުންނެވެ. ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން މަސައްކަތްތެރިން އިތުރުވާނޭ ކަމަށް ބަލައިފި ނަމަ، ދިވެހި މަސައްކަތްތެރިންގެ މިއަދުގެ އާބާދީކަމަށް އަންދާޒާކުރެވެނީ 160،000 އަށް ވުރެ މަދު މަސައްކަތް ތެރިންނެވެ. (ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ޕަސެންޓުގެ ވާހަކަ މި ލިޔުމުގެ ހަވާސާއިން ވެސް ބޭރުގައި ބާއްވަމާތޯ އެވެ؟) މި އަދަދުން މިނާ ނަމަ، ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި މިއަދު އަންދާޒާ ކުރާ 180،000 މީހުންނަކީ ރާއްޖޭގެ ޖުމްލަ މަސައްކަތު އާބާދީގެ 53 އެވެ. އާދޭހެވެ، އެހެންކަމުން އަންދާޒާކުރެވޭ ގޮތުގައި މިއަދު ރާއްޖޭގެ މަސައްކަތު އާބާދީގައި ގިނައީ ބިދޭސީންނެވެ.
ރާއްޖޭގައި ވިސާ ނެތި މަސައްކަތްކުރާ ބިދޭސީ އެންމެން ރަޖިސްޓްރީކޮށް އަދި ނުނިމޭއިރު ރަސްމީ ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި 180،000 ގާތްކުރާ އަދަދަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެބަ އުޅެ އެވެ. އެެންމެ ފަހުން ރާއްޖޭގައި ބޯހިމެނި އަހަރު ކަމަށް ވާ 2016 ގައި ރާއްޖޭގެ އާބާދީގައި ދިވެހި މަސައްކަތްތެރިންގެ އަދަދު ކަމަށް އިއުލާނު ކޮށްފައިވަނީ 142،422 މީހުންނެވެ. ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން މަސައްކަތްތެރިން އިތުރުވާނޭ ކަމަށް ބަލައިފި ނަމަ، ދިވެހި މަސައްކަތްތެރިންގެ މިއަދުގެ އާބާދީކަމަށް އަންދާޒާކުރެވެނީ 160،000 އަށް ވުރެ މަދު މަސައްކަތް ތެރިންނެވެ. (ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ޕަސެންޓުގެ ވާހަކަ މި ލިޔުމުގެ ހަވާސާއިން ވެސް ބޭރުގައި ބާއްވަމާތޯ އެވެ؟) މި އަދަދުން މިނާ ނަމަ، ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި މިއަދު އަންދާޒާ ކުރާ 180،000 މީހުންނަކީ ރާއްޖޭގެ ޖުމްލަ މަސައްކަތު އާބާދީގެ 53 އެވެ. އާދޭހެވެ، އެހެންކަމުން އަންދާޒާކުރެވޭ ގޮތުގައި މިއަދު ރާއްޖޭގެ މަސައްކަތު އާބާދީގައި ގިނައީ ބިދޭސީންނެވެ.
އަޅުގަނޑުމެންގެ މަސައްކަތު އާބާދީގެ ބޮޑު ބަޔަކީ ބިދޭސީން ކަމަށް ހިމެނިފައިވާއިރު، ދިވެހި އިގްތިސާދުގައި ބިދޭސީ މަސައްކަތްތެރިންގެ ދައުރަކީ ކޮބައިކަމާ ދޭތެރޭ އަލުން، އަދި އެއްފަހަރު ވިސްނާލުން މުހިންމެވެ.
ސާފުކޮށް ފެންނަން އޮތް ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ 25 ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތުގައި ބިދޭސީ މުއައްޒަފުންގެ ހިއްސާއަކީ 65 ޕަސެންޓެވެ. އެހެން ސިނާއަތްތަކުގައި ބިދޭސީންގެ ހިއްސާ އެހާ ސާބިތުކަމާ އެކު ޔަގީންކޮށްދެވެން ނެތް ނަމަވެސް، ވަރަށް ބޮޮޑުވާނެކަން ޔަގީނެވެ. ފެބްރުއަރީ 2019 ގައި އިކޮނޮމިކް މިނިސްޓްރީ ބޭއްވި ބިޒިނަސް ކޮންވެންޝަންގައި މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ކަރުދާހެއް ހުށަހެޅުމުގައި، އެހެނިހެން ސިނާއަތްތަކުގައި ބިދޭސީން މަސައްކަތް ކުރާނޭ އިންސައްތައާ މެދު (ޓޭބަލް 1) ކޮންވެންޝަންގެ ބައިވެރިން ދެކޮޅެއް ނުހައްދަވަ އެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ވެށީގައި ހިނގާ އިގްތިސާދީ ހަރަކާތްތަކުގެ ފިސާރި ބޮޑު މިންވަރެއް ހިންގަނީ ބިދޭސީ މަސައްކަތްތެރިންކަމަށް އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކުރަތެވެ. ކައްކާ ކާންހަދާ، ތަށިނަގާ، ކުނިކަހާ، ކުނި އުކުމުން ފެށިގެން، އިމާރާތްކޮށް، ސިމެންތި އާއި ޓައިލްސް ޖަހައި، ފާހާނާ ތަށި ބަހައްޓައި، ޖަންކްޝަންތައް ގުޅައި، މަގު ނުހިނގޭ ވަރަށް ހޮޅި އަޅަނީ ބިދޭސީންނެވެ. ދަނޑުގޮވާންކޮށް، ތަކެތި މާލެ ފޮނުވައި، އޮޑިލެފުމުގެ ކުރިއަށް އޮޑިއަށް އަރައި، އެތަކަތި ގަނެ މާރުކޭޓުގައި ތިބެ އުނގު ވިޔަފާރި ކުރަނީ ވެސް އެމީހުންނެވެ. ބޮޑެތި މަސްއޮޑީގައި، ބުނެވޭ ގޮތުގައި ބަދިގޭގަޔާއި، ފަރުމަހަށް ދުއްވާ ކުދި އޮޑިިތަކުގެ ހުންގާނުގައި ތިބީ އެވެރިންނެވެ. ކުދި އަދި ބޮޑެތި މަސްފެކްޓަރީތަކުގައި ދަޅަށް މަސް އަޅާށާއި، ގަރުދިޔައިން މަސްލުހެ، ރިހާކުރު ކައްކާ ބޮޑު ފައިދާއާ އެކު ވިއްކަނީ އެވެރިންނެވެ. އެތެރެކުރެވޭ މުދާ ގުދަންކޮށް، ކަންމަތީ ފިހާރަ ހުޅުވައި ހިންގަމުން، ފޯނު ކޯލަކަށް ހަތަރު ވަނަ ބުުރީގެ ކޮޓަރީގެ ދޮރާ ހަމައަށް މުދާ ގެނެސްދެނީ ހިނިތުންވުމާ އެކުގަ އެވެ. ގުޅާލީމާ ބަރު ތަކެތި އުފުއްލާ، ލުއި ތަކެތި ގެންގޮސްދީ، ހޫނުކަންމަތީ ބަތް ޕާރުސަލާއި ޕިއްޒާ ފޯރުކޮށްދެނީ އެމީހުންނެވެ.
އެހެންކަމުން ދިވެހި އިގްތިސާދުގެ އިންޖީނަށް ހަކަތަ ދިނުމުގައި ކުރެވޭ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް ހިއްސާ ކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. މިއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މި ހަގީގަތެއް މިއަދަކު މާދަމައަކު ބަދަލެއް ނުވާނެ އެވެ. އެތަކެއް ދުވަހުގެ މަސައްކަތުން އަޅުގަނޑުމެން ދިވެހިންގެ މަސައްކަތު ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ދުވަހަކުން މެނުވީ، ބިދޭސީ މަސައްކަތްތެރިން ބައިވެރިނުކޮށް އަޅުގަނޑުމެންގެ އިގްތިސާދީ އިންޖީނު ހިންގޭނެ ކަމަކަށް ނުފެނެ އެވެ.
މި ވެށީގެ ހުރިހާ ދިމާލެއްގައި ދާއޮހަރާ، ވަރުބަލިބެ، މަސައްކަތްކޮށް އިގްތިސާދީ އިންޖީނު އަނބުރަނީ އެބައި މީހުން ކަމުގައި ވާއިރު، އަޅުގަނޑުމެންގެ މި ގައުމުގައި މިހާރު ހިނގާ ނުރަނގަޅު އަމަލުތައް ހިންގުމުގައި ވެސް ބިދޭސީ މަސައްކަތްތެރިން ހަމަ އެހާ މުހިންމު ދައުރެއް އަދާކުރާކަން މިހާރު މިވަނީ ޔަގީން ކުރެވިފަ އެވެ.
ރަޖިސްޓްރީ ނުކޮށް، ސަރުކާރަށް ޓެކްސް ނުދައްކާ އަނދިރީގައި ހިންގާ ކުދި ވިޔަފާރިތަކުން ފެށިގެން އެއްފަހަރާ ދެތިން ގައުމެއްގައި މަލްޓިނެޝެނަލްކޮށް ހިންގާ ބޮޑެތި ވިޔަފާރި، ބިޒިނަސް ކްލާހުގައި ދަތުރުކުރަމުން ހިންގަމުންގެންދެ އެވެ. ކުއްލިއަކަށް ޑޮލަރު ކޮޅެއް ހޯދަން ވެއްޖެ ނަމަ، ހިފައިގެން ގޭ ދޮށަށް އައިސް މުއާމަލާތް ނިންމާދޭނެ ބިދޭސީ އޮންޓްރްޕްރިިނިއަރުން ދަނީ ހަރަކާތް ކުރަމުންނެވެ. ހުކުރަށް ދާން ބޯކޮށާލައި ތުނބުޅި ވިނަވާލަން، ފަޓުލޫނު، ގަމީސް ފަހާ، ސްކޫލް ޔުނިފޯމް ހެޔޮވަރުކުރަން، ފަސޭހައީ އަދި އަގުހެވީ ވެސް އެމީހުންގެ ކުޑަ ދުއްކާނުންނެވެ. ލައިސަންސް ނެތި ސައިކަލް ދުއްވުމުން ފެށިގެން، ރާވައިގެން ސައިކަލް ވަގަށް ނަގައި އެތަކެތި އެމީހުންގެ އަމިއްލަ ގަރާޖުތަކުގައި މަރާމާތުކޮށް ކުލަ ބަދަލުކޮށް ދުއްވާ ހަދަނީ އެމީހުންނެވެ. ޓެކުހެއް، ޖީއެސްޓީއެއް އަހަރީ ފީއެއް ސްޓިކާ ފީ މިއީ ކީއްކުރާ އެއްޗެތި ކަމެއް ވެސް ނުދަނެ އެވެ. އަނދިރިއަކު ކުރެވޭ ވިޔަފާރިތަކެއް ނޫނެވެ. ކަސްޓަަމަރުންނަކީ އަޅުގަނޑުމެންނެވެ.
މީގެ އިތުރުން ބޮޑެތި ކުށްތަކަށް އަރައިގަތުމުގައި ވެސް އެބައި މީހުން މިހާރު ތިބީ ކުރީ ސަފުގަ އެވެ. ދުވާލުގެ ބަރު މަސައްކަތަށް ފަހު ހަށިގަނޑަށް 'އަރާމު' ލިއްބައިދޭ މަހެފިލްތައް ލާމަރުކަޒީކޮށް މުޅި ރާއްޖޭގައި ދަނީ ހިންގަމުންނެވެ. ނުލާހިކު އަނިޔާވެރިކަމާ އެކު ތުއްތުކުދިންގެ ދުނިޔެ، ޅަފަތުގައި އަނދިރި ކޮށްލުމުގައި އެބައި މީހުން ބައިވެރިވާކަން އެނގެން އެބަ އޮތެވެ. ބާރުގަދަ ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާކަން ޔަގީނެވެ. އޮޅުވާލައިގެން އަމިއްލަ ދަރިކޮޅުގެ މީހުން ރާއްޖެ ގެނެސް، ނިދާނެ ތަނެއް، ކެވޭނެ ގޮތެއް ހަމަޖައްސައިނުދީ ޒިކުރާ މިސްކިތު ކުރިމައްޗަށް 'ފޯލްއިން' ކުރުވާ ހިޔުމަން ޓްރެފިކިންގެ އަމަލުތައް ހިންގަނީ އެމީހުންނެވެ. މަގު ފޭރުނީ ކަމަށް ރިޕޯޓްކޮށް، ބޭންކުން ނަގަން ހަވާލުކުރި ފައިސާކޮޅު އަމިއްލަ ޖީބަށް ކަހާލުމާއި އޮޑީގެ ކައްޕިއާ މެދު ހިތްހަމަނުުޖެހުމުން، ކުއްލިއަކަށް އޮޑި ފަރަށްއަރައި، ކައްޕި ގެއްލުން ފަދަ ޑްރާމާއެެއް ކުޅުމަށް ބޭނުންވިޔަސް ޑައިރެކްޓަރުންގެ ގޮޮތުގައި ހޯދަން އެންމެ ރަނގަޅީ އޭގެ މީހެކެވެ.
މީގެ އިތުރުން އެމްއެމްއޭގެ ފަހުގެ ތަފާސްހިސާބު ބުނާ ގޮތުން 2019 ގައި ވޯކާސް ރެމިޓެންސްގެ ގޮތުގައި 593 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވާނެ އެވެ. އެހެން ކަމުގައި ވަނީ ނަމަ މިހާރު އަންދާޒާކުރެވޭ 180،000 މީހުންގެ ނިސްބަތުން ކޮންމެ މީހަކު އަހަރަކު 3،297 ޑޮލަރު، މަހަކު 274 ޑޮލަރު ރާއްޖެއިން ބޭރަށް ރެމިޓް ކުރަނީ އެވެ. ފާހަގަކޮށްލަން މުހިންމީ މި އަދަދަކީ އެމްއެމްއޭގެ އެސްޓިމޭޓް އަދަދެއް ކަމާއި ހަގީގަތުގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ބޭރުކުރަނީ ކޮން އަދަދެއްކަން ޔަގީންކޮށް ބުނެދޭން ނޭނގޭކަމާއި މި އަދަދަކީ 2019 ގެ އެކްސްޕޯޓް ކުރިކަމަށް ލަފާކޮށްފައިވާ 364.3 މިލިއަން ޑޮލަރަށް ވުރެ 62 ޕަސެންޓް ބޮޑު އަދަދެއް ކަމެވެ.
ގައުމުގެ ޖީޑީޕީ އަންދާޒާ ކުރުމުގައި އެއްވެސް މިންވަރަަކަށް މުއާމަލާތްތަކުގެ މޫރިތި ކަމަކަށް ނުބަލަ އެވެ. މިނަނީ މުއާމަލާތްތަކުގެ އަގެވެ. އިއުލާނުކުރަނީ އެގޮތުން ކުރެވޭ ޖުމްލަ މުއާމަލާތްތަކުގެ އަންދާޒާއެކެވެ. އެހެންކަމުން، އަލީގައި ކުރެވޭ މުއާމަލާތްތަކާއި ކުށުގެ ވެހީގައި، އަނދިރީގައި ކުރާ މުއާމަލާތްތަކާ އެކު ދިވެހި ޖީޑީޕީ އެކުލެވުމުގައި ބިދޭސީންގެ ދައުރު މިއަދު ވަރަށް މުހިންމެވެ. އިގްތިސާދީ އިންޖީނު ހިންގުމުގައި ދާއޮހަރާ ވަރުބަލި ވަނީ އެމީހުންނެވެ. ރަނގަޅާއި ނުރަނގަޅު އަމަލުތައް ރާވާ ހިންގައި، ނަފާ ހޯދުމުގެ ކުރީ ސަފުުގައި ތިބީ ވެސް އެމީހުންނެވެ.
މިކަމާ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް މިއީ މިއަދުގެ ހަގީގަތެވެ. ބިލިމަގު ގަހެއްގައިި ބިލިމަގު އަޅައިފައި އޮންނަ ބީދައިން ހުރިހާ ދަގަނޑެއްގަައި ކޮއްތު ޕާރުސަލު އަޅުވައިގެން، ބުރަތްކެއް ނެތް ބައިސްކަލެއްގައި އަވިއްސެއްހެން މަގުދުއްވާ ބިދޭސީމީހާގެ ގައިގައި ޖެހުމުން، ހަފޮޅުން އެތެރޭގައި ކިޔުން ކަމުނުދާ ތަކެތި ވަށިވަށިން ދޭއިރު، އިސްދަށަށް ޖަހާލައިގެން، އޭނާ ހަނު ހުންނަނީ ސަބަބަކާ ހުރެ އެވެ. އަނދިރީގަ އާއި އަލީގައި މި އިގްތިސާދު ހިންގަނީ ކޮން ބަޔެއްކަން އެކަލޭގެ ދަންނާތީ އެވެ. އަޅުގަނޑުމެން ގިނަ ދިވެހިންނަށް މި ހަގީގަތް ނޭނގޭކަން އޭނާއަށް މާ ބޮޑުތަނުން ޔަގީންވާތީ އެވެ. މިވަގުތަށް ރަނގަޅީ ވެސް އެގޮތް ކަމުގައި ވާތީ އެވެ. އިސްދަށަށް ޖަހައިގެން ކަނދުރާ ހާމަކޮށްގެން ހުރެ ބަނޑަށް ހެނީ އެހެން ވެގެންނެވެ.
އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރަައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.
ބިދޭސީ މަސައްކަތްތެރިންނާއި ދިވެހި އިގުތިސޯދީ ގުޅުން
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ
ބުޅާމަހުގެ މައްސަލަ ބޮޑެއް ނޫން؟
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
ފުރަތަމަ ވީ ދިވެހި މީހާގެ ގައިގައި އަތްލާން ކެރެން