09 އޮކްޓޯބަރ 2016
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އީގަލްސް 2-1 އިން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އީގަލްސް 2-1 އިން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ލީގު ބުރު ޓީސީ ނިންމާލީ މެޗަކުން ބަލިނުވެ، ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އީގަލްސް އެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މި މެޗުގައީ ޓީސީ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ވަހީދު (އިއްބެ) އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އޭރިއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އީގަލްސް އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ އަރިމަތިން ކުޅޭ ހަމްދާން އެވެ. މެޗު ނިމެން 18 މިނިޓަށްވެފައިވަނިކޮށް ޓީސީ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް މުހައްމަދު ސަޔާމް އެވެ. އީގަލްސް އޭރިއާ ތެރެއިން ޓީސީގެ އަލީ ހާފިޒް (އައްޔަ) ފޮނުވާލި ބޯޅަ ލިބުނީ ސަޔާމް އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއް ވަނަ ޓީސީ އާއި ދެ ވަނަ އީގަލްސް އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ އާއި ފައިނަލު މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.
ލީގުގެ ތިން ވަނައިގައި މި ވަގުތު އޮތީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓާ އެކު މާޒިޔާ އެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ވެލެންސިއާ އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ސެމީގެ ޖާގަ ޔަގީންވާނެ އެވެ.
ދެ ހަފްތާ ފަހުން ސެމީ ފައިނަލުގެ މެޗުތައް މިއަދު
އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި
ޔޫތު ޗެމްޕިއަންޝިޕުގެ ތަށި އީގަލްސް އިން ދިފާއުކޮށްފި
އީގަލްސް ތަށި ދިފާއުކުރަން، ޓީސީ ބޮޑު އުއްމީދެއްގައި
ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް އީގަލްސް ފައިނަލަށް
ފައިނަލުގެ ފުރަތަމަ ޖާގައަށް ޓީސީ-އީގަލްސް ވާދަކުރަނީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ