Roadha Mihaaru
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

02 ޖެނުއަރީ 2017

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަޅުގަނޑަށް ނަގައިގަންނަން އުނދަގޫވަނީ ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު އެ ޓެކްސްގެ ސަބަބުން ކުޑަކުރެވޭ ގޮތެކެވެ. ގިނަ އަދަދެއްގެ މީހުންގެ އަތުން ޓެކްސް ނެގޭކަމަށްވާ ނަމަ، ސަރުކާރަށް ވަންނަ އާމްދަނީ އިތުރުވާނެ އެވެ. ސަރުކާރަށް ވަންނަ އާމްދަނީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންނަށް ހޭދަކުރެވޭ ނަމަ ލިބޭ ޚިދުމަތްތައް އިތުރުވެ، ފަސޭހަ ދިރިއުޅުމަކަށް މަގު ތަނަވަސްވެގެން ދާނެ އެވެ. އެކަމަކު އެ ބަދަލުން އަދިވެސް ލިބޭ އާމްދަނީގެ ފަރަގު ކުޑަ ކުރެވޭނެ ގޮތެއް ނުފެނެ އެވެ.

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަޅުގަނޑަށް ނަގައިގަންނަން އުނދަގޫވަނީ ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު އެ ޓެކްސްގެ ސަބަބުން ކުޑަކުރެވޭ ގޮތެކެވެ. ގިނަ އަދަދެއްގެ މީހުންގެ އަތުން ޓެކްސް ނެގޭކަމަށްވާ ނަމަ، ސަރުކާރަށް ވަންނަ އާމްދަނީ އިތުރުވާނެ އެވެ. ސަރުކާރަށް ވަންނަ އާމްދަނީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންނަށް ހޭދަކުރެވޭ ނަމަ ލިބޭ ޚިދުމަތްތައް އިތުރުވެ، ފަސޭހަ ދިރިއުޅުމަކަށް މަގު ތަނަވަސްވެގެން ދާނެ އެވެ. އެކަމަކު އެ ބަދަލުން އަދިވެސް ލިބޭ އާމްދަނީގެ ފަރަގު ކުޑަ ކުރެވޭނެ ގޮތެއް ނުފެނެ އެވެ.

ތެދުފުޅެކެވެ. ޓެކްސް ދައްކާ މީހާއަށް ލިބޭ އާމްދަނީ ޓެކްސް ނުދައްކާއިރު ލިބޭ ވަރަށް ވުރެ ކުޑަވެދާނެ އެވެ. އެހެން ނަމަވެސް ބޮޑު އާމްދަނީއެއް ހޯދާ މީހާ އާއި ކުޑަ އާމްދަނީއެއް ލިބޭ މީހާގެ އާމްދަނީގެ ފަރަގު ފައިދާ ހުރި ގޮތެއްގައި ކުޑަކުރެވޭ ބާވަ އެވެ؟ ދުނިޔޭގެ ތަރައްޤީވެފައިވާ ގައުުމުތަކުގައި އިންކަމް ޓެކްސް އަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ނަގަ އެވެ. މިގޮތުން ލިބޭ އާމްދަނީން އެންމެ ބޮޑަށް ޓެކްސް ދައްކާ ބަޔަކަށް ވަނީ އެންމެ މަތީ ފަންތީގައި ކުޅިވަރު ކުޅޭ މީހުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. ޓެކްސް އަށް މަކަރުހެދުމުގެ ތުހުމަތު ދޭތެރެ ދޭތެރެއިން އެދާއިރާގައި މަސައްކަތްކުރާ އެންމެ ބޮޑު އާމްދަނީ ހޯދާ ބައެއް މީހުންގެ ބޮލުގައި އެޅެ އެވެ. މިކަން މިހާ ބޮޑަށް ޢާއްމުވަނީ އެދާއިރާގައި މަސައްކަތްކުރާ މީހުންގެ މަޝްހޫރުކަމުންނެވެ. ރާއްޖޭގައި ކުރިން މިދެންނެވި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ ކުރިއަރާފައިވާ ގައުމުތަކުގައި ލިބޭ އާމްދަނީއާ އަޅާބަލައިލާއިރު ވަރަށް އާދައިގެ އާމްދަނީއެއް ލިބޭ ބައެކެވެ.

ވިޔަފާރިވެރިން ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭނެ ބަޔަކަށް ފެންނަނީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ވަޒީފާތަކުގައި އުޅުއްވާ މަހަކު ހަތްދިހަ ހާސް ނުވަތަ އައްޑިހަ ހާސް ނުވަތަ ސާޅީސް ހާސް ރުފިޔާ އިން މަތިން މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. އިންކަމް ޓެކްސް ދައްކަން ޖެހޭއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް މުސާރައިން ޓެކްސްގެ ގޮތުގައިި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހޭ ގޮތަށް ޤާނޫނެއް ފާސްނުކުރެވިއްޖެއްޔާ ކިތަންމެހާ ވެސް ރަަނގަޅެވެ. ސިއްރު ޖަލްސާއެއްގަ އެވެ. އެފަދަ ކަމަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު އިންޞާފްގެ ދަރުބާރަކަށް ހިނގައްޖެ ނަމަ އެދަރުބާރަކުން ވެސް އެކަމާ މެދު ގޮތެއް ނިންމަންދެން ސިއްރު ދަރުބާރަކަށް ބަދަލުވުމަކީ ވެސް ވެދާނެ ކަމެކެވެ.

އިންކަމް ޓެކްސް ނެގުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކެވި ދެ މެންބަރަކު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގާފައި އެހެން ހުރިހާ ޓެކްސްއެއް ކަނޑާލަންވީ އެވެ. އޭރުން ހުރިހާ ކަމެއް ހަމަޖެހުނީ އެވެ.

ވަޒީފާގެ ބާޒާރަށް ގިނަ ދިވެހިން ނެރެގެން ނޫނީ ބޭރު މީހުންގެ އަދަދު މަދެއް ނުކުރެވޭނެ

ވަޒީފާގެ ބާޒާރަށް ގިނަ ދިވެހިން ނެރެގެން ނޫނީ ބޭރު މީހުންގެ އަދަދު މަދެއް ނުކުރެވޭނެ

ރާއްޖެއަކީ މިހާރު ވަރަށް ގިނަ ކަންކަމުންނާއި އެއްޗެތިން އެކިއެކި ނަންނަމުގައި ޓެކްސް ނަގާ ގައުމެކެވެ. ކުރިން ވެސް ޓެކްސް ނެގެ އެވެ. ޓެކްސްއަށް ކިޔާ ނަން ތަފާތުވުމުން ޓެކްސެއް ކަމަށް ވިސްނައިނުގެނެވެނީ އެވެ. މިސާލަކަށް ކަސްޓަމުން މާމޫލް ނެގުމެވެ. ނުވަތަ އިންޕޯޓް ޑިއުޓީ އަށް ފައިސާ ނެގުމެވެ. މުއްސަނދިންގެ އަތުން ވެސް ތަފާތު ނަންނަމުގައި ޓެކްސް ނެގެ އެވެ. ތެދުފުޅެކެވެ. އިންކަމް ޓެކްސް އަދި ނުނަގެ އެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ނަންނަމުގައި ޓެކްސް ނަގަމުން ދަނީ މެދު ފަންތީގެ ފަތުރުވެރިންނަށް ރާއްޖެ އަށް ޒިޔާރަތްކުރުމަކީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައި ބޭއްވޭހާ ހިސާބުގަ އެވެ.

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގެން ފެށުމުން ބައެއް ނިކަމެތިންނަށް ނުސީދާކޮށް ފައިދާއެއް ކޮއްފާނެ އެވެ. އެއީ ބޮޑު އަދަދެއްގެ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން، އިޖްތިމާޢީ ޚިދުމަތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ދޭ ފައިސާގެ އެހީ ބޮޑުވެ، އެހީއަށް ދޭ ފައިސާގެ އަދަދު ބޮޑުވެދާނެތީވެ އެވެ. ސަބަބަކީ މިފަދަ ޖަމްއިއްޔާތަކަށް ދޭ އެހީ ޓެކްސްގެ ބައިން އުނިކުރެވޭނެތީވެ އެވެ. މިކަމުގެ އެންމެ ބޮޑު މިސާލަކީ ފުޓްބޯޅައިގެ ތަރިންނާއި ފިލްމީ ތަރިންނެވެ. މަޝްހޫރު ވަރަށް ގިނަ ތަރިން ކޮންމެ އަަހަރަކު ވެސް މިފަދަ އެތައް ޖަމްޢިއްޔާތަކަކަށް ލައްކައިން މިލިއަނުން ފައިސާގެ އެހީވެ އެވެ. އެހީދެވެނީ ސަރުކާރުން ޤަބޫލުކުރާ، އެހީފޯރުކޮށްދޭ ޖަމާޢަތަކަށްވާ ނަމަ، އެހީއަށް ފޯރުކޮށްދެވުނު ފައިސާގެ އަދަދު ޓެކްސް އިން އުނިކުރެވެ އެވެ. މިހެން ކަންތައްތައް ހިނގިއަސް އާމްދަނީގެ ފަރަގު ކުޑަވާނެ ތަނެއް އަޅުގަނޑަކަށް ނުފެނެ އެވެ.

މަސައްކަތުގެ ބާޒާރަށް ނުނުކުންނަ ދިވެހިން މަސައްކަތުގެ ބާޒާރަށް ނެރުމަށް ކުރެވުނީ ކޮން މަސައްކަތެއް ބާވަ އެވެ؟ ތެދުފުޅެކެވެ. މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ބައެއް ކަހަލަ ކޯސްތައް ހިންގެ އެވެ. އެކޯސްތަކަކީ މަސައްކަތްކުރުމަށް މީހުން ބޭނުންވާ ފަރާތްތަކުގެ ބޭނުމަށް ބަލާފައި ބޭއްވޭ ކޯސްތަކެއް ބާވަ އެވެ؟

ސަރުކާރުން ސިޔާސީ ފައިދާއެއް ހޯދުން ނޫން ނިޔަތެއްގައި، މާލީ ފައިދާއެއް ހޯދުން ނޫން ނިޔަތެއްގައި، މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ފައިދާ އަށް ކަންތައްތައް ކުރެއްވޭ ނަމަ، މާލޭގައި ދިހަ ފޫޓު ފަނަރަ ފޫޓުގެ ބައިވަރު ޕާކްތަކެއް ހެދުމުގެ ބަދަލުގައި ނުވަަތަ އެޕާކްތަކާ އެކު މާލޭގައި ދިރިއުޅޭ ލައްކައަކަށް ވުރެ ގިނަ މީހުންނަށް، މުނިފޫހިފިލުވުމަށް ދާ ރަށްރަށުގެ ގޮތުގައި ކުޑަބަނޑޮހާއި ފޭދޫފިނޮޅު ބޭއްވުނީހެވެ. އޭގެ ތެރެއިން، 1979 ވަނަ އަހަރުން ފެށިގެން ދިވެހިން ޕިކްނިކް ދާން ބާއްވާފައި އޮތް ކުޑަބަނޑޮސް، ރައީސް މުހައްމަދު ވަޙީދު ސަރުކާރުގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި ބަނޑޮހުގެ ވެރިންނަށް ކުއްޔަށް ދޫކުރެއްވީ އެވެ. އެއްގޮތަކަށް ރަނގަޅެވެ. މިހާތަނަށް އެރަށް އޮތް ނަމަ ސީނުކަރަ، ނުވަތަ އަސޭކަރަ، ނުވަތަ އުތުރުކަރަ، ނުވަތަ އޮޅުދޫކަރައިގެ ބަޔަކަށް އެރަށް އޮންނާނީ ވިއްކާލެވިފަ އެވެ. ފަތުރުވެރިކަމުގެ ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފޭދޫފިނޮޅު، ސީނީންނަށް ވިއްކާލެއްވީ މިހާރުގެ މާރުކޭޓް އަގަށް ބަލާއިރު ނުއަގުގަ އެވެ.

އަނެއްކާވެސް ފަރަގު ކުޑަކުރުމުގެ ވާހަކަ ދައްކަމާތޯއެވެ؟ ފުއްދުންތެރިކަން ކުޑަ ގޭބިސީގެ މީހުން އާދައިގެ ގޭބިސީގެ މީހުންނާ އެއްވަރު ކުރުމަށް ނުވަތަ ފަރަގު ކުޑަކުރުމަށް ކުރެވުނީ ކޮން ކަމެއް ބާވަ އެވެ؟ އެޅުނީ ކޮން ފިޔަވަޅެއް ބާވަ އެވެ؟ މަސައްކަތުގެ ބާޒާރަށް ނުނުކުންނަ ދިވެހިން މަސައްކަތުގެ ބާޒާރަށް ނެރުމަށް ކުރެވުނީ ކޮން މަސައްކަތެއް ބާވަ އެވެ؟ ތެދުފުޅެކެވެ. މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ބައެއް ކަހަލަ ކޯސްތައް ހިންގެ އެވެ. އެކޯސްތަކަކީ މަސައްކަތްކުރުމަށް މީހުން ބޭނުންވާ ފަރާތްތަކުގެ ބޭނުމަށް ބަލާފައި ބޭއްވޭ ކޯސްތަކެއް ބާވަ އެވެ؟ ބިދޭސިން ރާއްޖޭގައި މަސައްކަތްކުރާތީވެ މަސައްކަތްކުރާ ބިދޭސީންނަށް އަޅުގަނޑުމެން އެއްޗެތިގޮވަމެވެ. ދިވެހިންގެ ވަޒީފާ ގެއްލެނީކަމަށް ވާހަކަ ދައްކަމެވެ. އެކަމަކު މަސައްކަތްކުރާނެ ދިވެހިންނެއް ނުލިބެ އެވެ. ލިބެނީ ދިވެހިންގެ ވަޒީފާ ގެއްލެނީކަމަށް ވާހަކަދައްކާނެ ދިވެހިންނެވެ.

ދާދި ފަހުން މި ސަރުކާރުގެ ކުންފުންޏަކުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވި އެވެ. ސަރުކާރުން ކުރާ ކަންތައް އިޝްތިހާރުކުރާ ފަރާތަކުން އެކަމާ މެދު ބައެއް ބެލެނިވެރިންގެ ޝުޢޫރު ހޯދަން ސުވާލުކުރި އެވެ. ބެލެނިވެރިން އުފަލާ އެކު ޝުކުރުއަދާކުރަމުން ގެންދިޔަ އެވެ. އޭގެ ތެރެއިން އެއް ބެލެނިވެރިއަކާ ސުވާލުކުރުމުން އޭނާ ހުރީ ސުވާލުކުރި ފަރާތުގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމެއް ހުއްޓެވެ. މޫނު ހުރީ ރަތްވެފަ އެވެ. ލޮލަށް ހުރީ ފެން އެއްވެފަ އެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވި އެވެ. އުފަލުންނެވެ. އޭނާގެ ޖަވާބު ދޭން ޖެހުނީ ވެސް ސުވާލުކުރި ފަރާތުންނެވެ. ތިޔަ ހުރީ ވަރަށް އުފަލުންދޯއޭ ބުނުމުން އޭނާ އާއެކޭ ބުންޏެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި ހިތުގެ އަޑިން މި ސަރުކާރަށް ލިބުނު އެންމެ ބޮޑު ޝުކުރެވެ.

ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނެކޭ އެއްގޮތަށް ވަޒީފާގެ ބާޒާރަށް ނުނުކުމެ ތިބި ދުޅަހެޔޮ މީހުން މަސައްކަތްކުރަން ނެރެން، ނަފުސާނީ ގޮތުން، ޚާއްޞަ އެހީއަކަށް ބޭނުންވެ އެވެ. ބިދޭސީ މަސައްކަތްތެރިން މަދުކުރަން ބޭނުމިއްޔާ އެވެ. ރާއްޖެއިން ބިދޭސީންގެ މުސާރައަށް ބޭރުކުރެވޭ ބޭރު ފައިސާ މަދުކުރަން ބޭނުމިއްޔާ އެވެ. ރާއްޖޭގެ ވަޒީފާތައް ދިވެހިކުރަން ބޭނުމިއްޔާ އެވެ. ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރަން ބޭނުމިއްޔާ އެވެ.