02 މާޗް 2020
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދު ވަކިކުރާނެ ކަމުގެ އިންޒާރު ދީ، އަދި އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވަމުން ދަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޒަހާ އަށް "އޭ" ރިޕޯޓެއް މިއަދު ދެއްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދު ވަކިކުރާނެ ކަމުގެ އިންޒާރު ދީ، އަދި އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވަމުން ދަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޒަހާ އަށް "އޭ" ރިޕޯޓެއް މިއަދު ދެއްވައިފި އެވެ.
މީގެ ކުރިން، ނަޝީދުގެ އެފަދަ "ޝަރަފެއް" ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި އެޑިއުކޭޝަން މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް އެކަންޏެވެ. މަޖިލީހުގައި ޑރ. އާއިޝަތު އަލީ، މީގެ ކުރިން ދެއްވި ޖަވާބުތަކާ ގުޅިގެން އޭނާ އަށް ނަޝީދު ވަނީ "އޭ ސްޓާ" ދެއްވައިފަ އެވެ.
އެހެން ނޫނީ، މަޖިލީހުގެ ތަޅުމުން ފެންނަމުން ދިޔައީ އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ނަމަ، ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފަރާތުން އިސްތިއުފާ ދެއްވުމަށް ގޮވުމާއި އެ ވަޒީރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާ ތަނެވެ. އަދި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ވަޑައިގަންނަވާ ވަޒީރުންގެ ޖަވާބާ މެދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުން އަމާޒު ނުވާ ދުވަހެއް މަދެވެ.
ނަމަވެސް، ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަހާ ޖަވާބު ދެއްވުމާ އެކު، ނަޝީދު ވަނީ ޒަހާ އަށް "އޭ" ރިޕޯޓެއް ދެއްވައި އޭނާ ދެއްވި ބައެއް ޖަވާބުތައް ދިފާއު ވެސް ކުރައްވައިފަ އެވެ.
ޖާބިރު ސުވާކު ކުރެއްވީ، ރާއްޖޭގެ މަސްވެރިކަން ޒަމާނީ ކުރުމަށް މިހާތަނަށް އެއްވެސް ދިރާސާއެއް ކުރެވިފައި ވޭތޯ އާއި ލޭނުގެ މަސްވެރިކަން ހުއްޓުނީ ކީއްވެތޯ އާއި އެކަން އަލުން ފެށޭނީ ކޮން އިރަކުންތޯ ސާފުކުރުމަށެވެ.
އެ ދެ ސުވާލަށް އެކަނި ޒަހާ ޖަވާބު ދެއްވުމާ އެކު، އިތުރު ސުވާލުތަކަށް މެމްބަރުންނަށް ފުރުސަތު ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ، "ރިޕޯޓް ފޮތުގައި ޖަހާ ނަމަ އޭ ރިޕޯޓަކާ ހަމައަށް މިހާރު [ޒަހާ އަށް] ވަޑައިގެންނެވިއްޖެ" ކަމަށެވެ. ޒަހާ އަށް އޭ ރިޕޯޓެއް ދެއްވުމުގެ އިތުރުން، އޭނާ ދެއްވި ބައެއް ޖަވާބުތައް ނަޝީދު ދިފާއު ވެސް ކޮށްދެއްވި އެވެ.
ނަމަވެސް، ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަހާ ޖަވާބު ދެއްވުމާ އެކު، ނަޝީދު ވަނީ ޒަހާ އަށް "އޭ" ރިޕޯޓެއް ދެއްވައި އޭނާ ދެއްވި ބައެއް ޖަވާބުތައް ދިފާއު ވެސް ކުރައްވައިފަ އެވެ.
އެގޮތުން، ޖާބިރު ކުރެއްވި ސުވާލަށް ސާފު ޖަވާބެއް ލިބިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، އޭނާ ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މިނިސްޓަރު ޒަހާގެ ޖަވާބު އެ މަނިކުފާނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، އެ ޖަވާބު އަލުން އިބާރާތް ކުރައްވައި، ޖާބިރަށް ވިދާޅުވެދެއްވީ ވެސް ނަޝީދެވެ. މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރި ދުވަހު ޒަހާ ދެއްވި ބައެއް ޖަވާބުތަކާ މެދު ނަޝީދު ހިތްޕުޅުހަމަޖެހިވަޑައެއް ނުގެންނެވި އެވެ.
ނަޝީދު، ޒަހާ އަށް މިއަދު މަރުހަބާ ވިދާޅުވި އެއް ކަމަކީ ރާއްްޖޭގެ މަސްވެރިކަމާ މެދު ޔޫރަޕިއަން ޔޫނިއަނުން ކުރިން ފާޅުކޮށްފައި އޮތް ކަންބޮޑުވުން މިހާރު ނެތް ކަމަށް ވިދާޅުވުމުންނެވެ.
ރާއްޖޭގެ މަސްވެެރިކަމުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު 2015 ވަނަ އަހަރު އީޔޫ އިން ދިނެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހިނގަމުން އައި ގަވައިދާ ހިލާފު ކަންކަމާ ހެދި އެވެ. އެކަން މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވިދާނެ ކަމުގެ ބިރެއް މިހާރު ނެތް ކަމަށެވެ.
"އެހެން ނަމަވެސް އުފަލާ އެކު ފާހަގަަކޮށްލަން ޖެހެނީ މިދިޔަ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ފާހަގަ ކޮށްފައިވާ ހުރިހާ ކަމެއްހެން ހައްލުކޮށް، ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ދުއްވާލެވިއްޖެކަން،" އޭނާ ވިދާޅުވި އެވެ.
ޒަހާ އާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން، މަޖިލީހުގައި އެންމެ ފަހުން ނުރުހުން ފާޅުކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، އެ ދުވަހު ވަނީ ޒަހާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ޒަހާއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.
ޒަހާ، މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު
އީޔޫއަށް މަސް ނުފޮނުވިދާނެ ކަމުގެ ބިރެއް ނެތް: ޒަހާ
މަޖިލީހުގައި ޒަހާ ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން
ބަރުލަމާނީގައި ވަޒީރުންގެ ޖަވާބު ލަހެއް ނުވާނެ: ނަޝީދު
ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބާމެދު ނަޝީދުގެ ނުރުހުން
ޒަހާ މައްސަލައިން ޖާބިރުގެ ނަން ނެގުމުން ދިރާސާކުރަނީ
ޗައިނާއަށް މަސް އެކްސްޕޯޓްކުރަން މަސައްކަތްކުރަން: ޒަހާ
މިފްކޯއަށް މަސް ކިލޯއަކުން 3ރ. ގެއްލުންވޭ: ޒަހާ
ޒަހާގެ މައްސަލައިގެ ބަހުސް މިރޭ
ރަކީދޫ ސްކޫލަށް ދޭންވީ އިބްތިހާލްގެ ނަން: ނަޝީދު